Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުލައިމާނީގެ މަރު

އީރާނާއެކު ހަނގުރާމައެއް ފަށަން ބޭނުމެއް ނޫން: ޓްރަމްޕް

4 ޖެނުއަރީ 2020 | ހޮނިހިރު 04:35

މެދުއިރުމައްޗަށް 3500 ސިފައިން ފޮނުވުމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖެނުއަރީ 2020 | ހޮނިހިރު 04:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނާއެކު ހަނގުރާމައެއް ފައްޓަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވާއިރު، މި ހަމަލާ ދީފައިވަނީ ޓްރަމްޕުގެ އޯޑަރަކަށް ކަމަށް މީޑީއާތަކުގައި ރިޕޯރޓް ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، ސުލައިމާނީ ގެންދެވީ އެމެރިކާއާއި ދެކޮޅަށް ހަނގުރާމަވެރި ރޭވުންތަކެއް ރާވަމުން ކަމަށާއި، ސުލައިމާނީ މަރާލުމަކީ މާ ކުރިންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ނަމަވެސް އެމެރިކާއިން އެ ހަމަލާ ދިނީ ހަނގުރާމައެއް ފެށުމުގެ ނިޔަތުގައެއް ނޫން ކަމަށާއި، އެއީ ހަނގުރާމައެއް ހުއްޓުވުމަށް ދިން ހަމަލާއެއްގެ ކަމަށް ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.

އެމެރިކާއިން ދިން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަވެފައިވާއިރު، އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ ސަރުކާރުން ވަނީ ވައުދުވެފައެވެ. އަދި އެކަމުގެ ސަބަބުން މެދުއިރުމަތީގައި ހަނގުރާމައެއް އުފެދިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބައިނަލްއަޤުވާމީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ތެހްރާންގައި ބައްދަލުވުންތައް ބާއްވަމުން ގެންދާއިރު، މި ބައްދަލުވުންތަކުގައި އީރާނުގެ ލީޑަރު އާޔަތުއްﷲ ހާމަނާއީ އަމިއްލަފުޅަށް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރިޕޯރޓްތައް ބުނާގޮތުން އީރާނުން ބަދަލު ހިފުމުގެ ގޮތުން އިރާޤާއި، ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދިނުމާއި، ޖޯޑަންއާއި އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ގޯލަން ހައިޓްސްއާއި، ހޮރްމޫޒު ކަނޑުއޮޅީގައި ހުރި ޓޭންކަރުތަކުގެ އިތުރުން ސައުދީއަރަބިއާގެ ތެޔޮ ފެކްޓަރީތަކަށް ހަމަލާދިނުން އެކަށީގެންވެއެވެ.

އެގޮތުން މި ހަމަލާތައް ފަށައިފިނަމަ ނިއުކްލިއަރ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާއާއި، އިޒްރޭލްއާއި ރަޝިއާވެސް މި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އޭގެ އިތުރުން ހަމަލާތަކުހެ ނުސީދާ އަސަރުކޮށްގެން ޔޫރަޕްގެ ޤައުމުތަކުންވެސް މިކަމުގެ ތެރެއަށް ވަނުން އެކަށީގެންވާކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން ދިން ހަމަލާ އާއި ގުޅިގެން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި ހަމަލާއަކީ ސީދާ ޓްރަމްޕްގެ އޯޑަރަށް ދިން ހަމަލާއެއް ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެކަމާ ގުޅިގެން ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމަތީގެ ޤައުމުތަކަށް އިތުރު ސިފައިން ފޮނުވައި، ލަޝްކަރުތައް ވަރުގަދަ ކުރަމުންދާކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވެއެވެ. އެގޮތުން އެމެރިކާއިން މެދުއިރުމައްޗަށް 3500 ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، އިރާޤާއި ކުވެއިތުގައި އެމެރިކާގެ ފައުޖު ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

18 ޖުލައި 2017

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

18 ޖުލައި 2017
މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން
06 ޖުލައި 2017

ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި

06 ޖުލައި 2017
ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި
04 ޖުލައި 2017

ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ

04 ޖުލައި 2017
ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ
28 ޖޫން 2017

ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު

28 ޖޫން 2017
ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު
26 ޖޫން 2017

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް