Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް ޖަލްސާ

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ 1.22 ބިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ އަމަލެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 16:12
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ސަރުކާރަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގައި ކުރާ ހުރިހާ ކަމެއް ބެލުމުގެ ގާބިލްކަން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ވ. އަތޮޅު ފުލިދޫ އިން ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމެއްގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވުމަކީ މި ސަރުކާރުން ނުހަނު ލަދުގަންނަ، އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަހަލަ ކަންކަން ހިނގުމުން ފިޔަވަޅު އެޅުމުގެ ގާބިލްކަން މިސަރުކާރުގައި އެބަ ހުރި ކަމަށް އެމަނިކާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް މީގެ ކުރީ ސަރުކާރުތަކުން، އެ ސަރުކާރުތަކުގައި ހިނގާދިޔަ ކޮރަޕްޝަނުގެ އަމަލުތަކުގައި ފިޔަވަޅު އެޅިފައިވޭތޯ ރައީސް ވަނީ ސުވާލު އުފައްދާފަ އެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިނގާކަން ބަލައިގަންނަ ކަމަށާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައިން ގެއްލިދިޔަ ފައިސާ ހޯދުމަކީ އެންމެ ބޮޑު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮއްގެން ކުރަންފެށި ކަންކަމަކީ މި ޖީލުން ފެށި މަސައްކަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ކުރީގެ ސަރުކާރުތަކުން ފެށިގެން ވެސް ހިނގަމުން އައި ކަމެއް ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި އޮތް ނަމަ މި ސަރުކާރުގައި ވެސް އެފަދަ ބޮޑެތި ކޮރަޕްޝަންތައް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެހެން ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރަށް ނުބެލެނީ އެއީ އަސާސްތަކެއް ނެތް ތުހުމަތުތަކަކަށް ވާތީ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ގައުމަށް އަވަސް ތަރައްގީތައް ގެނައުމަށް ކަމަށާއި، އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކަކީ މިސަރުކާރުން ފެށުނު ކަމެއް ނޫން ކަމަށާއި އެއީ މީގެ ކުރީ ސަރުކާރުތަކުގައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ އެހެން ނަމަވެސް އެކަމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވިއަސް އެކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ ކަންކަމުގައި ފިޔަވަޅުނާޅާ ކަމެއް ދައްކަވާށޭ. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ގެއްލިފަ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ނުކުރައްވާކަން ދައްކަވާށޭ. އެކަމަކު އަޅުގަނޑުގެވެސް އެވަރުގެ ގާބިލް ކަމެއް ހަމަ ހަގީގަތުގަ ވެސް ނެތް. ހުރިހާ ވުޒާރާއެއްގައި ހުރިހާ ކުންފުންޏެއްގެ ކުރާ ކޮންމެ މުއާމަލާތަކީ، ހުއްދަ ނަގައިގެން އިސްވެ ރައީސް ބަލައިގެން ކުރެވޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ކުރާ ވަޒީރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަށް އެމަނިކުފާނު ހިމާޔަތް ނުދެއްވާނެ ކަމަށާއި އެފަދަ ވަޒީރުންނަން ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ބަލަމުންދާކަން ހާމަކޮށްފައިވާ އިރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވެފައިވަނީ 2014 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އެމައްސަލަ ބަލާ އޭގެ ރިޕޯޓް މިއަދާ ހަމަޔަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އާއްމުކޮށްފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަފާތަކީ ކޮރަޕްޝަނެއް ހިނގައިފި ނަމަ ވަކި މީހަކަށް ނުބަލައި ފިޔަވަޅު އެޅުން ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަނެއް ހިނގުމުން އެންމެ އުނދަގޫ ކަމަކީ އެ ފައިސާއެއް ހޯދުމަށް ކަން ފާހަގަކުރައްވަމުން ރައީސް ވިފާޅުވީ އޭސީސީން މިހާރު ފަސާފައިވާ މަސައްކަތުން އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދޭނެ ކޮންމެވެސް ވަރެއްގެ މަގެއް ފެންނަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު