Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލައިފް ސްކިލްސް ތަމްރީނު ޕްރޮގ

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓީޗަރުން ވަނީ ތަމްރީނުކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 14:29
ލައިފް ސްކިލްސް ތަމްރީނު ޕްރޮގްރާމު

ލައިފް ސްކިލްސް ތަމްރީނު ޕްރޮގްރާމު

ސްކޫލު ކުދިންނަށް ދިރިއުޅުނުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ލައިފް ސްކިލްސް ޕްރޮގްރާމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް 624 ޓީޗަރުން ތަމްރީނު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިހެން ހާމަކޮށްފައިވާ އިރު މިހާރު ވެސް ސްކޫލުތަކުގެ ޓީޗަރުންނަށް އިސްވެރިންނަށް އަމާޒުކޮށް އެ މިނިސްޓްރީން ދަނީ ލައިފް ސްކިލް ޕްރޮގްރާމުތައް ހިންގަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ހިންމަފުށީގައި ލައިފް ސްކިލްސް ނުވަތަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގައި ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ދެ ޕްރޮގްރާމެއް އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ލައިފް ސްކިލްސްއާ ބެހޭ ގޮތުން އޮރިއެންޓޭޝަން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމު ޚާއްސަކޮށްފައިވަނީ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުވެފައި ނެތް ސްކޫލްތަކަށް އަމާޒުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އާބާދީ ބޮޑެތި ސްކޫލްތަކަށް އިތުރު ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުކުރުމަށްޓަކާ ފްސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު މި މަހުގެ 19 އިން 27 އަށް ވަނީ ގެންގޮސްފަ އެވެ. އެފަހަރު މާލެ އާއި އަތޮޅުތެރޭގެ 22 ޓީޗަރަކު ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ. އަދި ދެވަނަ ބުރު މި މަހުގެ 23 ން އަންނަ ފެބްރުއަރީ މަހުގެ 1 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، މި ބުރުގައި މާލެ އާއި އަތޮޅުތެރޭގެ 18 ޓީޗަރަކު ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ބެހޭ މައުލޫމާތު ދިނުމަށް މި މަހުގެ 28 ން 30 ގެ ނިޔަލަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާ އިރު ގއ.، ގދ.، ލ.، އަދި ދ. އަތޮޅުން 23 ޕަރިންސިޕަލަކު ބައިވެރިވެފަ ވެއެވެ.

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުން ތަމްރީނުވާ ޓީޗަރުން ސްކޫލްގައި މަސައްކަތްކުރާ އެހެން ޓީޗަރުންނަށާއި ބެލެނިވެރިންނަށް މި ޕްރޮގްރާމް ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދިރިއުޅުމުގެ ހުނަރަކީ ސްކޫލްތަކުގެ މެންޑޭޓުގައި ހިމަނައިގެން ސްކޫލް ދައުރު ނިމުމުގެ ކުރިން ކޮންމެ ދަރިވަރަކަށް ވެސް އެނގެންޖެހޭ ކަމަކަށް ވާ އިރު، އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ފުރަތަމަ ޓާމް ގެ ކިޔެވުން ނިމުމުގެ ކުރިން ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނު ކުރުމުގެ އިތުރު ހަތަރު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ވަނީ ހަމަޖެހިފަ އެވެ.

ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ޚާއްސަކޮށް ހަަތަރު ލައިފް ސްކިލްސް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު