Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017 | ބުރާސްފަތި 14:33

ރެއާލް އަށް މި ސީޒަނުުގައި އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފަ

ލީވާން އަލީ
ލީވާން އަލީ | 13 އެޕްރީލު 2017 | ބުރާސްފަތި 14:33
ރެއާލްގެ ވިންގާ ގެރެތު ބޭލް

ރެއާލްގެ ވިންގާ ގެރެތު ބޭލް

އަންނަ ހަފްތާގައި އޮންނަ އެލްކްލެސިކޯ މެޗަށް ރެއާލް މެޑްރިޑްގެ ވޭލްސް ވިންގާ ގެރެތު ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ރެއާލް ކުރިހޯދި މެޗުގެ ދެވަނަ ހާފްގައި ބޭލް ބަދަލުކޮށްފައިވާއިރު، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ބޭލް ބަދަލުކުރަން ނިންމީ އެންކަލް އަނިޔާއެއްގެ މައްސަލަ ދިމާވެގެން ކަމަށެވެ.

އެގޮތުން ޒިދާން ބުނީ ކުރިޔަށް މުހިންމު މެޗުތަކެއް ހުރުމާއެކު އިތުރު ރިސްކެއް ނަގަން އޭނާ ބޭނުންނުވުމުން ބޭލްގެ ބަދަލުގައި މާކޯ އެސެންސިއޯ ކުޅެން އެރުވީ ކަމަށެވެ. މީގެއިތުރުން ޒިދާން ބުނީ ބޭލްގެ އަނިޔާ ސީރިއަސްވާނެ ކަމަށް އޭނާ ނުދެކޭ ކަމަށާއި، އެހެންނަމަވެސް ގޮތެއް ނިންމޭނީ ޓެސްޓުތަކަށްފަހު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބޭލްގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. އެގޮތުން ބާސާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗަށް އޭނާ ފިޓްވާނެ އެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލުމަށް ފަހު 2013 ވަނަ ރެއާލް މެޑްރިޑާ ގުޅުނު ބޭލް އަންނަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް މިވީތަނަށް ކުޅުނު 148 މެޗުގައި 67 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފާއިތުވެދިޔަ ހަތަރު ސީޒަނުގައި އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ކޮޕާޑެލްރޭ، ފީފާ ކްލަބް ވޯލްޑްކަޕް އަދި ޔުއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ވޭލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ވަނަ އަހަރުއްސުރެ މެދުނުކެނޑި ހަ ފަހަރު ކާމިޔާބުކޮށްފައިވާ ބޭލް ވަނީ މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ސީޒަނުގެ ބައެއް މެޗުތައް ވެސް އޭނާ އަށް ވަނީ އަނިޔާގެ ސަބަބުން ގެއްލިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް