Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުކްލިއާ ހަތިޔާރު

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

40 ވަރަކަށް ގައުމު، މިއަދު އދ ގައި ބާއްވާ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރާ ކުރާ މުއާހަދާ ވުޖޫދަށް ގެނައުމާ ބެހޭ މަޝްވަރާ ގައި ބައިވެރި ނުވާނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 މާރިޗު 2017 | އަންގާރަ 16:06
ނިކީ ހޭލީ އުތުރު ކޮރެއާ އަށް ފާޑުވިދާޅުވެފައިވާ އިރު އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓުކޮށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަމުން

ނިކީ ހޭލީ އުތުރު ކޮރެއާ އަށް ފާޑުވިދާޅުވެފައިވާ އިރު އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓުކޮށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަމުން

މުޅި ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވެއްޖެއެވެ.

ނިކީ ހޭލީ އިތުރަށް ވިދާޅުވީ ދުނިޔެ ނިއުކްލިއާ ހަތިޔާރުން ސަލާމަތްވުން ފިޔަވާ ވަކި ކަމެއް އޭނާގެ އާއިލާއަށްވެސް ބޭނުން ނޫން ކަމަށާއި، އެހެން ނަމަވެސް "އަޅުގަނޑުމެން ހަގީގަތާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެެވެ."

އެމެރިކާ، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތް ހިމެނޭގޮތުން، 40 ވަރަކަށް ގައުމު، މިއަދު އދ ގައި ބާއްވާ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރާ ކުރާ މުއާހަދާ ވުޖޫދަށް ގެނައުމާ ބެހޭ މަޝްވަރާ ގައި ބައިވެރި ނުވާނެއެވެ. ނިކީ ހޭލީ އިތުރަށް ވިދާޅުވީ މަޝްވަރާތަކާ ބައިވެރިނުވާ ގައުމުތަކަކީ 1970 ވަނަ އަހަރު ވުޖޫދަށް އައި "ނަން-ޕްރޮލިފެރޭޝަން ޓްރީޓީ" އަށް އަމަލު ކުރާ ގައުމުތަށް ކަމަށް ވިދާޅުވެފައެވެ. "ނަން-ޕްރޮލިފެރޭޝަން ޓްރީޓީ"، މުއާހަދާ އަކީ ނިއުކްލިއާ ހަތިޔާރާއި އަދި އެ ޓެކްނޮލޮޖީ ފެތުރުމުން ހުއްޓުވާ މުއާހަދާއެކެވެ.

ނިކީ ހޭލީ ވިދާޅުވީ ވިދާޅުވީ "ގޯސް ބައެއް ފަރާތްތަކުގެ" ސަބަބުން ގައުމީ ސަލާމަތަށްޓަކައި ނިއުކްލިއާ ހަތިޔާރު ގެންގުޅުމަށް މަޖުބޫރު ކަަމަށެވެ. ނިކީ ހޭލީ އުުތުރު ކޮރެއާ އަށް ފާޑުވިދާޅުވަމުން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން ހުއްޓާލުމަށް އުތުރު ކޮރެއާ އެއްބަަސް ނުވާނެ ކަމަށާއި އެއީ އުތުރު ކޮރެއާ އެއްބަސްވާނެ ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލުވެސް ނުކުރާނެ ކަމަށެވެ. އުތުރު ކޮރެއާ އިން ދަނީ ނިއުކްލިއާ ޓެސްޓްތަކާއި އަދި މިސައިލް ޓެކްނޮލޮޖީ ތަކުރާރުކޮށް ބޭނުން ކުރުމުން ކަމަށްވާއިރު ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ އެކަން ނުކުރުމަށް ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު