Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ޔޫތު ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ ކޮރެއާގައި

ލީވާން އަލީ
ލީވާން އަލީ | 30 އެޕްރީލު 2017 | އާދީއްތަ 18:40
މިނިސްޓަރު އިރުތިޝާމް ޔޫތު ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެއްވަނީ

މިނިސްޓަރު އިރުތިޝާމް ޔޫތު ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެއްވަނީ

މެއި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި އާދިއްތަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި ޖުމްލަ 12 ކުޅުންތެރިން ވަނީ ހިމަނާފައެވެ.

ރާއްޖެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ އައިޝަތު ލޫނާ މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން ވިދާޅުވީ މި މުބާރާތަށް ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް، ޓީމުގެ ކުޅުންތެރިން މި މުބާރާތަށް ތައްޔާރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އަދި މި މުބާރާތުގެ ޓާގެޓަކީ ރާއްޖޭގެ ރޭންކިންގ މަތިކޮށް މުބާރާތުގެ ރަނގަޅު ހިސާބަކަށް ދިޔުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ 6 އިން 13 އަށް ދެކުނު ކޮރެއާގެ ޖިއޮންޖޫގައެވެ.

މުބާރާތުގައި އޭޝީއާގެ 10 ގައުމަކުން ވާދަކުރާނެއެވެ. އަދި މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ދެ އަމްޕަޔަރުންނަން ވަނީ ފުރުސަތު ލިބިފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ ރިލްވާން އާދަމާއި ނަބީލް އިބްރާހިމަށެވެ. ރިލްވާން އާދަމަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު