Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކިޑްސް ފުޓްބޯލް ފިއެސްޓާ

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

ފުވައްމުލަކުން ފަސް ސްކޫލަކުން 15 ޓީމެއް ވާދަކުރި

ލީވާން އަލީ
ލީވާން އަލީ | 1 އޮކްޓޯބަރު 2017 | އާދީއްތަ 14:11
މައިލޯ ކިޑްސް ފިއެސްޓާގެ

މައިލޯ ކިޑްސް ފިއެސްޓާގެ

ޏ އަތޮޅަކީ ވަކިން އޮންނަ އަތޮޅެކެވެ. އެ އަތޮޅުގައި އޮންނަ ހަމައެކަނި ރަށަކީ ފުވައްމުލަކެވެ. މިހާރު ސިޓީއެއްގެ ދަރަޖަ ދެވިފައިވާ އެ ރަށަކީ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ތިބޭ ރަށެކެވެ. އެ ރަށުގެ ކުދިބޮޑު އެންމެން ކުޅިވަރަށް ވަރަށް ފޯރި ހުރެއެވެ.

އެގޮތުން އެ ރަށުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކޮންމެ އަހަރަކު އެއްފަހަރު އެ ރަށުގައި ސޮކާ ވެޓްރެންސް އަދި މައިލޯ ގުޅިގެން ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާއެވެ. ފިއެސްޓާ މިފަހަރުވެސް އެ ރަށުގައި ފޯރިގަދަކަމާއެކު ވަނީ ބާއްވާ ނިންމާލާފައެވެ.

ފިއެސްޓާގައި މިފަހަރު ޖުމްލަ ފަސް ސްކޫލަކުން 15 ޓީމު ބައިވެރިވެފައިވާއިރު، މިފަހަރު އެންމެ ފާހަގަ ކޮށްލެވެނީ އަންހެން ޓީމުތައް ފުރަތަމަ ފަހަރަށް ފިއެސްޓާގައި ހިމެނުމެވެ. އެގޮތުން ކޮންމެ ސްކޫލަކުން ވެސް ވަނީ ފިއެސްޓާއަށް އަންހެން ޓީމެއް އެކުލަވާލާފައެވެ.

ފުވައްމުލަކުގައި ބޭއްވި ފިއެސްޓާގައި މިފަހަރު ޕްރީ ސްކޫލް ބައިން ޗެމްޕިއަންކަން ހޯދީ ހާފިޒް އަހުމަދު ސްކޫލެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކެންގަރޫ ކިޑްސްއާ ވާދަކޮށްގެންނެވެ.

ގްރޭޑް 1 ގެ ޗެމްޕިއަންކަން މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯދިއިރު، ރަނަރަޕްގެ މަގާމް ހޯދާފައިވަނީ ހާފިޒް އަހުމަދު ސްކޫލެވެ. ގްރޭޑް 3 ގެ ޗެމްޕިއަންކަން ފައިނަލުގައި މުހައްމަދު ޖަމާލުއްދީން ސްކޫލާ ވާދަކޮށް ހޯދީ ހާފިޒް އަހުމަދު ސްކޫލެވެ.

ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮކާ ވެޓްރެންސްގެ ޗެއާމަން އަލީ ޝަމީމް (ކޮޔަރު އައްޔަ) ވިދާޅުވީ، މައިލޯ ކިޑްސް ފިއެސްޓާގައި ބައިވެރިވާ ކޮންމެ ކުޅުންތެރިޔަކަށްވެސް ރަން މެޑަލް ލިބޭނެކަމަށާއި، ފިއެސްޓާ ނިމޭއިރު ކޮންމެ ކުއްޖެއްގެ ކަރުގައިވެސް މެޑަލް އޮންނާނެ ކަމަށެވެ.

ކޮޔަރު އައްޔަ ވިދާޅުވީ، ފުވައްމުލަކުގައި ބޭއްވުނު ފިއެސްޓާގައި ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ކުޅުމާއި، އެ ކުޅުންތެރިން ދެއްކި ހުނަރު ހައްގުވަނީ ބެލެނިވެރިންނަށް ކަމަށެވެ. އެގޮތުން އެ ބެލެނިވެރިން ކުޅުންތެރިން ދަނޑަށް ގެނެސް، އެ ކުޅުންތެރިން އެއް ތަނުން އަނެއްތަނަށް އުފުލާ ދެއްކި ހިތްވަރަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ގްރޭޑް 1 އަދި 2 ގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒާ ޝާމިލާ އަބްދުލް މަޖީދު ބުނީ، ފިއެސްޓާ އަށް ނިކުތީ އެންމެ ހަފްތާއެއްގެ ތަމްރީންތަކާ އެކުގައި ކަމަށާއި، އެހާމަދުން ފަރިތަކުރުންތަކެއް ކުރިޔަށް ގެންދެވުމުން ހިންހަމަ ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ފިއެސްޓާ އިން ޓީމުތައް ނެރުނު ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ.

ޝާމިލާ ބުނީ، ފިއެސްޓާފަދަ ފުޓުބޯޅައިގެ އީދެއް ފުވައްމުލަކުގައި ބޭއްވުމަކީ ކުދިންނަށް އެ ކުޅިވަރުން ކުރިޔަށް ދިޔުމަށް ލިބޭ ހިތްވަރެއް ކަމަށާއި، އެހެން ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ ކޯޗުން ލިބުން ދަތިވުން ކަމަށެވެ. އެގޮތުން އޭނާ ބުނީ މިފަހަރު ޓީމު ނެރުނީ އަމިއްލައަށް ކަމަށާއި، ކޯޗުން ގެންނަންވެސް އުނދަގޫ ކަމަށެވެ.

ސޮކާ ވެޓްރެންސް އިން އަންނަނީ އަތޮޅު ތެރޭގައި އެ ޖަމިއްޔާ އިން ހިންގަމުން އަންނަ ކިޑްސް ފިއެސްޓާ ބާއްވަމުންނެވެ. އެގޮތުން މި އަހަރު ތެރޭގައި ގދ އަތޮޅުގައި ފިއެސްޓާއެއް ބާއްވާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު