Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

އީޔޫއިން ވަކިވުމުގެ މަޝްވަރާތައް ގެންދާގޮތުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އިނގިރޭސިންނަށް ފާޑުވިދާޅުވެއްޖެ

އީޔޫއިން ކުރިންވަނީ އިނގިރޭސި ވިލާތުން ތިން ކަމެއް ހައްލު ނުކުރަނީސް ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ބުނެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އޯގަސްޓު 2017 | ބުދަ 06:36
ޖަންކަރ ވިދާޅުވީ ވަކިވުމުގެ ބިލްގެ ކަންކަން ހަމަ ނުޖެއްސެނީސް އީޔޫއާ އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ނުކުރެވޭނެކަމަށް

ޖަންކަރ ވިދާޅުވީ ވަކިވުމުގެ ބިލްގެ ކަންކަން ހަމަ ނުޖެއްސެނީސް އީޔޫއާ އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ނުކުރެވޭނެކަމަށް

މިހާތަނަށް ހުށަހެޅުނު އެއްވެސް ކަރުދާހެއް އެކަށީގެންވާވަރު ނުވާކަމަށް ވިދާޅުވެ ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އިނގިރޭސީ ވިލާތުން އީޔޫއިން ވަކިވުމަށް ކުރަމުންދާ މަޝްވަރާތަކަށް ފާޑުވިދާޅުވެއްޖެއެވެ.

ޖީން ކްލައުޑް ޖަންކަރ ވިދާޅުވީ ވަކިވުމުގެ ބިލްގެ ކަންކަން ހަމަ ނުޖެއްސެނީސް އީޔޫއާ އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ނުކުރެވޭނެކަމަށެވެ.

ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ އިނގިރޭސި ވިލާތް އޮތީ "ރަނގަޅު މަގާމެއް"ގައި ކަމަށެވެ.

ނަމަވެސް މަޝްވަރާތަކުގައީ އީޔޫގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ އިސްވެރިޔާ މައިކަލް ބާނިއަރ ވިދާޅުވީ ބްރެކްސިޓް ސެކްރެޓަރީ ޑޭވިޑް ޑޭވިސް ސީރިއަސް ކަމާއެކު މަޝްވަރާތައް ފައްޓަވަން ޖެހޭކަމަށެވެ.

އީޔޫއިން ކުރިންވަނީ އިނގިރޭސި ވިލާތުން ތިން ކަމެއް ހައްލު ނުކުރަނީސް ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ބުނެފައެވެ.

އެންމެ ބޮޑަށް އަޅައިގަނެގެން އުޅޭ ނުކުތާއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ކުރިން އިނގިރޭސި ވިލާތުގައި މަސައްކަތް ކުރަމުންދިޔަ އީޔޫގެ ގައުމުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް އަދި އީޔޫގެ ގައުމުތަކުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ހައްގުތަކެވެ.

އީޔޫގެ ފަރާތުން މަޝްވަރާކުރައްވާ ފަރާތްތަކުންވަނީ އަޔަރލޭންޑްގެ ސަރަހައްދީ ރޮނގާ ބެހޭގޮތުން ނިންމާފައިވާ ނިންމުމާމެދުވެސް ދެކޮޅު ހައްދަވަފައެވެ.އަދި އީޔޫއާ އިނގިރޭސިވިލާތާދެމެދު ނިންމަންޖެހޭ މާލީ ކަންކަންވެސް ނިމެންޖެހޭނެކަމަށްވަނީ ބުނެފައެވެ.

ނަމަވެސް އިނގިރޭސިވިލާތުން ބުނެފައިވަނީ މަޝްވަރާގައި އެގައުމުން ގެންގުޅޭ އެންމެ ބޮޑު ކާޑު މަޝްވަރާގެ މިހާ ކުރީކޮޅު ދޫކޮށް ނުލާނެ ކަމަށެވެ.

އިނގިރޭސިވިލާތުން އޮތްގޮތް ހާމަކޮށް އެގައުމުންވަނީ އޯގަސްޓްމަހު ކަރުދާހެއް ޝާއިއުކޮށްފައެވެ. އޭގެ ތެރެއިން އެއް ކަރުދާހެއްގައި ބުނެފައިވަނީ އިނގިރޭސި ވިލާތާއި އީޔޫގެ ބާޒާރުގައި މިހާރުވެސް ހުރި މުދަލަށް އިތުރު މަނާކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ.

މިދިޔަ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި 51.9 އިންސައްތަ ރައްޔިތުން ވޯޓްދީފައިވަނީ އެ ގައުމު ވިލާތުގެ އިއްތިހާދުން ވަކިވުމަށެވެ.

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

އީޔޫއިން ވަކިވިޔަސް އިންތިގާލީ ދެ އަހަރު ދޭން ޖެހޭނެ:އިނގިރޭސި ބޮޑުވަޒީރު

23 ސެޕްޓެމްބަރު 2017
އީޔޫއިން ވަކިވިޔަސް އިންތިގާލީ ދެ އަހަރު ދޭން ޖެހޭނެ:އިނގިރޭސި ބޮޑުވަޒީރު
12 ޖުލައި 2017

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން
11 ޖުލައި 2017

ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

11 ޖުލައި 2017
ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި
11 ޖޫން 2017

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
10 ޖޫން 2017

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު