Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޭ ކަޕް ފުޓްސަލް ޓޯނަމެންޓް

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް ތުނޑި ހައުސްކީޕިން އިން ވަނީ ހޯދާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 15:10
ތުނޑި ހައުސް ކީޕިން ޑިޕާޓްމެންޓްގެ ސަޕޯޓަރުން އުފާފާޅުކުރަނީ

ތުނޑި ހައުސް ކީޕިން ޑިޕާޓްމެންޓްގެ ސަޕޯޓަރުން އުފާފާޅުކުރަނީ

ކޮންމެ އަހަރަކުވެސް ކުރަމަތި ރިސޯޓުން އިންތިޒާމު ކޮށްގެން އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ކޭ ކަޕް ފުޓްސަލް ޓޯނަމެންޓަކީ ފާހަގަ ކޮށްލެވޭ މުބާރާތެކެވެ. މި މުބާރާތް ބާއްވަމުން އަންނަތާ 11 އަހަރު ވެފައިވާއިރު، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މުބާރާތް އެތައް ގޮތަކުން ތަފާތެވެ.

މިފަހަރު ބޭއްވުނު ކޭ ކަޕް ފުޓްސަލް ޓޯނަމެންޓްގައި ބައިވެރިވީ 12 ޓީމެވެ. މުބާރާތް ކުރިޔަށް ދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.. ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު ގަދަ ދެޓީމު ކުއާޓާގައި ވާދަކުރާއިރު، އެ މެޗުތަކުން މޮޅުވާ ޓީމުތައް ކުޅުނީ ސެމީގައެވެ. އަދި އެއަށް ފަހު ކުޅުނީ ފައިނަލެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ މިދިޔަ އަހަރުވެސް މުބާރާތް ކާމިޔާބު ކުރި ތުނޑި ހައުސް ކީޕިން ޖޫނިއާސް އަދި މުބާރާތުގެ ފައިނަލަށް މުޅިން އަލަށް ދަތުރުކުރި އައިލޭންޑް ޗެލެންޖާސް އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފް ފެށިގެން ލަނޑު ޖަހާ ލީޑު ނެގީ އައިލޭންޑް ޗެލެންޖާސް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް މުހައްމަދު (އެޑަމް) އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ތުނޑި ހައުސްކީޕިން ޖޫނިއާސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާހިދް އިބްރާހިމް އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން މާހިދް ފޮނުވާލި ހަމަލާ ގޯލަށް ވަނީ އައިލޭންޑް ޗެލެންޖާސް ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފަށް ތުނޑި ހައުސްކީޕިން ޖޫނިއާސް ނިކުތީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ފަހަތުން އަރާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މާހިދު އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން މާހިދު ފޮނުވާލި ހަމަލާ ގޯލު ތެރެއަށް ވަނީ އައިލޭންޑް ޗެލެންޖާސް ކީޕަރު އަތްދަށުންނެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް ހަސަން ނަވާޒް ވަނީ ތުނޑި ހައުސް ކީޕިން ޖޫނިއާސް އަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި ލަނޑު މާހިދު ތަނަވަސްކޮށްދިން ފުރުސަތަކުން ނަވާޒް ކާމިޔާބު ކުރީ މުޅިން ހުހަށް އޮވެއެވެ. ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މާހިދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

އައިލޭންޑް ޗެލެންޖާސް އިން ނަތީޖާގެ ފަރަގު ކުޑަކުރީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އެޑަމް ޖެހި ލަނޑަކުންނެވެ. މި ލަނޑަށް ފަހު އައިލޭންޑް ޗެލެންޖާސް އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން ފަހު މިނެޓުގައި އެޓީމުން ވަނީ އެއް ލަނޑަށް ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ވަސީމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ މާހިދު އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހެދުމުގެ އިތުރުން އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ އައިލޭންޑް ޗެލެންޖާސްގެ އާދަމް މުހައްމަދު، ބުރަފަތީގެ އަބްދުﷲ ރަޝީދް، މެއިން ހައުސް ކީޕިންގެ އަހުމަދު މުފީދް، ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ ހަސަން ނަވާޒް އަދި ހަމަ އެޓީމުގެ މާހިދު އިބްރާހިމް އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނު ފަރާތްތަކަށް ކުރަމަތި މެނޭޖްމަންޓުން 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އީވޯ ހޯމް އިން ވަނީ 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ދީފައެވެ. މީގެއިތުރުން ރެކްރިއޭޝަން ކްލަބުން ސެޓިފިކެޓެއް ދީފައިވާއިރު، ސްޕޮންސަރުންގެ ފަރާތުން ގިފްޓްޕެކެއް ވެސް ވަނީ ދީފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ އަހުމަދު އީސާ އެވެ. އޭނާ އަށް ކުރަމަތި ރިސޯޓުން 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އީވޯ ހޯމް އިން 7،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ވަނީ ދީފައެވެ. ސްޕޮންސަރުންގެ ގިފްޓް ޕެކް އާއި ޓްރޮފީ އަދި ސެޓްފިކެޓް އަހުމަދު އީސާ އަށް ލިބިފައިވާއިރު، ގޯ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވަނީ އިންޑިއާ ދެކޮޅު ޓިކެޓެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑި ހައުސްކީޕިން ޖޫނިއާސްގެ ހަސަން ނަވާޒް އެވެ. އޭނާ އަށް ކުރަމަތި ރިސޯޓުން 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އީވޯ ހޯމް އިން 7،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ވަނީ ދީފައެވެ. ސްޕޮންސަރުންގެ ގިފްޓް ޕެކް އާއި ޓްރޮފީ އަދި ސެޓްފިކެޓް ނަވާޒް އަށް ދީފައިވާއިރު، އޭނާ އަށް ޔުނިވާސަލް ޓްރެވެލް ސާވިސްގެ ފަރާތުން ވަނީ ލަންކާ ދެކޮޅު ޓިކެޓް އިނާމެއް ގޮތުގައި ދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ތުނޑި ހައުސް ކީޕިން ޖޫނިއާސްގެ އިގްބާލް އަބްދުލް ގައްޔޫމް އެވެ. އޭނާ އަށް ކުރަމަތި ރިސޯޓުން 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އީވޯ ހޯމް އިން 7،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ވަނީ ދީފައެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގިފްޓް ޕެކް އާއި ޓްރޮފީ އަދި ސެޓްފިކެޓް އިގްބާލް އަށް ވަނީ ލިބިފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ އަށް ދިޔަ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

ކުރަމަތި ސްޓާފުން މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތް އަންނަ އަހަރުވެސް ވަރުގަދަކޮށް ގެންނާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ކަޕް- އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން

ބަންޑާރަ ކަޕް- އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން

06 މާރިޗު 2022
ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

06 ޖޫން 2021
ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް، މިވީ ކިހިނެއް؟

ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް، މިވީ ކިހިނެއް؟

03 ސެޕްޓެމްބަރު 2020
ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

26 އެޕްރީލު 2019
ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު