Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

މާޒިޔާއިން ވަނީ ފުރަތަމަ ބުރުގެ ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 14:34
މާލެ ލީގުގެ ޕްރެސް ކޮންފަރެންސް އެއްގެ ތެރެއިން

މާލެ ލީގުގެ ޕްރެސް ކޮންފަރެންސް އެއްގެ ތެރެއިން

ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފުރަތަމަ ބުރު ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، ހުރިހާ ށުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށް މާޒިޔާގެ ކޯޗް މާޔަން ސެކުލޮސްކީ ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ހުކުރު ދުވަހުގެ ރޭ ޓީސީ އަތުން ހޯދި މޮޅާއެކު، ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފުރަތަމަ ބުރު ނިންމާލުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުނެފައިވަނީ، މެޗުގައި ކުޅުންތެރިން ކުޅެމުން ދިޔައީ ވަރަށް ވަރުބަލިކޮށް ކަމަށާއި، އެހެން ނަމަވެސް ޓީސީ އަތުން 3-0 ގެ ނަތީޖާއެއް ނެރެވުން ކުޅުންތެރިން ކުރި ބުރަ މަސައްކަތް ހާމަވެގެން ހިންގައްޖެ ކަމަށެވެ. އެހެންކަމުން މެޗުގައި މި ލިބުނު ނަތީޖާގެ ހުރިހާ ޝުކުރެއްވެސް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށްވެސް ކޯޗް ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޯޗު ބުނީ މާޒިޔާ އާއި ދެކޮޅަށް ކުޅެން ޖެހުމަކީ ހަގީގަތުގައި ލީގުގެ ކޮންމެ ޓީމަކަށްވެސް ލިބޭ އެޑްވާންޓޭޖެއް ކަމަށާއި، ސަބަބަކީ މާޒިޔާ އާއި ހިލާފަށް އެހެން ކޮންމެ ޓީމަކަށްވެސް ކުރިއަށް އޮންނަ މެޗަށް ތައްޔާރުވުމަށް ވަގުތު ލިބޭތީ ކަމަށެވެ. އެގޮތުން ކޯޗު ބުނީ ލީގުގައި މެޗެއް ނުކުޅެ ދެ ހަފްތާވަރު ލިބޭ ޓީމުތަށްވެސް އެބަ ތިބި ކަމަށާއި ނަމަވެސް މާޒިޔާއަށް ދެ ހަފްތާތެރޭގައި 4 މެޗު ކުޅެން ޖެހޭ ފަހަރުވެސް އަންނަ ކަމަށެވެ.

މާލެ ލީގާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅެމުން އަންނައިރު އެޓީމަށް، ފުލުފުލު ގައި މެޗުތަށް ހުރުމުން ކޯޗު ސެކުލޮސްކީ އަންނަނީ ތަކުރާރުކޮށް އެވާހަކަ ފާހަގަ ކުރަމުންނެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންނަށް ފުރިހަމައަށް އަރާމުކުރަން ފުރުސަތު ނުލިބޭތީ ކޯޗް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

100 ޕަސެންޓް މޮޅާއިއެކު ފުރަތަމަ ބުރު މިންމާލިއިރު މާޒިޔާއިން އެއްވަނާގައި އޮތީ 21 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ތިން ވަނާގައި 13 ޕޮއިންޓާއެކު މުޅިން އަލަށް ލީގަށް ކޮލިފައިވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީން ސްޓްރީޓް އޮތް އިރު، ހަތަރު ވަނާގައި އޮތީ 10 ޕޮއިންޓާއެކު އީގަލްސް އެވެ. 5 ވަނާގައި އޮތް ޓީސީއަށް އީގަލްސް އާއި އެއްވަރަށް ޕޮއިންޓް ލިބިފައި ވީ ނަމަވެސް އީގަލްސް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މާލެ ލީގުގެ ފުރަތަމަ ބުރު ފުރުހަމަ ކަމާއެކު ނިންމާލި އިރު މާޒިޔާއަށް ކުރިއަށް އޮތް ދެ މެޗަކީވެސް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ދެ މެޗެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑާ ދެކޮޅަށް ނިކުންނަން ޖެހޭއިރު މިމަހުގެ 31 ވަނަ ދުވަހު އެޓީމުން ނިކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު