Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލޭ ގޯތި ދޫކުރުން

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

އަގު ހެޔޮކޮށް ގޯތި ގަތުމަށް ފޯމު ލުމަށް ހައުސިންގ މިނިސްޓްރީ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 08:35
ގޯތި ހޯދުމަށް ކިއުގައި ޖެހިގެން

ގޯތި ހޯދުމަށް ކިއުގައި ޖެހިގެން

ގެދޮރުވެރިކަމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަން ހައުސިންގ މިނިސްޓްރީގައި ހަދާފައިވާ ކިޔުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. ހާހެއްހާ މީހުން ކިއުގައި ހޭދަކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ގެދޮރުގެ ދަތި ކަމަށް ތަސައްލީއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ގެދޮރުވެރިކަމަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެފައިވާ އެއްޗަކަށް ވެފައިވާ އިރު އެކަމާ ގުޅުވައިގެން ކޮންމެ ސަރުކާރަކުން ވެސް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ވެސް 7000 ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާ މަޝްރޫއު ފަށައި އޮކްޓޫބަރު 09 ވަނަ ދުވަހުން ފެށިގެން އަންނަނީ ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކުރަމުންނެވެ. ހިޔާ މަޝްރޫއުއަށް އެކަނި ވެސް 22،000 މީހުން ފްލެޓަށް އެދި ކުރިމަތިލިއެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުމާލެ އިން ރައްޔިތުންނަށް ވަދެވެވިފައި ވަނީ 704 ފްލެޓަށެވެ. އެއީ ވެސް ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކުގެ ދަށުން އަޅާފައިވާ ފްލެޓްތަކެވެ.

ވެރިކަން ބަދަލުވުމަށް މަހެއްހާ ދުވަސް ވެފައިވަނިކޮށް ސަރުކާރުން "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި މަޝްރޫއުއެއް ވެސް ފަށާފައި ވެއެވެ. އެ މަޝްރޫއުއަށް ވެސް ގިނަ އަދަދެއްގެ ފޯމު ހުށަހެޅިއެވެ. ތަފާތު ނަންނަމުގައި މަޝްރޫއުތައް ކުރިއަށް ގެންގޮސް އަނެއްކާ ވެސް ވަނީ ހުޅުމާލެއިން ގޯތި ދޫކުރުމަށް ހުޅުވާލާފައެވެ.

މި ސަރުކާރުން ވެރިކަމުގައި ހޭދަކުރާނެ އެންމެ ފަހު ދުވަސްވަރު މިވަނީ ހުޅުމާލެއިން 400 ފްލެޓް ދޫކުރުމަށް ނިންމާފައެވެ. ގިނަ ބަޔަކު ދުވާލެއް ރޭގަނޑެއް ބެލުމެއް ނެތި ހައުސިންގ މިނިސްޓްރީ ދޮށުގައި ވަނީ ކިއު ހަދާފައެވެ. އެ މަޝްރޫއު އިއުލާނު ކޮށްފައި ވަނީ މިމަހުގެ 07 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މަޝްރޫއު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހުއްޓުވާފައެވެ. އެ އަށް ފަހުގައި އޮކްޓޫބަރު 09 ވަނަ ދުވަހު، އަނެއްކާ ވެސް ހައުސިން މިނިސްޓްރީން އެ މަޝްރޫއު އިއުލާނުކުރިއެވެ. މަޝްރޫއު ކުރިއަށްގެންދާނެ އުސޫލު އިއުލާނުކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް އޭސީސީން އެންގުމުންނެވެ.

ގޯތި ދޫކުރަން ނިންމީ ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދައްވުމާ ގުޅިގެން އެ ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކުރުމަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މިކަން ކުރަން ނިންމީ އެޗްޑީސީގެ އިސްވެރިންނާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކަނޑައަޅާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފައިސާ ނެތިގެން ފައިސާ ހޯދުމަށް، ކުޑަ އަގެއްގައި ގޯތި ދޫކުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަނެއްކޮޅުން އެޗްޑީސީ ފަދަ ފައިސާ ގިނައިން ވަންނަ ކުންފުންޏެއްގެ ކޭޝްފްލޯ ތާށިވާންޖެހޭ ސަބަބެއް އެ ކުންފުންޏަށް ވެސް އަދި ސަރުކާރަށް ވެސް ސާފުކޮށްދެވިފައެއް ނުވެއެވެ. އިވެނީ އަޑުތަކެކެވެ. ރިޔާސީ އިންތިހާބަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސެޓްތައް ބޭނުންކުރިކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ބޮޑެތި ޚަރަދުތަކެއް ކުންފުނިތަކުން ކުރިކަމަށް ދަނީ ތުހުމަތުކުރެވެމުންނެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިބްރާހީމް އާތިފް ޝަކޫރު ސޯޝަލް މީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި ކުންފުންޏަކަށް ފައިސާގެ ދަތިކަން ކުރިމަތިވާ ކޮންމެ ފަހަރަކު އެކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ މުދާތައް ވިއްކާލުމަކީ ދުރު މުސްތަގްބަލަށް ބަލާ އިރު ފައިދާވާނެ ކަމެއް ނޫނެވެ. އެފަދަ ހާލަތެއްގައި ކުންފުންޏެއް އޮތް ކަމުގައިވާ ނަމަ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭންކްތަކުން އެފަދަ އެހީތެރިކަން ހޯދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއަށް 2008 ވަނަ އަހަރު ކުރިމަތިވި ފައިނޭންޝިއަލް ކްރައިސިސް ކުރިމަތިވި އިރު މާލީ ދާއިރާގެ ކުންފުނިތަކުން އަމަލުކޮށްފައި ވަނީ ވެސް އެފަދަ ގޮތަކަށެވެ. އެ ކުންފުނިތަކުން ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކޮށް ކުންފުނިތައް ބޮޑު ކުރަމުން އައީ ފައިދާއެއް ނެތި، ލޯނުތަކަށް ބަރޯސާވެގެންނެވެ. ލޯނު ނަގަމުން ނަގަމުން ގޮސް، ކުންފުނިތައް ބަނގުރޫޓޫވެގެން ދިޔައީއެވެ. އެކަންކަމުން އަރައިގަތުމަށް ސަރުކާރަށް މަޖުބޫރިވީ އެހީތެރިކަން ފޯރުކޮށްދޭށެވެ. އެހާލަތުގައި އެކުންފުނިތަކުގެ އެސެޓްތައް ވިއްކާލި ނަމަވެސް ކުންފުނިތައް ކުރިއަށް ދިއުމަށް ފަސޭހައެއް ނުވީހެވެ. އަދި މުޅި އިގްތިސާދަށް ލިބުނު ގެއްލުން ވެސް ބޮޑުވީހެވެ. އެހެން ނަމަވެސް ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނީއެވެ.

އިގްތިސާދީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޭޝްފްލޯ ރަނގަޅު ކުރުމަށް އެހާ ކުޑަ އަގެއްގައި ފްލެޓްތަކެއް ދޫނުކުރާނެއެވެ. މިކަން ކުރުމަކީ ފަހަރުގައި ދެން އަންނަ ސަރުކާރަކަށް ޖެއްސުން ކުރުމަށް ކުރާ ކަމަށް ވެސް ވެދާނެއެވެ. ކުންފުންޏެއް ބަނގުރޫޓު ކޮށްލުމަށް ގަސްތުގައި ސަރުކާރުން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ.

އެޗްޑީސީން އާންމު ގޮތެއްގައި ބިން ދޫކޮށް އުޅެނީ އަކަ ފޫޓެއް 2000ރ. އަށެވެ. އެހެން ކަމުން ގާތްގަނޑަކަށް އެއްހާސް އަކަފޫޓުގެ ބިމެއް ލިބޭނީ އެންމެ ކުޑަވެގެން ދެ މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް 400 އަށް އަކަފޫޓެއް ވިއްކުމުގެ ސަބަބުން 1.6 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ލިބިގެންދިޔައީއެވެ. އެއީ 400 ގޯތި ކަމުގައިވާ ނަމަ އެއީ އެޗްޑީސީއަށް ލިބޭ 640 މިލިއަން ރުފިޔާގެ ގެއްލުންވެގެންދާނެއެވެ. މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ކޮން ބައެއް ހެއްޔެވެ؟

ރައްޔިތުން އިންތިހާއަށް ބޭނުންވި ކަމުގައިވީ ނަމަވެސް ނާޖައިޒް ގޮތުގައި ގެދޮރަކީ ރައްޔިތުން ގަނަތަޅުވަން ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެއެވެ. މިފަދަ ގޮތަކަށް ގޯތި ވިއްކުމުން ހަމަގައިމު ވެސް ރައްޔިތުންނަށް ފަސޭހަތަކެއް ވެދާނެއެވެ. ނުވަތަ އަނެއްކާ ވެސް މި ގޯތިތައް މި ލިބެނީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުން ނުވާ މީހުން ކަމުގައި ވެސް ވެދާނެއެވެ. ގުރުއަތުލައިގެން ގޯތި ދޫކުރާ ނަމަ ގެދޮރުގެ ދަތިކަން އެންމެ މަތީ ދަރަޖައަށް ކުރިމަތިވެފައިވާ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ ކަމާ މެދު ސުވާލު އުފެދެއެވެ. އެޗްޑީސީ ބަނގުރޫޓުވެ ކުންފުނިން ނަގާފައިވާ ލޯނުތައް ނުދެއްކި އެންމެ ފަހުން ސަރުކާރުން އެ ލޯނުތައް ދައްކަން ޖެހުމުން އެކަމުގައި އެންމެ ފަހުން ގެއްލުން ލިބޭނީ ހަމަ ރައްޔިތުންނަށެވެ.

އެޗްޑީސީއަށް ބޮޑު ގެއްލުންވާ ގޮތަށް ވަކި މަންފާތަކެއް ހޯދުމަށް ދައުލަތުގެ މުދާތައް ވިއްކުމުން އޭގެ ގެއްލުމާ އެންމެ ފަހުން ކުރިމަތިލާންޖެހޭނީ ހަމަ ދިވެހި ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު