Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެރިކަން ވައްޓާލަން

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

ވެރިކަމޭ ބުނާ އިރަށް، ވެރިކަން ވެއްޓެނީ އޭ ހީކޮށް ސިހޭ ބަޔަކު އެބައުޅޭ

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2018 | ހުކުރު 12:59
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނުކުތް ބަޔަކު މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިން

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނުކުތް ބަޔަކު މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިން

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭތެޅޭ ގޮތް ވެޔޭ" މިއީ މަރްހޫމް ނައިފަރު ދޮހޮއްކޮގެ އަޑުން ވަރަށް ބޮޑަށް މަޝްހޫރުކަން ލިބިގެން ދިޔަ ލަވައެއްގެ ތަންކޮޅެކެވެ. ވެގެން މިއުޅޭ ގޮތަކީ ޝައްކު ބައްޔާއި ވަސްވާސްތައް އިންތިހާ އަށް ހިތުގައި އަށަގަތީއެވެ. މީހަކު ވެރިކަމޭ، ވެއްޓެނީއޭ ބުނާ އިރަށް ގުޑުގުޑު އަޅައިގަނެ، ނިދަން އެނދަށް އަރާ ތިބި މީހުންވެސް ހޭލައްވައިގެން އަވަސް އަވަހަށް ތެޅިފޮޅި ގަންނަ ހިސާބަށް ޝައްކު ބަލި ބޮޑުވީއެވެ.

އެހެންވާނެ ނޫންތޯއޭ ދެއްކިފައި ހުރި ވާހަކަތަކާއި، އުޅެވިފައި ހުރި ގޮތާއި، ކަންކުރެވިފައިވާ ގޮތުގެ މަތިން ހިތައް އަރާ ކޮންމެ ފަހަރަކު އެހެން ބަޔަކު މަށަށްވެސް ހަމަ އެ ލަގާ ދީފާނެ ނޫންހޭ ހިތައް ނާރާ ނުދާނެ ކަމީ މުޖައްރިބު ކަމެކެވެ.

އެކަމުގެ މިފަހަރު ދެން ތަންކޮޅެއް ބޮޑުވަރެކެވެ. ޝޭޚް އިމްރާން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ އެއްހާސް ދުވަސް ފުރިހަމަ ވުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ބޭއްވި އެއްވުމެއްގައި ކުރީގެ ރައީސް މައުމޫނު ވާހަކަ ފުޅު ދައްކަވަމުން، ހިއްސުތަކާ އެންމެ ބޮޑަށް ކުޅެލާ ސުވިޗުގައި ކިރިޔަ ކިރިޔާ އަތްޕުޅު ޖެހޭ އިރަށް އެޔޮށް ވީ ގޮތެކެވެ. ވެރިކަމުގެ ވާހަކަ ވިދާޅުވީއެވެ. އިންތިޚާބުގެ ކުރިންވެސް ވެރިކަން ބަދަލު ކުރައްވަން ތާއީދު ކުރައްވާ ވާހަކަ ވިދާޅުވީއެވެ. އެއާއެކު ފަހުލަވާނުންތައް ހޭލާ، އެމީހަކަށް ވެވުނު ގޮތަކުން ބަލަ ގާނޫނު ކޮބާހޭ، މީ ގާނޫނީ ވެރިކަމެކޭ، ވެރިކަން ބަދަލެއް ނުކުރެވޭނޭ ކިޔާ އަޑު ހިތްޕާލައިފިއެވެ.

ފެބްރުއަރީ މަސް އޮތީ ބޯމަތިވެފައެވެ. އެ މަހުގެ 7 ވަނަ ދުވަސް އެހަރަގެން ފަތުއަޑު ކިޔާފައި އަންނަނީއެވެ. އެދުވަހުގެ ހަނދާންތައް އާވެ އާލާވަމުން އެހަރަގެން އަންނަނީއެވެ. އެހެންވީމާ، ފަތެއް ކީއްކުރަންހެއްޔެވެ. ހިންޔެއް ހިރިލިޔަސް މަށަށް ހީވަނީ ހަމަ ވެއްޓެނީއޭ، ވެއްޓެނީ އޭ ނޫންހެއްޔެވެ؟

ރައީސް މައުމޫނުގެ ވާހަކަފުޅުގައި ބަޣާވާތް ކުރާ ވާހަކައެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ވެރިކަން ބަދަލު ކުރަން ތާއީދު ކުރައްވާ ވާހަކައެވެ. އިންތިޚާބު އޮންނާނެ ކަމެއް އެނގިވަޑައި ނުގަނެޔޭވެސް ވިދާޅުވިއެވެ. އަދި އިންތިޚާބު އޮތަސް ހަދާނީ ކޮން ގޮތެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ކަންކަން އިސްލާހު ކުރަން ކޮންމެހެން އިންތިޚާބަކާ ހަމައަށް ރައްޔިތުން ނުރުހޭ ސަރުކާރެއް ބަދަލު ނުކުރަންވީ ކީއްވެތޯ އޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅެއް މިއޮތީ ބޮޑުތާ ޖެހިފައެވެ.

ރައީސް މައުމޫނު މިވާހަކަފުޅު ދައްކަވާ ނިމިވަޑައިގަނެގެން ގެއަށް ވަޑައިގަނެވޭނެ ކަމެއްވެސް ނޭނގެއެވެ. ސަރުކާރުގެ މީޑިއާއިން އެޔޮށް އައީ ބްރޭކިންގ ނިއުސް އެވެ. ޑިފެންސް މިނިސްޓަރު ހުންނެވީ އަނެއް ކޮޅުން ފޯނުގައެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. ޑިފެންސް މިނިސްޓަރަށް ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅު ރަނގަޅަށް އެނގި ވަޑައިގެންނެވި ކަމެއް ނޭގެއެވެ. ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅާ ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅާ ގުޅުމެއްވެސް ނެތެވެ. ތެދުތެދަށް ދަންވަންޔާ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅު ދޭހަވަނީ ރާއްޖޭގެ ވެރިކަން ބަދަލު ކުރެވޭނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންވެފައި އޮތް ގޮތް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ގާނޫނު އަސާސީގައި ވެރިކަން ބަދަލު ކުރެވޭ ގޮތް ކޮންމެ މީހަކަށްމެ އެނގޭ މިންވަރަށް ބަޔާން ކޮށްފައި އޮތް ކަމަށް ވިދާޅުވި އިރު އެމަނިކުފާނު ގާނޫނު އަސާސީ 100 ވަނަ މާއްދާ ފެނިވަޑައިގަނެފައި އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ ވެރިކަން ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން އެކަނި ކަމަށެވެ. ނޫނެކެވެ. އެއީ ހަމައެކަނި ގޮތެއް ވެސް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތުން ފާސް ކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ގެޔަށްވެސް ފޮނުވާލެވިދާނެއެވެ. އެއީ އަދި ރައްޔިތުންގެ ވޯޓެއް ނޫނެވެ. އެކަމަކު އެއީވެސް ގާނޫނު އަސާސީގެ ތެރެއިންނެވެ.

ދަންވަރުގެ ބްރޭކިންގ ނިއުސް އަށް ޑިފެންސް މިނިސްޓަރު އަރާވަޑައިގެންނެވި އިރު އެނގިވަޑައި ނުގަންނަވާ އެހެން ވާހަކަ އެއްވެސް އެބައޮތެވެ. އެމަނިކުފާނު އެ ވެރިކަމެއް ވެއްޓިދާނެ އަތީ ބިރުފުޅު ގަންނަ ވެރިކަމުގެ އެންމެ މަތީ މަގާމުގައި ހުންނެވި ޔާމީން އަބްދުލް ގައްޔޫމް ދައްކަވާފައިވާ ވާހަކަފުޅެކެވެ. އޭރު އެމަނިކުފާނުގެ އަދި ވެރިކަމަށް ވަޑައެއް ނުގަންނަވައެވެ. އެއީ އެކަމާ ހިތްޕުޅާވެގެން އުޅުއްވި ދުވަސް ވަރެވެ.

އަޑު އައްސަވާށެވެ. ޔާމީން ވިދާޅުވަނީ:

"ބައްލަވާ، ސިޔާސީ ޕާޓީތައް އުފެދުނީމާ، އޮޕޮސިޝަން ޕާޓީއެއްގެ ބޭނުމަކަށް ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވަމުން، ކުރުވަމުން ގޮސް، ސަރުކާރަކީ ގާނޫނު ތަކާ އެއްގޮތައް ރައްޔިތުންނަށް ފައިދާވެރި ވެރިކަމެއް ނުކުރެވޭ ކަމަށް ވަންޏާ، ރައްޔިތުން ރުހޭ ވެރިކަމެއް ނުކުރެވޭ ކަމަށް ވަންޏާ، އޮޕޮސިޝަނުން (އިދިކޮޅު ޕާޓީތަކުން) ކުރަންޖެހޭ ކަމެކޭ ވެރިކަން ވައްޓާލުމަކީ"

އެ ވާހަކަފުޅު ދައްކަވައިގެން ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ހުކުމެއް އައިސްފައި ނުވާކަން ޑިފެންސް މިނިސްޓަރަށް އެނގިވަޑައިގަންނަވާ ބާވައެވެ؟ ވެރިކަން ވައްޓާލުމަކީ އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ ކަމެއް ކަމަށް މީހަކު ބުނެގެން ކުށްވެރި ނުވާނެ ކަމުގެ ހެއްކަކީ މިހާރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީންގެ މިދެންނެވި ވާހަކަފުޅެވެ.

ވާދަވެރި ސިޔާސީ ޕާޓީތައް އުފެދި ދައުލަތުން ޚަރަދު ދީގެން ހިންގަމުންދާއިރު އެހާ ހިތްބަލި ވެގެން ސިޔާސީ އިސް ސަފުގައި ތިބެވޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެކެވެ. ވެރިކަމޭ ވެރިކަން ބަދަލު ކުރަނީ އޭ ބުނާ އިރަށް ތެޅި ފޮޅި ގަންނަނީ ބިތުފަންގި ނަގާފާނެއަތީ ބިރުން ކަމަށް ވެދާނެއެވެ. ލިބިފައި ހުރި މޮޅު ތަކާއި، މަންފާތައް އަތުން ބީވެ އެއެއްޗެހި ލިބިފައި ހުރި ގޮތް ބަޔަކު ބަލާފާނެ އަތީ ތުރުތުރު އަޅަނީ ކަމަށް ވެދާނެއެވެ. މި ސަރުކާރު މިހެން އޮވެގެން ކެވެން ހުރި ކެޔޮ ދެން އިތުރަށް ނުކެވިދާނެއަތީ މޭ ތެޅޭ ގޮތް ވަނީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަގީގަތަކީ ހަގީގަތެކެވެ. ދައުރުގެ ފުރަތަމަ ކޮޅު ވިޔަސް، މެދުތެރެއިންވެސް ފަހަތު ކޮޅުން ވިޔަސް ގާނޫނީ ގޮތުން ވެރިކަން ވައްޓާލެވިދާނެ ގޮތްތައް އެބަހުއްޓެވެ. ގަބޫލު ވިޔަސް ނުވިޔަސް ކޯފާވިޔަސް ނުވިޔަސް ވަގުތު ޖެހުމުން ހިނގަން ހުރި ކަމެއް ނަމަ ހިނގާނެއެވެ. ވެއްޓެން އޮތް ވެރި ކަމެއް ވެއްޓޭނެއެވެ. އަރަން އޮތް ވެރިކަމެއް އަރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޝޯގީގެ ގަތުލަށް ބައިޑަން ބީރު ކަންފަތެއް ދެއްވީތަ؟

ހަޝޯގީގެ ގަތުލަށް ބައިޑަން ބީރު ކަންފަތެއް ދެއްވީތަ؟

15 ޖޫން 2022
މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

18 މާރިޗު 2022
ބައްޕަގެ ފަހަތުން ދަރިފުޅުވެސް ކޮމެންޓްރީ ބޮކްސްގެ ތެރެއަށް!

ބައްޕަގެ ފަހަތުން ދަރިފުޅުވެސް ކޮމެންޓްރީ ބޮކްސްގެ ތެރެއަށް!

15 އޮކްޓޯބަރު 2021
މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެން!

މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެން!

28 ފެބުރުއަރީ 2020
"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

26 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު