Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މާޒިޔާ ވަނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައި

| 26 އެޕްރީލު 2017 | ބުދަ 02:30
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބުނީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، ހުރިހާ ޝުކުރެއްވެސް އަދާ ކުރަން ބޭނުންވަނީ ޓީމުގެ ކުޅުންތެރިންނަށް ކަމަށް މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެކުލޮވްސްކީ ބުނީ މުޅި މެޗުގައިވެސް ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

އެގޮތުން އޭނާ ބުނީ މާލޭ ލީގުގައި ހަފްތާއަކު ދެ މެޗު ކުޅޭ ހަމައެކަނި ޓީމަކީ މާޒިޔާ ކަމަށާއި، އެހެން ޓީމުތައް މެޗެއް ކުޅެން ޖެހެނީ 10 ދުވަސް ނުވަތަ 12 ދުވަސް ތެރޭގައި އެއް މެޗު ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ހަފްތާއަކު ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗަކީ އޭއެފްސީކަޕް މެޗަކަށްވުމުން ދަތިތަކެއްވެސް ކުރިމަތިވާ ކަމަށެވެ.

ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައި ޓީމު ދެއްކި ކުޅުމަށް ބަލަން ބޭނުންނުވާ ކަމަށް ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ މެޗު ނިމުނު އިރު 0-1 ގެ ނަތީޖާއަކުން ލީޑުގައި އޮވެ މެޗު ކާމިޔާބުކުރީ މާޒިޔާ ކަމަށާއި، އެކަމާ އުފާވާ ކަމަށެވެ.

ސެކުލޮވްސްކީ ބުނީ މެޗަށް ޓީމު ނިކުތީ ކަލްކަތާއިން ފުރައިގެން އައިސް ރަނގަޅު ރެސްޓެއް ނުލިބި ކަމަށާއި، ރާއްޖެއަށް ދަތުރުކުރުމުގައިވެސް އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ކުޅުންތެރިން މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.

މާޒިޔާ ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. މާޒިޔާ ވިކްޓްރީއާ ދެކޮޅަށް ނިކުތީ އިންޑިއާގެ ކަލްކަތާގައި މޯހަން ބާގަން ބަލިކުރުމަށްފަހު އެނބުރި އައިސް ދެ ދުވަހެއްގެ ފަރިތަކުރުމަށްފަހުއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު