Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު

28 ޖޫން 2017 | ބުދަ 09:09

ގަތަރުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރާ އެމެރިކާގައި ބައްދަލު ކުރެއްވުމަށް ފަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 ޖޫން 2017 | ބުދަ 09:09
ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ (ވ) އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ (ވ) އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން

ގަތަރާ އެކު ގުޅުން ކަނޑާލާފައިވާ އަރަބި ހަަތަރު ގައުމަކުން ދާދިފަހުން ގަތަރަށް ކޮށްފައިވާ ޑިމާންޑުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމެރިކާ ވެސް ދެކޭ ގޮތަށް ގަލްފުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބޭނުން ވަނީ "ބުއްދިއަށް ގަބޫލު ކުރެވޭފަދަ" ހައްލެއް ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އަންގާރަ ދުވަހު ވޮޝިންޓަން ޑީސީގައި ބައްދަލު ކުރެއްވުމަށްފަހު މިހެން ވިދާޅުވިއިރު އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ގަތަރު "ޓެރަރިޒަމަށް" ވާގިވެރިވާ ވުން ހުއްޓާލުމަށް ކުރާ ޑިމާންޑާ މެދު މަޝްވަރާ ކުރުމެއް ނޯންނާނެ ކަމަށެވެ.

އަންގާރަ ދުވަހު ވޮޝިންޓަން ޑީސީގައި ޓިލާސަންއާ ބައްދަލު ކުރެއްވުމަށް ފަހު ސާނީ ވިދާޅުވީ ގަތަރަށް ފިއްތުންތައް ކުރިމަތިކޮށްފައިވާ ގައުމުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ބުނުންތަކެއް ނޫން ކަމަށާއި އެހެން ކަމުން އެއީ ޑިމާންޑްތަކެއް ނޫން ކަމަށެވެ. މަޝްވަރާތަކަށް ބޭނުން ވަނީ ހަގީގަތުގައި ވެސް އަނެއް ފަރާތުން ބޭނުންވުން ކަމަށާއި އަދި ކޮށްފައިވާ ޑިމާންޑްތަކަށް ބާރުދޭ ހެކި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮށްފައިވާ ޑިމާންޑްތަކަކީ ހަގީގީ އަދި ތަންފީޒު ކުރެވޭނެ ޑިމާންޑްތަކަކަށް ވާން ޖެހޭނެ ކަމަށާއި މި ކަންކަމަށް ނުފެތޭ ކޮންމެ ޑިމާންޑަކީ ގަބޫލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެމެރިކާ އިން ބުނާ ފަދައިން "ބުއްދިއަށް ގަބޫލު ކުރެވޭފަދަ" ޑިމާންޑްތަކަކަށް، ޑިމާންޑްތައް ވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަލް ސާނީ ވިދާޅުވެފައި ވެއެވެ.

ސައުދީ އަރަބިއާ އިސްވެ އޮވެ، ގަތަރު އެކަހެރިކޮށް، ގަތަރަށް އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައްސަލަ ހައްލުކުރުމަށް ކުވެއިތު މެދުވެރިކޮށް، ގަތަރަށް ހުށަހަޅާފައިވަނީ ހަމަނުޖެހޭ 13 ޝަރުތު ކަމަށް ގަތަރުންވަނީ ކުރިން ބުނެފައެވެ. ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ނުވަތަ ޝަރުތުތަކުގެތެރޭގައި އަލްޖަޒީރާ މީޑިއާ ނެޓްވާކް ބަންދުކުރުމާއި، ގަތަރުގައި ހުރި ތުރުކީގެ އަސްކަރީ ބޭސް ބަންދު ކުރުމާއި އަދި އިރާނާއި ގުޅުން ކަނޑާލުން ހިމެނެއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
04 މެއި 2017

އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި

04 މެއި 2017
އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް