Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

ސީޒަން ހުޅާމެޗުވެސް ސަންޗޭޒްއަށް ގެއްލޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 11:59
ސަންޗޭޒް: ގޯލް ޖެހުމަށްފަހު އެހެން ކުޅޫންތެރިންނާއި އެކު އުފާފާޅުކުރަނީ

ސަންޗޭޒް: ގޯލް ޖެހުމަށްފަހު އެހެން ކުޅޫންތެރިންނާއި އެކު އުފާފާޅުކުރަނީ

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި ޓްރެއިނިންތަކުގައި ބަނޑުގެ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އާސެނަލްގެ އިތުބާރު ފޯވާޑް އެލެކްސިސް ސަންޖޭޒް މަދުވެގެން ދެ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މިކަން ކަށަވަރު ކޮށްދެމުން އާސެނަލް ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒް އަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ނަމަވެސް އޭނާ އަށް ކުރިޔަށް އޮތް ދެހަފްތާ ކުޅުމާއި ދުރުގައި ހުންންނަޖެހޭނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒް އަށް އަނިޔާވެފައިވަނީ މި ހަފްތާ އާދިއްތަ ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކަމަށާއި އެހެން ކަމުން އަންނަ ހުކުރު ދުވަހު ލީގު ފަށާމެޗުގެ އިތުރުން އަންނަ ހަފްތާގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ސްންޗޭޒް އަށް ކުޅެވޭނެ ކަމަމާއި މެދު ސައްކު ކަމަށެވެ.

ވެންގާ ބުނީ މީގެ ދެދުވަސް ކުރިން ބަނޑުގެ ސްކޭން އެއްވެސް ހަދާފައިވާ ކަމަށާއި އެ ސްކޭންއިން ދައްކާގޮތުގައި އޭނާއަށް ކުޅުމުގެ ތެރެއަށް އަވަހަކަށް ނާދެވޭނެ ކަމަށެވެ. އެގޮތުން ދެ ހަފްތާއަށް ވުރެ ގިނަ ވުންވެސް އެކަށީގެން ވާކަމަށް ވެންގާ ބުންޏެވެ.

ވެންގާ ބުނީ ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވުމަކީ ޓީމަށް ލިބިގެންދިޔަ ދެރައެއް ކަމަށާއި ސަންޗޭސް ނެތްތަން ފޫބައްދަން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

" ސަންޗޭޒް އަށް ވަނީ ޓްރެއިނިން ހެދުމުގެ ތެރޭ އަނިޔާވެފައި. އޭނާ މަދުވެގެން ދެހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ. މީ އަހަރުމެންނަށް ލިބުނު ހިތާމައެއް. މިއީ ފޫބައްދަން އުނދަގޫ މައްސަލައެއް." ވެންގާ ބުންޏެވެ.

ސަންޗޭޒްގެ އިތުރުން ކެޕްޓަން މަޓަސަކާ ، މެސުޓް އޮޒިލް، އާރޮން ރަމްސޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު ސަސްޕެންސަނުގެ ސަބަބުން ފަހަތުގައި މުހިންމު ދައުރެއް އަދާކުރާ ލައުރެން ކޮސައިންލީ އައްވެސް ނުކުޅެވޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފެށޭއިރު ލީގު ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި ލެސްޓާ ސިޓީއެވެ. މި މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު