Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

ކުވައިތުން ދަނީ ގަތަރުގެ މައްސަލައަށް ހައްްލު ހޯދުމަށްޓަކައި މެދުވެރިއެއްގެ ރޯލް އަދާކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 05:40
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން

ގަތަރުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފިއެވެ.

ގަލްފް ސަރަހައްދަށް ޓިލާސަން ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ގަތަރާއި އަދި ސައުދީ އަށް ވެސް ޒިޔާރަތް ކުރައްވަފާނެ ކަމަަށް ރިޕޯޓުތައް ބުނެއެވެ.

ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓިލާސަން ވަނީ ކުވައިތުގެ އަމީރު ޝެއިޚް ސަބާހް އަލް-އަހްމަދު އަލް-ސަބާހް އާއި އަދި ކުވައިތުގެ އެހެނިހެން އިސް އޮފިޝަލުންނާ ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ޓިލާސަން އަށް ކުވައިތުގެ އަމީރު ވިދާޅުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ، އެބޭފުޅުން މަސަައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ހަމައެކަނި އެބޭފުޅުންނާއި ގުޅޭ މައްސަލައެއް ހައްލު ކުރެއްވުމަށް ނޫން ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ މުޅި ދުނިޔެއާ ގުޅިފައިވާ މައްސަލައެއް ހައްލު ކުރެއްވުމަށް ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. އެ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިއާއެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން ދަނީ ގަތަރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ދާދިފަހުން ސައުދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ވަނީ ގަަތަރަށް 13 ޑިމާންޑެއް ވެސް ކޮށްފައެވެ. ގަތަރުން ވަނީ އެ ޝަރުތުތަައް ގަބޫލު ނުކޮށްފައެވެ. ގަތަރާއި ގުޅުން ކަނޑާލައިފައިވާ ހަތަރު ގައުމަކުން ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ބޯނުލެނބުމުގެ ސަބަބުން ގަތަރަށް އިތުރު ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށް ވެސް އެގައުމުތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު