Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

ސައުދީއާއި އޫއޭއީއާއި، ބަޚްރެއިންގެ އިތުރުން މިޞްރުން ވަނީ ޤަތަރަށް 13 ކަމެއް ހުށަހަޅާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 ޖޫން 2017 | ހޯމަ 04:39
ޓިލަރސަން ވަނީ ގަތަރަށް ހުށަހަޅާފައިވާ ޑިމާންޑްތައް އެ ގައުމުން ބަލަން ފަަށާފައިވާ ކަމަށް

ޓިލަރސަން ވަނީ ގަތަރަށް ހުށަހަޅާފައިވާ ޑިމާންޑްތައް އެ ގައުމުން ބަލަން ފަަށާފައިވާ ކަމަށް

ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އަރަބި ގައުމުތަކުން އެ ގައުމަށް ކޮށްފައިވާ ޑިމާންޑްތަަކަކީ އެއަށް އަމަލުކުރަން ދަތި ޑިމާންޑްތަކެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓް އާދީއްތަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި، ބަހްރެއިނާއި މިސްރުން ހުށަހަޅާފައިވާ ލިސްޓުގައި"މިހާރު ވާހަކަ ދެކެވޭ ކަންކަމުގެ ތެރެއިން އެއްބަސްވުމެއްގެ އަސާސްތައް ގެނެސްދޭ ބައެއް ބައިތައް" ހުރި ކަމަށެވެ.

ޓިލަރސަން ވިދާޅުވީ ދެން އޮތް ހަރުފަތަކީ ހުރިހާ ގައުމަކަށް ވެސް އުފެއްދުންތެރި ހަރުފަތަކަށް ހެދުމަށް ހުރިހާ ގައުމަކުން އެއްކޮށް އިށީނދެ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ޓިލަރސަން ވިދާޅުވީ ގަތަރަށް ހުށަހަޅާފައިވާ ޑިމާންޑްތައް އެ ގައުމުން ބަލަން ފަަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޓެރެރިޒަމް ހުއްޓުވުން އަދި ޓެރެރިޒަމާ ދެކޮޅަށް އެކުގައި އެއް ގޯލަކަށް މަސައްކަތްކުރާއިރު އަޅުގަނޑުމެންގެ ބައިވެރިންނަކީ ވަރުގަދަ ބައެއް ކަމަށް" ޓިލަރަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޓިލަރަސަން ވަނީ ނުތަވަސްކަން ކުޑަކުރުމަށްޓަކައި އަސްލެއް ނެތް ވާހަކަތައް މަދުކުރުމަށް ގޮވާލައްވާފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ކުވައިތުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ކުރަމުންދާ މަަސައްކަތަށް ވޮޝިންގޓަނުން އެހީތެރިކަން ދޭނެ ކަމަށް ބުނެފައި ވެއެވެ.

ސައުދީ އިސްވެ އޮވެ އަރަބި ހަ ގައުމަކުން ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

ސައުދީ އަރަބިއާ އިސްވެއޮވެ، ޤަތަރު އެކަހެރިކޮށް، ޤަތަރަށް އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައްސަލަ ހައްލުކުރުމަށް ކުވެއިތު މެދުވެރިކޮށް، ޤަތަރަށް ހުށަހަޅާފައިވަނީ ހަމަނުޖެހޭ 13 ޝަރުތު ކަމަށް ޤަތަރުންވަނީ ބުނެފައެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހުގެރޭ ފަތިހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤަތަރު ހިޞާރުކޮށްގެން އުޅޭ ޤައުމުތަކާއި މިޞްރުގެ ފަރާތުން ޖޫން 22 ވަނަ ދުވަހު ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހުށަހެޅުންތަކަށް އެކަށޭނަ ރައްދެއް ދިނުމަށް، ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ.

ކުވެއިތު މެދުވެރިކޮށް ސައުދީއާއި އޫއޭއީއާއި، ބަޚްރެއިންގެ އިތުރުން މިޞްރުން ވަނީ ޤަތަރަށް 13 ކަމެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި އިރާނާއެކު ޤަތަރުން ބާއްވާ ސިޔާސީ ގުޅުން ހަނިކޮށް، ޤަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ޤަތަރުން ބޭރުކޮށް، އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުމާއި، ގަތަރުގައި ތުރުކީން ބިނާކުރާ އަސްކަރީ ބޭސްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ތުރުކީ އާއި އޮންނަ ގުޅުން ކަނޑާލުން އަދި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނޫސް އިދާރާ ކަމަށްވާ ގަތަރުގެ އަލްޖަޒީރާ ބަންދުކުުރުން ފަދަ ކަންކަން ހިމެނެއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
08 ޖޫން 2017

ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި

08 ޖޫން 2017
ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު