Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

އިންސާފުވެރިކަމާއެކު ފަސް އަހަރަށް ފައިސަލާ ކުރެވޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 14:30
ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު އަންނަ ދުވަހެކެވެ. ފަސް އަހަރުގެ ތެރޭގައި އެއްކުރިހާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ހުކުމް ކުރާ ދުވަހެވެ. ވީހާ ވައުދުތަކާއި އަހުދުތައް ފުއްދުނު މިންވަރުގެ މައްޗަށެވެ. ދެއްކިހާ ހުވަފެންތަކުގައި ކުލަ ޖެއްސުނު މިންވަރުގެ މައްޗަށެވެ. މިއީ އެންމެ އިންސާފުވެރި ކޯޓު ހުޅުވާ ދުވަހެވެ. މައްސަލަ ބަލާނީ ދެލައްކަ އެތައް ހާސް ގާޒީންގެ ބެންޗަކުންނެވެ. މި ބެންޗުގެ އަޣްލަބިއްޔަތުން ފައިސަލާކުރަނިވި ހުކުމެއް ނެރޭނެއެވެ.

ރައްޔިތުންގެ ކޯޓުގައި މިއަހަރު ދައުވާ ކުރެވިފައި މިވަނީ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށެވެ. ކޮންމެ ބޭފުޅަކު ވެސް ވައުދުވަނީ ތިމަންނާ ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ. ގައުމު އަމާން ބަނދަރަކަށް ވާސިލުކޮށްދެވޭނީ ތިމަންނާއަށް ކަމަށެވެ. މި އަހަރު ހުކުމް ކުރަންޖެހިފައިމިވަނީ ތަރައްގީއާއި އިންސާފު ފާލަމަކުން ގުޅުވާލުމަށެވެ. ޔާމީންގެ ދިފާއީ ހެއްކަކީ ތަރައްގީއެވެ. އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއީ ހެއްކަކީ އިންސާފެވެ.

ޔާމީނާއި މެދު ރައްޔިތުންގެ ކޯޓުގައި ހުކުމް ކުރަންޖެހެނީ ފާއިތުވި ފަސް އަހަރުން އެއްކުރެވުނު ހެކިތަކުގެ މައްޗަށެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ކޯޓަށް ހާޒިރުވެ ދެއްކެވިހާ ވާހަކަފުޅުތަކާއި އަމަލުފުޅުތައް މިނެކިރުމެއް ފަހުގައެވެ. އެމަނިކުފާނުންނާއި ރައްޔިތުންގެ ކޯޓުން ހަވާލުކުރި ޒިންމާއާއި ވާޖިބު އަދާކުރެވުނު މިންވަރާއި މެދު ވިސްނުމަށްފަހުއެވެ. ރައްޔިތުންގެ ކޯޓުގެ ގާޒީންނާއި މެދު އަމަލުކުރެވުނު ގޮތުގެ މައްޗަށް ރިއާޔަތްކުރުމަށްފަހުއެވެ. އެމަނިކުފާނުގެ ޚުލްގުފުޅާއި އަޚްލާގަށް ބޮޑު ސަމާލުކަމެއް ދެވޭނެއެވެ. އެމަނިކުފާނުގެ މައްޗަށް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ރައްޔިތުންގެ ކައްޓާގައި މިނެކިރުމަށްފަހު ނެރޭނީ އިންސާފުވެރި ހުކުމެކެވެ.

އިބްރާހިމް މުހައްމަދު ސޯލިހާ މެދު ހުކުމް ކުރަންޖެހެނީ އެމަނިކުފާނުގެ މާޒީއިން އެއްކުރެވުނުހާ ހެކިތަކުގެ މައްޗަށެވެ. ފަސްބައިގައި އެންމެ ކަޅު ތިއްކެއް ނަމަވެސް ހޭކިފައިވޭތޯ ބަލާނެއެވެ. އެމަނިކުފާނު ވެވަޑައިގަންނަމުންދާ ވައުދުތަކާއި އަހުދުތައް މިނެކިރޭނެއެވެ. އެކަންކަން ފުއްދުމުގެ ގާބިލުކަން އެމަނިކުފާނުގެ ހުރިތޯ ބެލޭނެއެވެ. އެމަނިކުފާނުގެ އަޚުލާގާއި ޚުލްގުފުޅުގެ މައްޗަށް ހުކުމް ބަރޯސާވާނެއެވެ. އެމަނިކުފާނުގެ މައްޗަށް ޔާމީނު ކުރައްވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ރައްޔިތުންގެ ކޯޓުގައި ބެލެވޭނެއެވެ. ހުކުމް ނިކުންނާނީ އިންސާފުގެ މަގަށެވެ.

ރައްޔިތުންގެ ކޯޓުގެ ލޯ އަނދިރިއެއް ނުވާނެއެވެ. ފަސް އަހަރު ވަންދެން މި ކޯޓުގެ ގާޒީން ތިބީ މަންޒަރު ބަލާށެވެ. ރައްޔިތުންގެ ކޯޓުގެ ކަންފަތް ބީރެއް ނުވާނެ އެވެ. ފަސް އަހަރު ވަންދެން މި ކޯޓުގެ ގާޒީން ތިބީ އަޑު އަހާށެވެ. ފަސް އަހަރު ވަންދެން ނުބުނެވި ހުރި، ނުދެއްކި ހުރި ލައްކަ ވާހަކަ ކޯޓު ހުޅުވުމާއެކު ދައްކާނެއެވެ. ކޯޓުގެ ދޮރުތައް ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ހުޅުވުމާއެކު ލަހެއް ފަހެއް ނެތި ހުކުމް ނިކުންނާނެއެވެ. ރައްޔިތުންގެ ކޯޓުގެ ޝަރީއަތް ސިއްރިއްޔާތުގައި ހިނގަމުންދާތާ ފަސް އަހަރުވީއެވެ. މި ކޯޓުން ބުނާނީ ފަހު ބަހެވެ. މިއީ އަދުލުއިންސާފުގެ ހަގީގީ ބެލެނެވެރި ފަރާތެވެ. މިއީ ނިކަމެތި މީހާއާއި މުއްސަނދި މީހާއަށް ވެސް އެއްހަމައެއްގައި ބަސް ބުނެވޭނެ ކޯޓެވެ. ކެމްޕެއިން ކުރައްވާށެވެ. ދައުވާ ކުރައްވާށެވެ. ދިފާއުވެ ވެވަޑައިގަންނަވާށެވެ. ހުކުމް އަންނާނެއެވެ. އެކަމާ މެދު ޝައްކު ނުކުރައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު