Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ-އީރާން

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

ރަޝިއާ އާއި ތުރުކީ އަދި އިރާނުން ވަނީ ލޯ-ޓެންޝަން ހިސާބުތަކެއް ކަނޑައަޅަން ނިންމާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 5 މެއި 2017 | ހުކުރު 10:39
މި އަހަރުގެ ޖަނުއަރީ މަހު އާސްތާނާގައި ކުރިއަށްދިޔަ ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގެ ތެރެއިން

މި އަހަރުގެ ޖަނުއަރީ މަހު އާސްތާނާގައި ކުރިއަށްދިޔަ ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގެ ތެރެއިން

ގެރެންޓަރެއްގެ ގޮތުގައި އެއްވެސް މިންވަރަކަށް އީރާނު ބައްސަންޖެހޭ އެއްވެސް އެއްބަސްވުމަކަށް އެއްބަސްނުވާނެ ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ސީރިއާގެ ލޯ-ޓެންޝަން ހިސާބުގެ ގޮތުގައި 4 ހިސާބެއް ކަނޑައަޅައި ބުރާސްފަތި ދުވަހު ކަޒަކިސްތާނުގެ އާސްތާނާގައި ސީރިއާގެ ސުލްހައިގެ ވާހަކަތައް ސްޕޮންސަރކުރާ ރަޝިއާ އާއި ތުރުކީ އަދި އިރާންއިން ވި އެއްބަސްވުމަށް އިޝާރާތްކޮށް، ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނީ، އީރާނުން ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާފައިވާ ކަމަށާއި، ސީރިއާގެ ސުލްހައިގެ މަސައްކަތުގައި އީރާނުގެ އެއްވެސް ރޯލެއް ބޭނުން ނުވާ ކަމަށެވެ. އަދި ހަމަ މިއާ އެކު ބައިނަލްއަޤުވާމީ މުއާހަދާތަކަށް ބިނާކޮށް ތައްޔާރުކުރާ ޕްލޭނަކަށް ނޫނީ އެއްބަސްނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

"ސީރިއާ ބައިބައި ކުރުމާ އަހަރުމެން ދެކޮޅު، އަހަރުމެންނަކީ މި އެއްބަސްވި އެއްބަސްވުމުގެ ބައިވެރިއެއް ނޫން"، އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނު، އުސާމާ އަބޫ ޒައިދު ވިދާޅުވިއެވެ.

އުސާމާ ވިދާޅުވީ، ރައްޔިތުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަޙައްދުތަކަށް ރަޝިއާއިން ކުއްލިއަކަށް ދޭންފެށި ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. ސީރިއާގައި ހަރަކާތްތެރިވާ ބިދޭސީ އަސްކަރިއްޔާތައް އެ ޤައުމުން ފައިބާނެ ގޮތުގެ ޓައިމް ޓޭބަލެއް އެކުލަވާލުމަށް ވެސް އުސާމާ ވަނީ ގޮވާލައްވާފައެވެ.

އާސްތާނާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުގެ ތެރެއިން، ވާހަކަތައް ފެސިލިޓޭޓްކުރާ ކަޒަކިސްތާނުގެ ޚާރިޖީ ވަޒީރު، ޚައިރާތު އަބްދުރަހްމަނޯވް ވިދާޅުވީ، ސީރިއާގެ މައްސަލައަށް އަސްކަރީ ހައްލެއް ނުހޯދޭނެ ކަމަށާއި، އަދި އާސްތާނާގައި ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ނުވެ، ޖެނީވާގައި ހުއްޓުނު ވާހަކަތައް އަލުން ފެށުމަށް ކުރިމަގެއް ފެނިދާނެކަމަށްވެސް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. ސީރިއާގެ ސުލްޙައިގެ ވާހަކަތައް ދެން ބާއްވާނީ ރަމަޟާން މަހަށް ފަހު، ޖުލައި މަހުގެ މެދުތެރޭގައެވެ.

ސީރިއާގެ ލޯ-ޓެންޝަން ހިސާބު، ނުވަތަ މައިގަނޑު ގޮތެއްގައި އަމާން ހިސާބުތަކުގެ ގޮތުގައި 4 ހިސާބެއް ކަނޑައަޅަން ރަޝިއާ އާއި ތުރުކީ އަދި އިރާނުން އެއްބަސްވި އެއްބސްވުމަކީ ބުދަ ދުވަހު ރަޝިއާއިން ހުށަހެޅި ކަރުދާހަކަށް ބިނާކޮށް ވީ އެއްބަސްވުމެކެވެ.

މި އެއްބސްވުމުގައި ވާގޮތުން ލޯ-ޓެންޝަން ހިސާބުތައް ކަނޑައަޅަން ނިންމާފައިވަނީ، އިދްލިބާއި، އުތުރު ހުމްސް، އަލް ގޫތާ އަދި އަލް ޝަރްޤިޔާގެ ޕްރޮވިންސްތަކުގައެވެ.

ރަޝިއާ އާއި ތުރުކީ އަދި އިރާނުން ބުނާ ގޮތުގައި ލޯ-ޓެންޝަން ހިސާބުތަކެއް ކަނޑައެލުމުގެ ބޭނުމަކީ، ހަމަނުޖެހުން މައިތިރިކޮށް، އިންސާނީ އެހީ ފޯރުކޮށްދީ، އަދި ސިޔާސީ މަސައްކަތް ފެށުމަށް މަގުފަހިކުރުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު