Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަޒާޑަށް އަނިޔާވުން

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017 | އަންގާރަ 04:05

ޗެލްސީއަށް ބެލްޖިއަމްއަށް ބޮޑު ގެއްލުމެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 21 މާރިޗު 2017 | އަންގާރަ 04:05
ޗެލްސީގެ ކުޅުންތެރިން މެޗަށްގައި ލަނޑެއް ޖެހުމަށްފަހު

ޗެލްސީގެ ކުޅުންތެރިން މެޗަށްގައި ލަނޑެއް ޖެހުމަށްފަހު

އަނިޔާގެ ސަބަބުން ޗެލްސީގައި މުހިތް ރޯލެއް އަދާކުރަމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްއަށް ދެ ހަފްތާއެއްހާ ދުވަހަށް ކުޅުމާއި ދުރަށްދާންޖެހިއްޖެއެވެ.

ހަޒާޑްއަށް މި ދިމާވި އަނިޔާގެ މައްސަލައާއި ގުޅިގެން ބެލްޖިއަމް އިން ގްރީސްއާ ދެކޮޅަށް ކުޅޭ މެޗާއި ޗެލްސީން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނި ގޮތުގައި ހަޒާޑް އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން 15-10 ދުވަހުގެ މުއްދަތެއް ނަގާނެއެވެ.

އެހެން ކަމުން އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ހަޒާޑްއެއް ނުފެންނާނެއެވެ.

ހަޒާޑްއަށް އަނިޔާވެފައިވަނީ ސްޓޯކް ސިޓީއާއި ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށް ފަރިތަކުރަމުން ދަނިކޮށެވެ. އެ މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ.

ޕްރެކްޓިސް ތެރޭގައި ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ގްރީސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗުގައިވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހަޒާޑްއަށް ގެއްލިފައެވެ.

ސައްބީސް އަހަރުގެ ބެލްޖިއަމް ޤައުމީޓީމުގެ ކެޕްޓަން ހަޒާޑަށް ވޯލްޑްކަޕް ކޮލިފައިން މެޗުގައި ނުކުޅެވުމުގެ އިތުރުން ރަޝިއާ އާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗުގައި ވެސް ނުކުޅެވޭނެއެވެ.

ބެލްޖިއަމްގެ ކޯޗު ބުނެފައިވަނީ ހަޒާޑް މިވަގުތު ކުރިއަށް ގެންދާނީ ގައުމީޓީމާއި ޗެލްސީގެ މެޑިކަލް ޓީމާއެކު ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

ހަޒާޑް ނެތި ގްރީސްއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކަމަށް މާޓިނޭޒް ބުންޏެވެ. އަދި މިއީ ބެލްޖިއަމްއަށް ކުރިމަތިވާ އިމްތިހާނެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
05 ޖޫން 2017

ހަޒާޑް ފައިގަ ރެނދެއްލާ ޗެކް ރިޕަބްލިކް އަދި އެސްޓޯނިއާ މެޗު ގެއްލިއްޖެ

05 ޖޫން 2017
ހަޒާޑް ފައިގަ ރެނދެއްލާ ޗެކް ރިޕަބްލިކް އަދި އެސްޓޯނިއާ މެޗު ގެއްލިއްޖެ
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
27 މާރިޗު 2017

ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި

27 މާރިޗު 2017
ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް