Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮރުން ދޮރަށް ކެމްޕޭން

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

ތިނަދު އާއި މާލޭގައި މި ހަރަކާތް މިއަދު ހިންގި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 23 ފެބުރުއަރީ 2017 | ބުރާސްފަތި 18:46
އެމްޑީޕީން ތިނަދޫގައި ކުރިއަށް ގެންދިޔަ  "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން

އެމްޑީޕީން ތިނަދޫގައި ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުުމުގެ ގޮތުން އެމްޔޫއޯގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ "ދޮރުން ދޮރަށް" ހަރަކާތުގެ އެންމެ މުހިންމު ކަމަކީ ރައްޔިތުން ދިރިއުޅެމުންދާ ހާލު ދެނެގަތުން ކަމަށް އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ތިނަދޫ އެމްޑީޕީ ހަރުގޭގައި އެޕާޓީގެ ބޮޑު ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ހަސަން ލަތީފް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން "ދޮރުން ދޮރަށް" ހަރަކާތުގައި އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިންގަވަނީ ހަމަ އެކަނި އެމްޑީޕީގެ މެމްބަރުން ދިރިއުޅޭ ގޭގެ އަށް ނޫން ކަމަށެވެ. ތިނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ ކާމިޔާބު ހަރަކާތެއް ކަަމަށާއި އެރަށުގެ ރައްޔިތުން ތިބީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކަމަށް ހަސަން ވިދާޅުވިއެވެ.

ތިނަދޫގެ އިތުރުން ބުރާސްފަތި ދުވަހު ހަވީރު އެމްޑީޕީން ވަނީ މައްޗަށްގޯޅި ދެނުކު ދާއިރާގައި ވެސް "ދޮރުން ދޮރަށް" ހަރަކާތް ހިންގައިފައެވެ.

މައްޗަން ގޯޅި ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މާލޭގެ ރައްޔިތުން ދަތި ހާލުގައި ދިރިއުޅެމުން ދާއިރު ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ހާއްސަކޮށް ރައީސް ޔާމީން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ނުބައްލަވާ ކަމަށެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެންނޫން ގޮތަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް ނޭނގޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ބާރުވެރިކަން މި ސަރުކާރުން ނިގުޅާއިގެންފައިވާ ކަމަށެވެ. މާލޭގެ ދިރިއުޅޭ ރައްޔިތުންނަން ދިމާވެފައިވާ މައްސަލަތަށް ހައްލު ކުރުމުގެ އެއްވެސް ބާރެއް މިހާރު ސިޓީ ކައުންސިލަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެޓީވީން ވާހަކަ ދެއްކި ބެއެއް އާންމު ރައްޔިތުންވެސް ވަނީ އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. އެގޮތުން ބޯހިޔާވެހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން އާންމުން ފާހަގަކުރި އެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ހައްލެއް ލިބޭނެ ކަމަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު