Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

ބޭލް އަނބުރާ ޓޮޓެންހަމަށް ބަދަލުވުން ނާދިރު: އޭޖެންޓް

ރެއާލްއާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2020 | ހޯމަ 17:33
ގެރެތު ބޭލް

ގެރެތު ބޭލް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް، ކުރީގެ ކްލަބު ޓޮޓެންހަމް ހޮޓްސްޕާސްއަށް ބަދަލުވުން ނާދިރު ކަމަށް އޭނާގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޭލް ގެންދިޔުމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވެއެވެ. އަދި މި ސީޒަން ނިމުމުން ބޭލްއަށް ޓޮޓެންހަމުން ބިޑްކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު، 2022 ގެ ނިޔަލަށް އާކޮށްފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ރެއާލްގެ ވެރިން ބޭލް އާއި މެދު ހިތްހަމަނުޖެހި އޭނާ ވިއްކާލަން އުޅުނު ކަމަށް އަޑުފެތުރުނެވެ. ރެއާލްގެ ވެރިން ބޭލް އާއި މެދު ހިތްހަމަނުޖެހުނީ ވޭލްސްގެ ޔޫރޯ ކޮލިފިކޭޝަން މެޗަކަށްފަހު އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. އެއަށްފަހު ފްރީ ސީޒަން ބައެއް މެޗުތަކުގައި ބޭލް ހިމަނާފައެއްވެސް ނުވެއެވެ.

އެކަމަކު އޭގެ ފަހުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބޭލްގެ ދިފާއުގައި ވާހަކަދައްކާފައެވެ. ޒިދާން ބުނީ އޭނާއާ ބޭލްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ބޭލްއަކީ އެޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ބޭލް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކުރަމުންދާއިރު، ދާދި ފަހުން ބޭލްގެ އޭޖެންޓް ބުނީ އޭނާ އެނބުރި ޓޮޓެންހަމަށް ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެގޮތުން މިވަގުތު ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، އއެހެން ޓީމަކަށް ބަދަލުވުމާއި މެދު ގޮތެއް ނިންމާލީ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށްވެސް ބުންޏެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 246 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު، ކްލަބު ވޯލްޑް ކަޕް ތިން ފަހަރު، ސްޕެނިޝް ލީގު އެއް ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު