Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

އުތުރު ކޮރެއާއާ މަޝްވަރާ ކުރުމަށް ދެކުނު ކޮރެއާ އިން ވަނީ ހުށަހަޅާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 ޖުލައި 2017 | އަންގާރަ 04:15
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތު ނޫން ކަމަށާއި މިއީ އުތުރު ކޮރެއާ އަށް ކުރާ ޕްރެޝަރު އިތުރު ކުރަން ޖެހޭ ވަގުތު ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ނޯރިއޯ މަރުޔަމާ އިތުރަށް ވިދާޅުވީ އެމެރިކާ އިން ޖުލައި 4 ވަނަ ދުވަހު އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަމުން ދިޔައިރު އެދުވަހު އުތުރު ކޮރެއާ އިން ކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓަކީ އުތުރު ކޮރެއާ އިން "އާ ލެވެލް" އަކަަށް ކަންކަން ގެންދިއުން ކަމަށެވެ. ޖުލައި 4 ގައި އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓްއަކީ މިސައިލެއްގައި ނިއުކްލިއާ ވޯހެޑަކާއި އެކީ އެމެރިކާ އަށް ދަތުރު ކުރާ ވަރުގެ މިސައިލެއް ތަރައްގީ ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.ޖުލައި 4 ގައި އުތުރު ކޮރެއާ އިން ކުރިި މިސައިލް ވެއްޓުނީ "ސީ އޮފް ޖަޕާނުގައި" އޮންނަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަށެވެ.

ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ނޯރިއޯ މަރުޔަމާ ހޯމަ ދުވަހު ވިދާޅުވީ "އުތުރު ކޮރެއާ އާއި އެކު ހަމަ މަޝްވަރާ ކުރަން ކަމަަށް ބުނެ މަޝްވަރާ ކުރުމަކީ މާނައެއް ނެތް" ކަމެއް ކަމަށެވެ.

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތު ނޫން ކަމަށް ޖަޕާނުން ބުނިއިރު ދެ ކޮރެއާގެ މަޝްރަހު ފިނިކުރުމަށް އުތުރު ކޮރެއާއާ މަޝްވަރާ ކުރުމަށް ދެކުނު ކޮރެއާ އިން ވަނީ ހުށަހަޅާފައެވެ. ދެކުނު ކޮރެއާގެ ވައިސް ޑިފެންސް މިނިސްޓަރ ސަ ޗޫ-ސަކް ވިދާޅުވެފައި ވަނީ ދެކޮރެއާގެ މަޝްވަރާތައް ބާއްވަން ހުށަހަޅަނީ 21 ޖުލައިގައި ކަމަށެވެ. އަދި "ޕޮޒިޓިވް ޖަވާބަކަށް އުތުރު ކޮރެއާގެ ފަރާތުން އުންމީދު" ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުތުރު ކޮރެއާ އިން ދެކުނު ކޮރެއާގެ ހުށަހެޅުމަކަށް ޖަވާބެއް ނުދެއެެެވެ.

ދާދި ފަހުން ޖަރުމަނުގެ ބާލިންގައި ދެކުނު ކޮރެއާގެ ރައީސް ޖެއި-އިން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއާ މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ސުލްހައިގެ އެއްބަސްވުމެއްގައި ދެގައުމުން ސޮޔެ ކުރުމަށް ވެސް ގޮވާލެއްވިއެވެ.

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އދ. އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
19 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް އުތުރު ކޮރެއާއާ ފެއަށް

19 އެޕްރީލު 2017
 އެމެރިކާގެ މަނަވަރުތައް އުތުރު ކޮރެއާއާ ފެއަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު