Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިޔާސީ ބަޔާން

ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަނީ

ޤައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން ލޯން ސްކީމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2020 | ހޯމަ 09:24
އައިއޯއައިޖީގައި ދިވެހި ކުޅުންތެރިން

އައިއޯއައިޖީގައި ދިވެހި ކުޅުންތެރިން

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކޮށް މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތަޢާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ ޢުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ކާމިޔާބު އަހަރެއް ކަމަށެވެ. ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމްލަ 46 މެޑަލް ރާއްޖެއަށް ލިބުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑެއްޔަކީ، އެ ކުޅިވަރު މުބާރާތުގެ ތާރީޚުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ މެޑެލް ކަން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
13 މެއި 2017

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

13 މެއި 2017
ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު