Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެންޗެސްޓަރ އެރީނާ

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 23 މެއި 2017 | އަންގާރަ 17:21
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯވއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގައިފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯވއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގައިފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯވއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އިން ނަގައިފިއެވެ.

މެންޗެސްޓަރ އެރީނާއަށް ހޯމަ ދުވަހުގެ ރޭ ދިން ހަމަލާގައި 22 މީހުން މަރުވެފައިވާކަމަށް ގްރޭޓަރ މެންޗެސްޓަރ ޕޮލިހުންވަނީ ހާމަކޮށްފައެވެ. އަދި 50 އަށް ވުރެ ގިނަ މީހުން އިތުރު ފަރުވާއަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާކަމަށާއި، އެރީނާ ބޭރުގައި ގިނަ ބަޔަކަށް ފަރުވާ ދިންކަމަށް ނޯތުވެސްޓް އެމްބިއުލަންސް ސަރވިސުން ބުންޏެވެ. އާރިއާނާއަކީ ޑިޒްނީ ޗެނަލުން މަޝްހޫރުވި ފަރާތަކަށް ވުމުން، ޝޯވ ބެލުމަށް ގިނަ ޅަ ކުދިން ގޮސްފައިވާ އިރު، މަރުވި އަދި އަނިޔާ ލިބުނު މީހުންތެރޭގައި ގިނަ ކުޑަ ކުދިންވެސް ހިމެނެއެވެ.

އިސްލާމިކް ސްޓޭޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން އެމީހުންގެ "ޚަލީފާގެ ހަނގުރާމަވެރިއަކު ވަނީ މެންޗެސްޓަރ އެރީނާ ތެރޭ ގޮވާ އެއްޗެއް ޕްލާންޓްކޮށްފަ"އެވެ. ނަމަވެސް އައިއެސްގެ ބަޔާނާ ގުޅިގެން ބައެއް ތަޖުރިބާކާރުން ބުނަނީ، ޒިންމާ ނެގުމަށް ބޭނުންކޮށްފައިވާ ބަސްތަކަށް ބަލާއިރު، އެ ހަމަލާ އައިއެސް އިން ހިތްވަރު ލިބިގެންކޮށްފައިވާ ކަމެއްކަމަށް ދޭހަވާކަމަށާއި، ސީދާ އައިއެސްގެ އަމުރުގެ ދަށުން ދިން ހަމަލާއެއްތޯ ޔަގީން ނުވާކަމަށެވެ.

އިނގިރޭސި އޮފިޝަލުންނަށް ހަވާލާދީ އެމެރިކާއިން ބުނީ، ހަމަލާ ދިންކަމަށް ބެލެވޭ ފިރިހެނަކު އައިޑެންޓިފައި ކުރެވިފައިވާކަމަށް ބުނެފައިވާއިރު، މި ކަމަމާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޔަރުކޮށްފައިވަނީ ސަލްމާން އަބޭދީ ކިޔާ މީހެއްކަން ހާމަކޮށްފައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް ހާމާކޮށްފައެއް ނުވެއެވެ.

ރޭގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރޭޓަރ މެންޗެސްޓަރ ޕޮލިސް ޗީފް ކޮންސްޓަބްލް އިއަން ހޮޕްކިންސް ވަނީ މި މައްސަލަ ޓެރަރިސްޓް ހަމަލާއެއް ގޮތަށް ބަލަމުންދާކަމަށް ޔަގީންކޮށްދެއްވާފައެވެ.

ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލާ "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތެވެ. މެންޗެސްޓަރ އެރީނާއިން ބުނި ގޮތުގައި ބޮން ގޮއްވާފައިވަނީ ޝޯވ ބަލަން ދިޔަ މީހުން ނިކުންނަނިކޮށް، އެރީނާގެ ބޭރުންނެވެ.

މި ހަމަލާގައި އާރިއާނާއަށް އަނިޔާއެއް ވެފައެއް ނުވާއިރު، އޭނާވަނީ އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ"ކަމަށް އާރިއާނާ ޓްވިޓަރ މެދުވެރިކޮށް ބުނެފައިވެއެވެ.

"ހިތްހަލާކުވެއްޖެ. އަހަރެން ހިތުގެ އެންމެ އަޑިން، އިންތިހާއަށް މައާފަށް އެދެން. ނޭނގުން ބުނާނެ އެއްޗެސް ވެސް"، އާރިއާނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު