Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

ދެކޮރެއާ ސަރަހައްދު ވަނީ ވަރަށް ހަލަބޮލިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 މެއި 2017 | އަންގާރަ 15:00
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން

އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން

ދެކޮރެއާ ސަރަހައްދު އެމެރިކާ އިން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭ ކަމަށް އަންގާރަ ދުވަހު އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު މިހެން ބުނީ ދެކޮރެއާ ސަރަހައްދުގައި އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން ދެކުނު ކޮރެއާ އާއި ޖަޕާނުގެ އެއާފޯސްއާއި އެކު ބޭއްވި ޓްރެއިނިން ޑްރިލްތަކަށް ފާޑުކިޔަމުންނެވެ.

އުތުރު ކޮރެއާ އިން އެމެރިކާ އަށް ފާޑުކީއިރު އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާ ބައްދަލު ކުރުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން، ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ލީޑަރުންގެ ބައްދަލުވުމަކަށް ދާން ބޭނުންނަމަ އެމެރިކާގެ ގިނަ ޝަރުތުތަކަކަށް އުތުރު ކޮރެއާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ އުތުރު ކޮރެއާގެ ރުޅިވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.

ބައިނަލްއަގްވާމީ ގޮތުން އުތުރު ކޮރެއާ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު އުތުރު ކޮރެއާ އިން އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ ނިއުކްލިއާ ޓެސްޓްތައް ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.

ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު