Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

ޔުނައިޓެޑުން އަންނަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލްގެ ސޮއެ ހޯދުމަށް މަސައްކަތް ކުރަމުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 14 މެއި 2017 | އާދީއްތަ 19:03
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

ސްޕެއިންގެ ގަދަ ބާރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށާފައި ވާކަމަށް މީޑިއާ ރިޕޯޓަތަށް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއެއް ކަމަށްވާ "ޑިއާރިއޯ ގޮލް" އާއި ހަވާލާދީ "ގޯލް ޑޮޓްކޮމް" ގައި ޝާއިރުކޮށްފައިވާ ލިއުމެއްގައި ވަނީ، އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ބޭލްގެ އޭޖެންޓާއި މިހާރު މަޝްވަރާތަށް ފައްޓާފައި ވާކަމަށެވެ.

އެގޮތުން އެކުލަބުން ތައްޔާރުވަމުން އަންނަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލް ގެންދިއުމަށް ކަމަށްވެސް ގޯލް ޑޮޓްކޮމް އިން ވަނީ ބުނެފައެވެ.

މިސީޒަނުގެ ބޮޑު ބައެއް އަނިޔާގައި ހުންނަން ޖެހުނު ބޭލްއަށް މިހާތަނަށް ކުޅެވިފައިވަނީ 30 މެޗެވެ. އަދި މިސީޒަނުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ 12 ގޯލެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ބޭލްއަށް ގެއްލިފައިވާއިރު، އޭނާގެ ބަދަލުގައި ކޯޗް ޒިދާން އަންނަނީ ޒުވާން ކުޅުންތެރިޔާ އިސްކޯއަށް ފުރުސަތު ދެމުންނެވެ.

2014 ވަނަ އަހަރު ޓޮޓެންމަހް ހޮޓްސްޕާއިން، ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ، ބޭލް ވަނީ މިހާތަނަށް ރެއާލްއަށް 54 ގޯލު ކާމިޔާބު ކޮށްދީފައެވެ. އެޓީމާއިއެކު އޭނާ ވަނީ ކޮޕާ ޑެލްރޭ، ފީފާ ކްލަބް ވޯލްޑްކަޕް، ޔޫއެފާ ސުޕަރ ކަޕް، އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.

ބޭރުގެ ގިނަ މީޑިއާތަކަކުން އަނަންނީ، މިއީ ބޭލް އެނބުރި ޕްރިމިއާ ލީގަށް ދާންވީ ދަނޑިވަޅު ކަމަށްވެސް ބުނަމުންނެވެ. ކުރިން ރެއާލްއަށް ކޯޗުކަން ކޮށްދީފައިވާ ހޯސޭ މޮރީނިއޯ ގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނައިރު، އެޓީމުން އަންނަނީ، ފްރާންސްގެ ފޯވާޑް ގްރީޒްމަން ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު