Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކްރިސްޓިއާނޯ ރޮނާލްޑޯ

ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟

ރޮނާލްޑޯ ވަނީ އުމުރުން ދިހަ އަހަރުގައި އާއިލާއާއި ދުރަށް ފުޓުބޯޅަ ކުޅުމަށް ގޮސްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2020 | ހޮނިހިރު 08:54
ރޮނާލްޑޯ ޔޫރޯ ތަށްޓާއިއެކު

ރޮނާލްޑޯ ޔޫރޯ ތަށްޓާއިއެކު

ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމުގެ ނިޔަތުގައި އުމުރުން އެންމެ 10 އަހަރުގައި އާއިލާއާއި ދުރަށް މެދީރާއިން ލިސްބަންއަށް ދިރިއުޅުން ބަދަލުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެހެން ފުޓުބޯޅަ ކުޅުންތެރިންނަށް ލާމަސީލު މިސާލެކެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަކީ ކާކުތޯ އެހުމުން އަބަދުވެސް ދަނީ ބަހުސްއެކެވެ. ނަމަވެސް ދެބަސްވެވެން ނެތް ހަގީގަތަކީ މި ލިސްޓުން އެންމެ ކުރީގައި އަބަދުވެސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި, އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހިމެނޭ ކަމެވެ. މި ދެތަރިންގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ ޚާއްސަވާ ތަރިއަކީ ރޮނާލްޑޯއެވެ.

2002 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ކެރިއަރު ފެށި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެ ގައުމުގެ ފަޚުރެވެ. ޝަރަފެވެ. މިރެޔަކީ ހަމަޔަޤީނުން ވެސް ރޮނާލްޑޯއަށް ޚާއްސަ ރެޔެކެވެ. ހަމަގައިމުވެސް ފުޓުބޯޅަ ކުޅުންތެރިޔަކަށް މެދު ނުކެނޑި އެއް ފެންވަރެއްގައި 1000 މެޗު ހަމަކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މިރޭ އިޓާލިއަން ލީގުގައި ސްޕާލްއާއި ދެކޮޅަށް ޔުވެންޓަރސް ނުކުންނަ މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި ކުޅޭނެ 1000 ވަނަ މެޗެވެ.

މިހާރު އުމުރުން 35 އަހަރު ވެފައިވާ ރޮނާލްޑޯ ވަނީ މިހާތަނަށް ކްލަބު ފެންވަރުގައި 835 މެޗު ކުޅެފައެވެ. އަދި ގައުމީ ޓީމަށް އޭނާ ވަނީ 164 މެޗު ކުޅެފައެވެ. ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 724 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އެންމެ ފުރަތަމަ ސީނިއަރ ފުޓުބޯޅަ ކެރިއަރު ފެށީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް އަބަދުވެސް ބޭނުންވީ ކާމިޔާބީއަށް ވާސިލުވާން ކަމަށާއި، އެކަމަށް އަބަދުވެސް ގަދައަޅާ މަސައްކަތްކުރި ކަމަށެވެ.

ސްޕޯޓިން ލިސްބަންގައި 2002 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ ކުޅެދިން 31 މެޗުގައި 5 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވެއެވެ. އުމުރުން އެންމެ 18 އަހަރު ނަމަވެސް، ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ދިޔައީ ރޮނާލްޑޯއަށް ފާރަލަމުންނެވެ. އެގޮތުން އޭރުގެ އިނގިރޭސި ފުޓުބޯޅައިގައި ރަސްކަން ކުރަމުން ގެންދިޔަ މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދީ، އޭރުގެ ރެކޯޑް ފީއެއްކަމަށްވާ 12 މިލިއަން ޕައުންޑަށެވެ.

ސަރ އެލެކްސް ފާގަސަން އާއެކު ރޮނާލްޑޯ ހޭދަކުރި 6 އަހަރު ދުވަހަކީ ހަމަގައިމުވެސް އޭނާގެ ވިދުން ގަދަވި ހަ އަހަރެވެ. ޔުނައިޓެޑަށް ކުޅެދިން 292 މެޗުން އޭނާ ވަނީ 118 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެއަހަރު ފީފާއިން ހޮވާ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ފީފާ ބެލޮންޑިއޯ ހޯދާފައެވެ.

ޔުނައިޓެޑާއިއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށެވެ. މެޑްރިޑްގައި ހޭދަކުރި ނުވަ ސީޒަނަކީ ރޮނާލްޑޯގެ ކެރިޔަރުގައި މިހާތަނަށް އެންމެ ކާމިޔާބު ދުވަސްވަރެވެ. ރެއާލް މެޑްރިޑާއެކު ދުނިޔޭގެ ފުޓުބޯޅައިގެ އިތުރުން ކްލަބު ލެވަލްގެ ގިނަ ރެކޯޑުތަކެއް ރޮނާލްޑޯ ވަނީ ހޯދާފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލްއަށް ކުޅެދިން 438 މެޗުން 450 ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ރެއާލްއާއި އެކު ޗެމްޕިއަންސް ލީގު 4 ފަހަރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ރޮނާލްޑޯ ބަދަލުވީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަރސްއަށެވެ. ޔުވެންޓަރސްއާއެކު ޗެމްޕިއަންސް ލީގެއް ހޯދުމުގެ އަޒުމުގައި ހުރި ރޮނާލްޑޯ ބުނަމުން އަންނަނީ ޔުވެންޓަރސްއަށް ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗެމްޕިއަންސް ލީގު ހޯދައިދޭނެ ކަމަށެވެ.

ރޮނާލްޑޯ ފާހަގަވެގެން ގޮސްފައިވަނީ އުމުރާއި އެއްވަރަށް، ކުޅުންވެސް ވަރުގަދަކުރި ކުޅުންތެރިޔެއްގެ ގޮތުގައެވެ. ކެރިޔަރު ފަށައިގެން ފުރަތަމަ ހަތަރު ވަރަކަށް ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު މަދުވިނަމަވެސް 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮންމެ ސީޒަނަކުވެސް އޭނާ އަންނަނީ 20 ލަނޑަށްވުރެ އިތުރަށް ލަނޑު ޖަހަމުންނެވެ. އަދި އޭނާގެ އުމުރު މަތިވި ވަރަކަށް ގައުމީ ޓީމަށާއި ކުލަބަށް އޭނާ ލަނޑު ޖަހައިދޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ކެރިޔަރުގެ 1000 ވަނަ މެޗާއި މިރޭ ރޮނާލްޑޯ ކުރިމަތިލާއިރު އޭނާގެ ފަހަތުން އަރަމުން އަންނަ ޒުވާން ކުޅުންތެރިން އިބުރަތް ހާސިލު ކުރަން ޖެހެއެވެ. ރޮނާލްޑޯ ފުޓުބޯޅައިގެ ބައްޕަ ކަމުގައި ދެކެމުން އަންނަ ފާގަސަން ބުނީ ރޮނާލްޑޯއަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ޕްރެކްޓިސްއަށް ނުކުތްދުވަހު ވެސް ފާގަސަންއަށް އެކަން ފާހަގަވި ކަމަށެވެ. އެގޮތުން އެހެން ކުޅުންތެރިންނާއި ޚިލާފަށް ރޮނާލްޑޯ އަކީ ޕްރެކްޓިސްތަކުގައި ނުރަގަޅަށް ކުރެވޭ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ ކުޅުންތެރިޔެއްގެ އިތުރުން، އެހެން ކުޅުންތެރިންނާ ޚިލާފަށް ޕްރެކްޓިސްތަކުގައި ގިނަ ވަގުތު ހޭދަކުރާ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ރޮނާލްޑޯއަކީ ޕްރެކްޓިސް ކުރަން ދެ ގަޑިއިރު ކުރިން ދަނޑަށްދާ ކުޅުންތެރިއެއް ކަމަށާއި، ޕްރެކްޓިސް ނިންމާލުމަށް ފަހު ފްރީކިކް ޖެހުމާއި، ޕެނަލްޓީތައް ޖެހުމަށް އޭނާ އިތުރު ވަގުތު ހޭދަކުރާ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ކެރިޔަރު މިހާ އުޖާލާކޮށް ފެންނަނީ ކުރި ބުރަ މަސައްކަތުން ކަމަށާއި ކަމެއްގެ ހުވަފެންދެކޭނަމަ ހިތުގެ އަޑިން އެކަންވާނެ ކަން ދަނެގަންނަން ޖެހޭ ކަމަށެވެ. އަދި ގަދަ އަޅާ އެކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

11 އޮކްޓޯބަރު 2018
ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

11 ސެޕްޓެމްބަރު 2018
ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

06 ޖޫން 2018
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

19 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު