Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޯސްޓާ އާއި ހަޒާޑް

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

ރެއާލް މެޑްރިޑުން ވަނީ ހަޒާޑް ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅާފައިކަމަށް ރިޕޯޓްތައް ބުނޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 14:19
ޗެލްސީގެ އެޑެން ހަޒާޑް (ވ) އާއި ޑިއެގޯ ކޯސްޓާ (ކ)

ޗެލްސީގެ އެޑެން ހަޒާޑް (ވ) އާއި ޑިއެގޯ ކޯސްޓާ (ކ)

މި ސީޒަނަށްފަހު ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް އަދި ސްޕެއިންގެ ސްޓްރައިކަރު ޑިއެގޯ ކޯސްޓާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ދަ ސަން އިން ބުނީ މި ސީޒަނަށްފަހު ކޯސްޓާ އަދި ހަޒާޑް ޗެލްސީ ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އެގޮތުން އެ ދެ ކުޅުންތެރިން ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އޭނާގެ ބޭނުން ނުހިފޭނެކަމަށް ބުނެފައިވާ ކަމަށާއި، އެގޮތުން އޭނާގެ ކުރިމަގަށް ގޮތެއް ނިންމުމަށް ޗެލްސީގެ ބޯޑަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކްލަބުން ތައްޔާރުކުރަމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގަވެސް ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ކޯސްޓާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އެ ހުށަހެޅުންތައް ރިޖެކްޓްކޮށްފައެވެ. ޗައިނާ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެވެސް ގިނަ ކްލަބްތަކުން އަންނަނީ ކޯސްޓާއަށް ފާރަލަމުންނެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް ޗެލްސީ ދޫކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތެއް ހަޒާޑް ދީފައެއްނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުން އަންނަނީ ހަޒާޑް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން 100 މިލިއަން ޕައުންޑުގެ އަގުހުރި ބިޑެއްވެސް އެ ކްލަބުން ތައްޔާރުކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ލިއްލޭ އިން 2007 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 248 މެޗުގައި 72 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުން އޭނާ ވަނީ އެޓީމަށް ކުޅުނު 76 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްދީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އެޓީމު ކޮލިފައިކޮށްދިނުމުގެ އިތުރުން މުބާރާތުގެ ސެމީ އަށް އެޓީމުގެ ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު