Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

4 ގަޑިއިރަށްވުރެ ގިނައިރު ޗެންނާއީ އެއާޕޯޓްގައި ނިހާން ހިފަހައްޓާފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 6 ޖޫން 2018 | ބުދަ 12:10
ނިހާން ބެރިކޭޑެއް މަތީގައި އިށީންދެވަޑައިގެން މަގުމަތީގައި މުޒާހަރާ ކުރައްވަނީ

ނިހާން ބެރިކޭޑެއް މަތީގައި އިށީންދެވަޑައިގެން މަގުމަތީގައި މުޒާހަރާ ކުރައްވަނީ

އިންޑިއާގެ ޗެންނާއީއަށް އެތެރެވިޔަނުދީ ސަރުކާރު ހިންގާ ކޯލިޝަންގެ ޕާލިމެންޓްރީ ލީޑަރު، އަޙުމަދު ނިހާން ޙުސައިން މަނިކު އެ ޤައުމުން ބޭރުކޮށްލުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ އިންޑިއާއިން ދިން މެސެޖެކެވެ. ދިވެހި ސަރުކާރު ބޭނުންހާ ގޮތަކަށް އުޅުމުން އިންޑިއާއިން ކޮންމެ ފަހަރަކު އަޅައި ނުލައި ދޫކޮށް ނުލާނެ ކަމުގެ ހެއްކެކެވެ.

ނިހާނު އިންޑިއާއަށް އެތެރެވިޔަ ނުދިން ސަބަބެއް އިންޑިއާއިން ހާމަ ނުކުރި ނަމަވެސް ކަން އޮތީ ވަރަށް ސާފުކޮށެވެ. އިންޑިއާއިން ނިހާނު ބޭރުކޮށްލުމަށް އޮތީ ދެ ސަބަބެކެވެ.

އެއް ސަބަބަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދާއިރު، އަތުގައި މެޑިކަލް ވިސާއެއް އޮންނަން ޖެހޭނެ ކަމަށް އިންޑިއާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައި ލިޔެފައި އޮންނަ އޮތުމެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވައި ނިހާނު ވިދާޅުވީ، އެފަދަ ވިސާއެއް ނަގަން ޖެހޭ ކަމަށް ނިހާނު ދެކިނުލައްވާ ކަމަށެވެ. އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން މި އުސޫލަށް އަމަލުކުރުމާއި ނުކުރުމަކީ އެމީހުންގެ ކަމެކެވެ. ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާ މީހާ، އަދި އެމީހާ އަތުގައި ކޮންމެ ފެންވަރެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް، އެ އުސޫލަށް އަމަލުކުރުމަކީ އޭނާ އެކަން ކުރަންވާނެ ގޮތެވެ.

އަނެއް ސަބަބަކީ ސަރުކާރުގެ އިސް ވެރިން އިންޑިއާ އާއި މެދު ދައްކަމުންދާ ވާހަކަތަކެވެ. އިންޑިއާއަށް ކަމުނުދާ ގޮތަށް އެ ޤައުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމުން އެ ޤައުމުން އެކަމަށް ރައްދެއް ދޭނެކަން ސަރުކާރުގެ އިސް ސަފުގައި ތިބި ފަރާތްތަކަށް ނުވިސްނި އޮތުމަކީ ހިތާމަވެރި ކަމެކެވެ.

ދެން އޮތީ ނިސްބަތްވާ ޕާޓީގެ ނަން ބުނުމުން ނިހާނު އިންޑިއާއިން ބޭރުކުރި ކަމުގެ ތުހުމަތެވެ. ނިހާނަށް މިއީ ބުލީކުރުން ކަމުގައި ޤަބޫލުކުރެވުނަސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ މިއީ ނިހާނާއި ނިހާނު ނިސްބަތްވާ ސަރުކާރުގެ އަމަލުތަކުގެ ނަތީޖާ ކަމަށެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވެރިކަން އުފެދި، ޚާއްސަކޮށް ޕާޓީ ދެބައިވީއްސުރެ ނިހާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިންޑިއާއަށް އަމާޒުކޮށް، އެތައް ފަތިވަރެއް ވަނީ ގޮވާފައެވެ. ޖީއެމްއާރް ކުންފުނި ރާއްޖެއިން ބޭރުކޮށްލި ހިސާބުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުގެ ފަރާތުން އިންޑިއާއަށް އަމާޒުކޮށް ދީފައިވާ ބަހުގެ ހަމަލާތަކާއި، ނުފޫޒުގަދަ މަޤާމުތަކުގައި ތިބި ނިހާނުމެން ފަދަ ބޭބޭފުޅުން ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅިގެން މިހާތަނަށް ވެސް އިންޑިއާއިން ފިޔަވަޅެއް ނާޅައި ތިބިކަމީ އަޖައިބުވާފަދަ ކަމެކެވެ.

ނިހާނު އާއި ސަރުކާރުގެ އެހެން އިސް ވެރިންނަށް ނުވިސްނޭ، ނުވަތަ ވިސްނުނަސް ވަރިހަމަވާ ކަމަކީ، ސަރުކާރުގެ އިސް ވެރިންގެ ވާހަކަތަކުގެ ސަބަބުން އެކި ބޭނުންތަކުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި އާންމު މީހާއަށް ވާ އުނދަގުލެވެ. ސަރުކާރުގެ އިސް ވެރިން އިންޑިއާ އާއި މޫނު ކެނޑުނު ހިސާބުން އާންމު ރައްޔިތުންނަށް ވެސް ވަނީ އިންޑިއާއިން ވިސާ ހޯދަން އުނދަގޫ ވެފައެވެ. އެއީ ކިޔަވަން ކަމުގައި ވިޔަސް، ޑޮކްޓަރަށް ދައްކަން ކަމުގައި ވިޔަސްމެއެވެ.

ނިހާނަށް ޑޮކްޓަރަށް ދައްކަން ސިންގަޕޫރަށް ވެސް ވަޑައިގެންނެވިދާނެއެވެ. މެލޭޝިއާއަށް، ބެންކޮކަށްވެސް ހަމަ ވަޑައިގަންވަންވީއެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން އާންމު މީހާއަށް ދެވެނީ އިންޑިއާ ނުވަތަ ލަންކާ އާއި ހަމައަށެވެ. ގިނަފަހަރު އެވެސް ދަރާ ވިކިގެންނެވެ.

ބުލީ ކުރުމަކީ ހަމަ އަސްލު ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަމަކު ނިހާނު ވިސްނަވާށެވެ.

ނިހާނުގެ ކުރީގެ ބެސްޓް ފްރެންޑް ކެންސަރަށް ޓެސްޓެއް ނެހެދިފައި، ލޮލުގެ ފެނުން ގެއްލެން ކައިރިވެފައި ޖަލު ގޮޅީގައި އޮތްކަން ނިހާނު ހަނދުމަ ނެތުނީ ކަމަށް ވެދާނެއެވެ. ބޭސްފަރުވާ ނުލިބި، އެތައް ބަޔަކު ޖަލުގައި މަރުވި ޚަބަރުތައް ނިހާނުއަށް ފެނިފައި ނުވަނީ ކަމަށް ވެދާނެއެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ނުދެވިފައި އެތައް ދިވެހިންނެއް ތިބިކަން ނިހާނަށް ފަހުމު ނުވަނީ ކަމަށްވެސް ވެދާނެއެވެ.

މި ރާއްޖޭގެ އެކި ހިސާބުތަކުން ގްރޭޓަރ މާލެ އޭރިއާއަށް ރައްޔިތުން ޖަމާކޮށް، ދަތި ހާލުގައި އުޅެން ސަރުކާރުން މަޖުބޫރު ކުރާ ވާހަކައިގެ އަޑުތައް ހައްތަހާ ގަދަވަނީއެވެ. އެއީ ސީދާ މި ސަރުކާރުގައި އެކަނި ހިންގާ ސިޔާސަތެއް ނޫން ނަމަވެސް، ކުރު މުއްދަތެއްގައި އެ ސިޔާސަތަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މި ސަރުކާރުގައެވެ. ނިހާނަށް ބޮޑެތި އެޕާޓްމަންޓްތަކުގައި އުޅެވުނަސް، އަސާސީ ޚިދުމަތްތައް ހޯދަން މާލެއަށް އަންނަން ޖެހުނު ރައްޔިތުން އުޅެމުންދަނީ ކުދި އަލިފާން ފޮށި ވަރުގެ ގޮޅިތަކުގައެވެ. އެ ރައްޔިތުންނަށް އެ ނޫން ގޮތެއް ނެތީއެވެ.

ނިހާނުމެންގެ ޕާޓީން ބާއްވާ ޖަލްސާތަކަށް ޕިންކު ބުރުގާ އަޅައިގެން ޕާޓީ ދިދަ ހިފައިގެން ނުދިއުމުން ސަރުކާރާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދީފައި އެބަހުއްޓެވެ. ރައްޔިތު މީހާ އެމީހާ ތާޢީދު ކުރާ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުން، އެމީހާ ވަޒީފާއިން ވަކިކޮށްފައިވެސް އެބަހުއްޓެވެ. ފަހަރުގައި މި ކަންކަން ނިހާނުމެންނަށް ނުފެންނަނީ ކަމަށް ވެދާނެއެވެ.

ނިހާނު ވިދާޅުވެ ބައްލަވާށެވެ. ސަރުކާރަށް ބޯލަނބައިގެން، ނިހާނުމެން ފަދަ ސަރުކާރުގައި ނުފޫޒު ގަދަ ފަރާތްތަކުގެ ގާތުގައި އާދޭސް ކޮށްގެން މެނުވީ މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އެއްވެސް ކަމެއް އެބަ ކުރެވޭ ހެއްޔެވެ.

ނިހާނު އިންޑިއާއިން ބޭރު ކުރީމައި އިންޑިއާއަށް އާސަންދަ ކަނޑާލަން ވެސް ނިހާނުމެން ޕާޓީ ކުދިން އެބަ ގޮވައެވެ. އިންޑިއާގެ ދޮޅު ބިލިއަނާއި ގާތްކުރާ އާބާދީއަށް ރާއްޖެއިން އާސަންދައިގެ ޚިދުމަތް ނުދޭކަން އެކުދިންނަށް ނޭނގޭތީ ނިހާނުމެން ލަދު ނުގަންނަވަންތޯއެވެ. އެ ކުދިން އެ ބުނަނީ އިންޑިއާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ލިބޭ އާސަންދައިގެ ޚިދުމަތުގެ ވާހަކަ ކަމަށް ވާނަމަ ނިހާނު ވިސްނަވާށެވެ. އެއީ ދިވެހި ރައްޔިތުންނަށް ދެވޭ ހާދަހާވާ ބޮޑު އަނިޔާއެވެ.

ހަޤީޤީ ބުލީ ކުރުމަކީ މިއީ ނޫން ހެއްޔެވެ. ނިހާނުމެން ބުލީކުރާ ވާހަކަ ދެއްކީމައި އަންނަނީ ހިންޏެވެ.

އަދި އެއް ކަމެކެވެ. އަންގާރަ ދުވަހުގެރޭ މީޑިއާ އާއި ބައްދަލުކުރައްވައި އިންޑިއާއަށް ހެއްދެވި ނުހެއްދެވިއަށް ބަސް ވިދާޅުވެ، ޒާތްޒާތުގެ ތުހުމަތުތައް ކުރެއްވުމުންވެސް އިންޑިއާއިން އަޅާ ވެސް ނުލިއެވެ. ކަހާތަން ހިރުވައިވެސް ނުލިއެވެ. އިންޑިއާއިން ނިހާނު ބޭރުކުރުމަށް ފަހު ނިހާނަށް އިންޑިއާއިން ދެއްކީ އިގްނޯ ބޯޑެވެ. ނިހާނުގެ ލިސްޓުގައި ނިކަން ފަހަތުގައި އިންޑިއާ އޮތުމުން، އިންޑިއާއަށް ވަޑައިގަތުމުގެ މާބޮޑު ޝައުޤެއް ނެތުމުން، ދެއިރު ދެދަޅައަށް އިންޑިއާއަށް ނިހާނު ވަޑައިގަންނަވާއިރު، ފެންނަ ފެނުމަށް އިންޑިއާގެ ލިސްޓުގައި ނިހާނު ނުވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު