Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮރޯނާވައިރަސް

ސާސް ރޯގާގައި މަރުވި މީހުންނަށްވުރެ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

އާދިއްތަ ދުވަހާ ހަމައަށް ޗައިނާގައި އެކަނި ކޮރޯނާ ވައިރަސް ޖެހިގެން 361 މީހަކު މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2020 | ހޯމަ 14:48
ކޮރޯނާ ވައިރަސްޖެހިފައިވާ މީހަކަށް ފަރުވާދެނީ

ކޮރޯނާ ވައިރަސްޖެހިފައިވާ މީހަކަށް ފަރުވާދެނީ

2000 ގެ ކުރީ ކޮޅުގައި ޗައިނާގައި ހަލުވިކަމާއެކު ފެތުރުނު ސާސް ރޯގާއަށްވުރެ ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ޗައިނާގެ ހުރިހާ ސިޓީއަކަށް ފެތުރި ދުނިޔޭގެ 24 ގައުމަކުން މި ވައިރަސް ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

އާދިއްތަ ދުވަހާ ހަމައަށް ޗައިނާގައި އެކަނި ކޮރޯނާ ވައިރަސް ޖެހިގެން 361 މީހަކު މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ އިރު، ސާސް ރޯގާއާއި ގުޅިގެން ޗައިނާއިން މަރުވެފައިވަނީ 349 މީހުންނެވެ. ކޮރޯނާވައިރަސް 17200 މީހުން މިހާތަނަށް ޖެހިފައިވާކަން ކަށަވަރުކުރެވިފައިވާ އިރު، މިއީ 2003 ވަނަ އަހަރު ސާސް ރޯގާ ފެތުރުނު އިރު އެ ބަލި ޖެހުނު މީހުންނަށްވުރެ އިތުރު އަދަދެއްކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް 361 މީހަކު ކޮރޯނާވައިރަސްގައި މަރުވެފައިވާ އިރު، ޗައިނާއިން ހާމަކޮށްފައިވަނީ މި ވައިރަސް ޖެހުނު 480 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަ ކަމަށާއި، މި ވައިރަސް ޖެހުނު މީހުންގެ 6 އިންސައްތަ މީހުން މަރުވި ނަމަވެސް، އެ ހާލަތު މިހާރު ބަދަލުވެގެން އަންނަ ކަމަށެވެ.

މުޅި ޗައިނާއަށް މި ވައިރަސް ފެތުރިފައިވާ އިރު، ވައިރަސްގެ އަސަރު ހުރި މީހުން 24 ގައުމަކުން ވަނީ ފެނިފައެވެ. މި ވައިރަސްއާ ދެކޮޅަށް ޗައިނާއިން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންއަންނަ އިރު، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް އެ ސިޓީން ބޭރަށް ދިއުމާއި ވަނުން ވެސް މަނާކޮށްފައެވެ. މީގެ އިތުރުން މި ވައިރަސް އަށް ހާއްސަކޮށްގެން ހޮސްޕިޓަލް ވެސް ވަނީ އަޅާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނާއި، ސިވިލްއޭވިއޭޝަން އަދި ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ވަނީ ކޮރޯނާވައިރަސްގައި މަރުވާ މީހުން ވަޅުލުމަށް ޖަނާޒާ ނުބާއްވާ ވީހާވެސް އަވަހަކަށް ހަށިގަނޑު އަންދާލުމަށް ގައިޑްލައިނެއް ނެރެފައެވެ.

މި ވައިރަސްގައި ޗައިނާއިން ބޭރު ގައުމެއްގައި މީހަކު މަރުވެފައިވަނީ ފިލިޕީންސްގައެވެ. އަދި ޑަބްލިއުއެޗްއޯ އިން ވަނީ ކޮރޯނާވައިރަސް އަކީ ބައިނަކްއަގުވާމީ ސިއްހީ ކާރިސާއެއްކަމަށް ކަނޑައަޅާ ހޮނިހިރު ދުވަހު އިއުލާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު