Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީޕީއެސް އަށް 50 އަހަރު

އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

އީޕީއެސްގެ އަހަރީ ދުވަހަކީ ޖޫން 25

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 14:17
އީޕީއެސް ސްކޫލަށް 25 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި އަހަރީ ޖަލްސާގައި ނަގާފައިވާ ފޮޓޯއެއް

އީޕީއެސް ސްކޫލަށް 25 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި އަހަރީ ޖަލްސާގައި ނަގާފައިވާ ފޮޓޯއެއް

އީޕީއެސް ސްކޫލުން ތައުލީމް ހާސިލްކުރި އެތައް ދަރިވަރުންނެއް މިއަދު ދައުލަތުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި އެވެ. އީޕީއެސްގެ ސްކޫލޫގެ ފުރާޅުގެ ދަށުން މަދަރުސީ ހަޔާތް ނިންމާލި އެތައް ދަރިވަރަކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވި އެވެ. މަދަރުސީ ހަޔާތުގައި ދިމާވި އެކުވެރިކަމާއި އެ ހަނދާންތައް ތާއަބަދަށް ދެމިހުރެ އެވެ.

އީޕީއެސްގެ އިސް ދަރިވަރުންނަށް އަންނަނީ ބޮޑު ދުވަހެކެވެ. އެ ސްކޫލަށް 50 ފުރޭ ރަންޔޫބީލް ފާހަގަ ކުރަން ދަނީ ތައްޔާރުވަމުންވެ. މި މުހިންމު، އަދި ތާރީޚީ އިވެންޓް ފާހަގަކުރުމަށްޓަކައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިއްބެވި އީޕީއެސްގެ އިސް ދަރިވަރުން ފެބްރުއަރީ 1 ވަނަ ދުވަހު، މިހާރުގެ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް (ކުރިން އީޕީއެސް ހިންގި އިމާރާތް) އަށް ވަޑައިގަތަށް އެދިވަޑައިގަންނަވަ އެވެ.

ކެޑޭޓް ހަރަކާތެއްގައި އީޕީއެސް ސްކޫލުގެ ކެޑޭޓް ދަރިވަރުން މަޖީދީ މަގުގައި ހިނގާލަނީ: ސްކޫލުގެ އިސް ދަރިވަރުނަށް ބާއްވާ ބައްދަލުވުމެއް ފެބްރުއަރީ އެއް ވަަނަ ދުވަހު ބޭއްވުމަށް ވަނީ ތައްޔާރުވެފައި

އީޕީއެސްގެ ރަންޔޫބީލްގެ ހަރަކާތްތައް އިންތިޒާމްކުރަން އެކުލަވާލާފައިވާ އެޑްވައިޒަރީ ކޮމެޓީގެ ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރު މުހައްމަދު ސަލީމް ރާއްޖެއެމްވީއަށް ވިދާޅުވީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ބާއްވާ ބައްދަލުވުމަށް އީޕީއެސްއިން ތައުލީމް ހާސިލްކުރި ހުރިހާ ދަރިވަރުނަށް ހުޅުވާލެވިފައިވާ ދައުވަތެއް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އީޕީއެސްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ކުރާނެ ކަންތައް ތަކާ ގުޅޭ ގޮތުން ތަފާތު ހިޔާލުތައް މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ. އީޕީއެސް އިން 26772 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވާއިރު އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހިންގާނެ ހަރަކާތްތައް ނިންމާނީ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ 8.30 ގައި ބާއްވާ ބައްދަލުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތީމް ސޯންގެއް ހެދުމުގެ ހިޔާލު އެބަ އުޅޭ. އީޕީއެސްގެ މޮނިއުމަންޓެއް ހެދުމުގެ ހިޔާލު އެބަ އުޅޭ. އީޕީއެސްގެ ފައުންޑޭޝަނެއް ވުޖޫދު ކުރުމާ ބެހޭ ހިޔާލެއް އެބަ އުޅޭ. އީޕީއެސްގެ ނަން ދިރިވުމާ ބެހޭ ހިޔާލެއް އެބަ އުޅޭ. ކުރީގައި ވެސް އޮތް ގޮތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ދަރިވަރުންނަށް ތައުލީމް ހާސިލް ކުރަން އީޕީއެސްގެ ފައުންޑޭޝަނެއް ހަދާ މަދަދުގާރަކަށް ވާންވީތޯ، މި ކަހަލަ ބައިވަރު ހިޔާލު އެބަ އުޅޭ. އެކަމަކު ހުރިހާ ކަމެއް އެންޑޯޒް ކުރާނީ އެކެއް ފެބްރުއަރީގައި މި ބާއްވާ ބައްދަލުވުމުގައި އަޅުގަނޑުމެންގެ އިސް ދަރިވަރުން،" އޭނާ ވިދާޅުވި އެވެ.

އީޕީއެސް ސްކޫލް ފެށީ 21 ޖޫން 1968 ގައި ބޮޑު ފެންވަޅުގެއިންނެވެ. އޭރު ސުކޫލު ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ އަތޮޅުތަކުން މާލެ އަންނަ ކުދިންނަށް ތައުލީމީ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު