Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

ވެލެންސިއާ އޮތީ އެންެމެ ޕޮއިންޓަކާއި އެކު ތާވަލުގެ އެންެމެ ފުލުގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 01:07
މާޅެ ލީގުގައި ނިއު އާއި ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗައްފަހު ބޭއްވި ޕްރެސްގެ ތެރެއިން

މާޅެ ލީގުގައި ނިއު އާއި ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗައްފަހު ބޭއްވި ޕްރެސްގެ ތެރެއިން

ވެލެންސިއާއަށް ފެށުނީއްސުރެ ދިމާވާ ހަމައެކަނި މައްސަލަ އަކީ ގޯލެއް ސްކޯކޮށް ނުލެވުން ކަމަށާއި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފޭނަމަ މި މައްސަލަ ދިމާ ނުވާނެ ކަމަށް ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ނިއުރޭޑިއަންޓް އަތުން ބަލިވި މެޗައްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފެސްކޯ ބުނެފައިވަނީ، މެޗުގައި ވެލެންސިއާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ ނަތީޖާ ބަދަލު ކޮށްލުމަށް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް މެޗު ނިމިގެންދިޔައީ އުންމީދުކުރި ގޮތާ ހިލާފަށް ކަމަށެވެ. މެޗުގައި ނިއުގެ ފަރާތުން ވަގުތު ދުއްވަން ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައި ވާކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ. ފެސްކޯ ބުނީ އެގޮތަށް ކަންތައް ނުކޮށް ރީތި ފުޓުބޯޅައެއް ކުޅޭނަމަ ކުޅިބެލުންތެރުންގެ ޝައުގުވެރިކަން އިތުރުވެގެން ދާނެކަމަށެވެ.

ފެސްކޯ ބުނީ ޖުމްލަ ގޮތެއްގައި ވެލެންސިއާގެ ކުޅުމާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، ނަމަވެސް މެޗުގައި ވަތް ހަމައެކަނި ލަނޑު ވަނީ ޑިފެންސް ލައިނުން ހެދި ބޮޑު ގޯހެއްގެ ސަބަބުން ކަމަށެވެ. ފެސްކޯ ބުނީ އެއީ ޑިފެންޑަރަކަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށާއި، ނަމަވެސް އެއްވެސް މީހަކު ގަސްތުގައި އެވަރުގެ ގޯހެއް ހަދައިފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެގޮތުން މެޗު ކުޅެން ޖެހުނީ ވިއްސާރާގައި ކަމުން ޑިފެންޑަރަށް އުނދަގޫތަކާއި ކުރިމަތި ވާނެ ކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ދެވަނަ ބުރުގެ ފުރަތަމަ މެޗުންވެސް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން، މިހާރު ވިސްނުން ބަދަލުކުރަން ޖެހިއްޖެ ކަމަށެވެ. އެގޮތުން މިހާރު ޓީމު އޮތް ހާލަތަށް ބަލާނަމަ ގަދަ 4 އިން ފުރުސަތު ހޯދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެންކަމުން މަޑުމަޑުން ވިސްނުން ބަދަލުކުރާނެ ކަމަށްވެސް ފެސްކޯ ބުންޏެވެ.

މާލެ ލީގުގައި ވެލެންސިއާ އޮތީ ކުޅުނު 8 މެޗުން ލިބުނު 1 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު