Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

ޤަރާރު ފާސްވުމަކުން ނުވުމަކުން މައްސަލައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2018 | ހޯމަ 14:06
ޕީޕީއެމްގެ އިސްވެރިން ތަކެއް: ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކަން ވާނެ ކަމަށް

ޕީޕީއެމްގެ އިސްވެރިން ތަކެއް: ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކަން ވާނެ ކަމަށް

ޕައްޅަންބޭ ބުނީ މަށެއް ތިޔަކަމަކު ބުނާނޭ ހަމަ އެކައްޗެއްވެސް ނެތޭއެވެ. ކޮންމެ ގޮތަކަށް ކަން އޮތަސް ކަލޭ ހަދާނީ ހަމަ ހަދާނެ އެއްޗެއް ވިއްޔާއޭ އެވެ. އޭނާގެ އެވާހަކައަށް މިއަދު ވަރަށް ބޮޑަށް ވިސްނާލައިފީމެވެ. ނުކިޔަވާހުރި ސޮރަކަށް ވީތީ އެއީ މާ އާރުލާ އެއްޗަކަށް ނުވިއަސް އެއީ ވާ ހަޤީގީ އެއްޗެއްކަން މިއަދު ޤަބޫލް ކުރެވިއްޖެއެވެ.

މިއަދު ދިވެހިރާއްޖެއިން ވެސް މިފެންނަނީ އެޙަޤީގަތެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް ހަދައިގެން އެތައް ބަޔަކު ރެއާ ދުވާލު ތިބެގެން ހެދި މޮޅު ޤާނޫން އަސާސީއެއް އެބައޮތެވެ. ކަންކުރާންވީ ގޮތްތައް ކިތައްމެހާވެސް ރަނގަޅަކަށް އެޤާނޫން އަސާސީގައި އެބައޮތެވެ. އެއީ މިހާރުގެ އެއްކޮޅާ އިދިކޮޅުވެސް އެމަޖިލީހުގައި ތިބެގެން ރުހި ޤަބޫލުވެގެން ހެދި ޤާނޫން އަސާސީއެކެވެ. މާއްދާތައް ހުށަހެޅި ކޮށާނެ ވަރަކަށް ކޮށައި، މަށާނެ ވަރަކަށް މަށައިގެން ހެދި ޤާނޫނު އަސާސީއެކެވެ. އެދުސްތޫރުން ކަނޑައެޅި އެންމެ ބޮޑު ކަންކަމަކީ ދައުލަތް ހިންގާނީ ތަފާތު 3 ބާރެއްގެ މައްޗަށް ކަމަށެވެ. އެއްބާރު އަނެއް ބާރަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމެވެ. އެޤާނޫން އަސާސީން ވަނީ މިނިވަން މުއައްސަސާތަކެއް ކަނޑައަޅާފައެވެ. ނުފޫޒެއް ނެތި އަމިއްލަ ބާރުގައި ޤާނޫން އަސާސީއާ އެއްގޮތައް ހިންގުމަށެވެ. މިހާރުގެ ގޮތައް މިކިޔާ ޗެކް އެންޑް ބެލެންސްގެ ނިޒާމުންނެވެ.

އެމައްޗަށް ހަދާފައިވާ ޤާނޫން ތަކަކީ ކަންކުރާން ފަސޭހައަށް އެޤާނޫން އަސާސީގެ ތަރަހައިގެ ތެރެއިން ހަދާފައިވާ ޤާނޫން ތަކެކެވެ. މީހަކަށް ހިތުހުރި ގޮތަކަށް ކަންކުރާން ޖާގަ ނުދިނުމަށެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރަކަށް އުޅުއްވި ރިޔާޒް ރަޝީދު އެވިދާޅުވަނީ އެވާހަކައެވެ. މިއަދު ބާރު އޮތް ސަރުކާރު ފަޅީގައި ހުންނަވައިގެން ވެސް އެޕާޓީގެ މެންބަރުންނަށް ރިޔާޒް އެވާހަކަތައް ހަނދާން ކޮށްދީތީ ޝުކުރު އަދާ ކުރަމެވެ.

މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ ރިވެތި އާދަކާދަ ތަކުގައިވެސް ހުރީ އެގޮތެވެ. ދިވެހިން ޤަބޫލް ކުރަމުން އައީވެސް އެގޮތްފޮތެވެ. އެކަމަކު އެއީ ދާދި މިދާކަށް ދުވަހާ ހަމައަށެވެ. މިހާރު މިއޮތީ އެފުށް މިފުށަށް ޖެހިފައެވެ. ބަޔަކު ހިތަށް އެރިހާ ގޮތަކަށް އުޅެމުން ދަނީކީ އޭގެ ހެޔޮގޮތް ނެތީތީއެއް ނޫނެވެ. ކަންކުރާން ޖެހޭ ގޮތްތައް އެބަހުއްޓެވެ. އެއީކީ ތިމާޔަށް ފަހިވާ ގޮތައް މާނަކޮށްގެން ނިންމާލެވޭވަރަށް ވުރެ ސާފުކޮށް ހުރި އުސޫލު ތަކެކެވެ. ޤާނޫން އަސާސީއާ އެއްގޮތަށް ކޮންމެ މީހަކުވެސް ކަންކުރާން ޖެހެއެވެ. އެއީ ޕައްޅަންބެއެއް އައްމަކަޅޭއެއް އަދި ޔާމީނެއް އަދުރޭއެއް އިސްތިސްނާ ވުމެއް ނެތިއެވެ. މަޖިލީހުން ނިންމާ ނިންމުމަކީ އެޤާނޫން އަސާސީގެ ހުދޫދުގެ ތެރެއިން ނިންމާ ނިންމުން ތަކެކެވެ. އެމަޖިލީހުގެ މެޖޯރިޓީ އޮތީމާ އޭރު ނިންމި ނިންމުންތައް ބަރާބަރުވެފައި އެމަޖިލީހުގެ މެޖޯރިޓީ ގެއްލުނީމާ އެތަނުގައި ބޮޑު ތަޅު އެޅުވުމަކީ މާތް ﷲ ގަންދީ ކުރި ހުވަޔާ ޚިލާފް ކަމެކެވެ. އެންމެ މަތީ ކޯޓުން ނިންމި ނިންމުން ތިމާ ކޮޅަށް ނުނިމުނީމާ އެއަށް ބޯ ނުލެނބުން އެއީކީ ގަޓް ހުރުމެއްވެސް ނުމެ ނޫންމެއެވެ. ރައްޔިތުންގެ ތާއީދެއް ނެތަސް ކަނޑިއާއި ބަޑީގެ ބާރުގައި ހަންމުށި އަޅައިގެން ތަޚުތުގައި އިނުމަކީ އަދި މޮޅު ކަމެއް ނޫނެވެ. އެއީކީ ޤާނޫން އަސާސީގެ އުނިކަމެއް ވެސް ނުމެ ނޫންމެއެވެ. އެއީ ބައެއްގެ ގޮތެއް ފޮތެއް ނެތުމެވެ. އުޑެއްބުޑެއް ނުދަނެ ދުނިޔެ އޮތީތީ ތެޅުމޭވެސް ބައެއް މީހުން ބުނެއުޅެއެވެ. ކަށިނެތް ދުލެއް އޮތިއްޔާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެއޭ ވެސް އެބުނަނީ ހަމަ އެހެންވެގެންނެވެ.

އެކަމަކު މިއަދު މިހާމަވީ ހަމަ ޙަޤީގަތެވެ. ކިތައްމެ ނުބުނާން އުޅުނަސް މިއަދު ތިޔައޮތީ އަމިއްލައަށް ފަޅާ އަރުވާލާފައެވެ. ކޮންމެހެން ބުޅާ ގޯނިން ބޭރުވީކީ ނޫނެވެ. މަތިމައްޗަށް ބާރުލިބި އޭގެ މޮޅައިގެން ނުދައްކާންހުރި ވާހަކަތައް ތިޔައޮތީ އަމިއްލައަށް ބޭޒާރު ކޮށްލާފައެވެ. ޢަބްދުއް ރަހީމެއް ކަމަކު ތިޔަ ވިދާޅުވީ ހަމަ ކަން އޮތްގޮތެވެ. ކަނޑު ނޫނަސް މިތަނުގައި ހިންގަނީ ތިޔަ ވިދާޅުވި ގޮތެވެ.

"މި ޤަރާރު މަޖިލީހުން ފާސްކުރުން ނުކުރުން އެއީކީ މި ޤައުމުގަ މިއޮތް ހާލަތައް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން. މިފާސްކުރިއަސް ނުކުރިއަސް ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ކަމެއް ކުރައްވާނެ" ޢަބްދުއް ރަހީމް ވިދާޅުވިއެވެ.

ތިޔައީކީ އޮޅިފައި އޮތް ކަމެއް ނޫނެވެ. މައްސަލައަކީ ހަމައެންމެ މައްސަލައެކެވެ. ރެއާ ދުވާލު ޓީވީތަކަށް އަރުއްވައިގެން ޤާނޫން އަސާސީއޭ ޤާނޫނޭ، މަގެ ދީނޭ މަގެ ޤައުމޭ ކިޔައިގެން ތިޔަ ޖަހާ ސަކަރާތެވެ.

ކޮންމެ އަކަސް ކަން އޮތީ ޢަބްދުއް ރަހީމް ވެސް އެ ވިދާޅުވާ ގޮތަށެވެ. އެކަމަކާ ދެބަސްވާނޭ ހަމަ އެކަކުވެސް މި އުޑު ބަޅުކުރި ހިސާބަކު ނެތެވެ. އެކަން ޤަބޫލް ނުކުރާނޭ ބޯމައްޗަށް ހުރި އެންމެ މީހަކުވެސް މި ފަސްގަނޑަކު ނެތެވެ. ކަންކުރާން ތިބި މީހުން އަދި ކަންކުރާ މީހުން ތިޔަބުނީ ބޮޑު ތެދެކެވެ. އުފާވަނީ ތިޔަބޭފުޅުން ތިޔަ ވާހަކަ ވިދާޅުވީތީއެވެ. މަހަމަ ބުނެލާނީ އެންމެ އެއްޗެކެވެ. މަގު ހިނގާއިރު މީހުން ފޮށާ އަނދެ އުޅެނީ ފޮރުވަން އެކަނިކަމެވެ. އެއީ ހަމައެކަނި ރީއްޗަކަށް ކުރާކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު