Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޯބީ ބްރަޔަންޓް

ކޯބީގެ މަރަށްފަހު އެލްއޭ ލޭކަރސްގެ ފުރަތަމަ މެޗް، ގިނަ ޓްރިބިއުޓްތަކެއް

ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓް މަރުވެފައިވަނީ ޖެނުއަރީ 26 ގައި، އޭނާގެ ދަރިފުޅި ޖިއާނާ އާއި އިތުރު ހަތް މީހުންނާއެކު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2020 | ހޮނިހިރު 07:38
ލެބްރޯން ޖޭމްސް އާއި ލޭކަރސްގެ ބައެއް ކުޅުންތެރިން

ލެބްރޯން ޖޭމްސް އާއި ލޭކަރސްގެ ބައެއް ކުޅުންތެރިން

ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓް, 41, ހޯމާ ދުވަހު މަރުވެފައިވާއިރު، ފޭނުން އަދިވެސް ދަނީ ހިތާމަފާޅު ކުރަމުންނެވެ.

މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، އޭގެތެރޭގައި ކޯބީގެ 13 އަހަރުގެ ދަރިފުޅު، ޖިއާނާ އާއި އިތުރު ހަތް މީހަކު ހިމެނެއެވެ.

އުމުރުން އެންމެ 18 އަހަރުގައި އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލާ އެސޯސިއޭޝަން (އެންބީއޭ)އަށް ޑްރާފްޓްވި ކޯބީ 38 އަހަރުގައި ރިޓަޔަރ ކުރިއިރު، އޭނާގެ މުޅި ބާސްކެޓްބޯޅަ ހަޔާތް ހޭދަކޮށްފައިވަނީ އެލްއޭ (ލޮން އެންޖަލިސް) ލޭކަރސްއާއެކުއެވެ. އަދި އޭނާގެ އެހީތެރިކަމާއެކު ލޭކަރސްއިން ފަސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ދެ ފަހަރު މަތިން އެންބީއޭ ފައިނަލްސްގެ އެމްވީޕީކަމަށް ހޮވިފައެވެ. އަދި 2008 ވަނަ އަހަރުގެ މުޅު އެންބީއޭގެ އެމްވީޕީއަށް އޭނާ ހޮވުނެވެ.

ކޯބީ މަރުވުމަށްފަހު އޮތް ފުރަތަމަ ގޭމް ލޭކަރސްއިން ފަސްކޮށްފައިވާއިރު، ޕޯޓްލޭންޑް ޓްރެއިލް ބްލޭޒަރސްއާ ދެކޮޅަށް އެ ޓީމުން ވަނީ ހުކުރު ދުވަހު ނިކުމެފައެވެ. މި މެޗް ބްލޭޒަރސް އިން ކާމިޔާބުކުރީ، 127 – 119 ގެ ނަތީޖާއަކުންނެވެ.

އަދި މިއީ ކޯބީގެ މަރަށްފަހު ލޭކަރސްއިން ކުޅުނު ފުރަތަމަ މެޗަށްވާއިރު، މެޗްގެ ކުރިން އޭނާއަށް ގިނަ ޓްރިބިއުޓްތަކެއްވެސް ދީފައިވެއެވެ.

އެގޮތުން، އެލްއޭ ލޭކަރސްގެ މިހާރުގެ އެމްވީޕީ އަދި ކޯބީ މަރުވުމުގެ އެއް ދުވަސް ކުރިން އޭނާގެ ސްކޯގެ ރިކޯޑް މުގުރާލި ލެބްރޯން ޖޯންސްވަނީ ކޯބީ ހަނދާނުގައި ވާހަކަދައްކާފައެވެ.

ލެބްރޯންގެ ވާހަކައަށްފަހު 24.2 (24 – ކޯބީގެ ޖަރޒީ ނަންބަރު އަދި 2- ޖިއާނާގެ ޖަރޒީ ނަންބަރު) ސިކުންތުގެ ސުކޫތެއް ނަގާފައިވެއެވެ. އަދި ލަވކިޔުންތެރިޔާ އަޝަރ ވަނީ ކޯބީގެ ހަނދާނުގައު "އެމޭޒިންގ ގެރޭސް" ކިޔާފައެވެ.

ކޯބީއާއި ޖިއާނާ ލޭކަރސްގެ ގިނަ މެޗްތައް ބަލަން ސްޓޭޑިއަމްއަށް ގޮސްފައިވާއިރު، ދެ މީހުން އެންމެ ފަހުން ދިޔަ މެޗްގައި އިށީނދެ ތިބި ގޮނޑީގައި މާތަކެއް އަތުރާފައު ހުއްޓެވެ. ދެ މީހުންގެ ޖަރޒީ ނަންބަރާ އެކުއެވެ.

ޖިއާނާ އަކީ ބައްޕަގޮތަށް ބާސްކެޓްބޯޅައަށް ލޯބިޖެހިފައިވާ ކުއްޖަކަށްވާއިރު، ކޯބީ ލެގަސީ ކުރިއަށް ގެންދާނީ އޭނާކަމަށް ކޯބީ އިންޓަވިއުތަކުގައި ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ މެޗް ބަލަން 20،000 މީހުން ވަނީ ސްޓޭޕަލްސް ސެންޓަރު ފުރާލާފައެވެ.

ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި ކޯބީ މަރުވި ހަބަރާއެކު، އޭނާއާއި އަންހެނުން ވެނެއްސާ އެކީގައި ހެލިކޮޕްޓަރުގައި ދަތުރު ނުކުރުމަށް އެއްބަސްވެފައިވާކަމުގެ ރިޕޯޓްތައް ފެތުރުނެވެ. ނަމަވެސް، ކޯބީގެ އާއިލާއިން ވަނީ މިވާހަކަ ދޮގުކޮށް ބަޔާނެއް ނެރެފައެވެ. ކޯބީ އާއި ވެނެއްސާގެ އިތުރު ތިން ކުދިން ތިބެއެވެ. އެއީ، ނަތާލިއާ، ބިއަންކާ އަދި ކެޕްރި ކޯބީ ބްރަޔަންޓްއެވެ.

ވެނެއްސާވެސް ވަނޫ ސްޓޭޕަލްސް ސެންޓަރގެ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ޝެއާކޮށްފައެވެ. އަދި ކެޕްޝަންގައި ޖަހާފައިވަނީ "2 ނަންބަރު ނުލާ 24 އެއް ނުވާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު