Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާންސެލާ އެންގެލާ މާކެލް

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް ކަމަަށް ޗާންސެލާ މާކެލް ވަނީ ކުރިން ވިދާޅުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 10:10
އެންގެލާ މާކެލް

އެންގެލާ މާކެލް

އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމުގެ މަޝްވަރާތައް ތާވަލު ކުރެވިފައިވާ ތާރީޚުގައި ބޭއްވުމަށް އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ އާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކެލް ވިދާޅުވެއްޖެއެވެ.

މާކެލް މެސްސިކޯގައި ހުންނަވާ ވިދާޅުވީ ތާވަލާ އެއްގޮތަށް ކަންކަން ގެންދަން ތައްޔާރު ކަމަށާއި އިނގިރޭސި ވިލާތުގެ އިންތިޚާބުގެ ނަތީޖާއަށް ތިބީ ބަަލަން ކަމަށެވެ. އީޔޫ އިން ވަކކިވުމުގެ މަޝްވަރާތައް 19 ޖޫންގައި ފެށުމަށް ވަނީ ތާވަލު ކުރެވިފައެެެވެ.

މާކެލް މިހެން ވިދާޅުވި އިރު، އެކަމަނާ ވަނީ ތާވަލު ކުރެވިފައިވާ ތާރީޚަށް އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ބޭއްވުމަށް ހުރަސްތަކެއް ނެތް ކަމަށް ކުރިން ވިދާޅުވެފައެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް ހުރަސްތަކެއް ދިމާވެދާނެ ކަމަށް ބެލެެވެން ފެށީ، ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑު ވަޒީރަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއި ގުޅިގެންނެވެ. ބޮޑު ވަޒީރު މޭ ގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބުނަސް މެޖޯރިޓީ ވަނީ ގެއްލިފައެވެ. ބޮޑު ވަޒީރު ތެރީސާ މޭގެ ކޮންޒަވޭޓިވް ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގައި ސާފު އަޣުލަބިއްޔަތު ގެއްލިފައިވާއިރު، އެކަަމަނާ މެޖޯރިޓީ ހޯއްދެވުމަށް އަށް މެމްބަރުން ބޭނުންވެއެވެ. ބޮޑު ވަޒީރު މޭ އަވަސް އިންތިޚާބަކަށް ގޮވާލެއްވީ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް އަވަސްކުރެއްވުމަށް ގާނޫނު ހަދާ މަޖިލީހުގައި އެކަމަނާގެ ސަރުކާރުގެ ބާރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ބޭނުންފުޅުގައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ މި ވަނީ ދިމާ އިދިކޮޅަށް ނުކުމެފައެވެ. ބޯޑު ވަޒީރު މޭ ވިދާޅުވެފައި ވަނީ އެކަމަނާ އާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށާއި، އެކަން ކުރައްވާނީ އިންތިޚާބުގައި 10 ގޮނޑި ލިބުނު ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ) އާއި އެކުގައި ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީ އަށް ލިބުނީ 318 ގޮނޑި އެވެ. އިދި ކޮޅު އެންމެ ބޮޑު ޕާޓީ، ލޭބާ ޕާޓީއަށް ލިބުނީ 262 ކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު