Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަލީ ޒާހިރު

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

ޢަލީ ޒާހިރު ވިދާޅުވީ ގޯލް ކީޕަރުވެސް އުޅެނީ އިދިކޮޅު ގޯލަށް ގޯލް ޖެހޭތޯ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 މާރިޗު 2017 | އާދީއްތަ 19:28
އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު

މިހާރު ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޔޫއޯގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަދި މިވަގުތު އަދާލަތު ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ޢަލީ ޒާހިރު މިހެން ވިދާޅުވީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ސަރުކާރަށް ނުހަނު ގިނައިން ފާޑުވިދާޅުވާ ޢަލީ ޒާހިރު ކުރެއްވި ޓްވީޓުގައި ސަރުކާރަށް އިޝާރާތްކޮށް ވިދާޅުވެފައިވަނީ ފެންނަމުން ދަނީ ހުރިހާ ދިމާލަކުންވެސް ޑެފެންސަށް ކުޅެމުންދާ މަންޒަރު ކަމަށެވެ. އަދި ގޯލް ކީޕަރުވެސް އަރާ އިދިކޮޅު ހާފް ގޯލަށް ޖެހޭތޯ އުޅޭތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިވަޑައިގެންފައިވާ ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވާ އެނބުރި ޤައުމަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަދި ފެތުރެމުންދާ ވައިރަލް ރޯގާގެ ސަބަބުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޕެނަޑޯލް ފަދަ ބޭސް ބެއްސެވުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމާއި މަޖިލީހުގެ ބައެއް މެންބަރުން އުޅުއްވާފައިވާތީ އެކަމަށް ފާޑު ކިޔަމުންދާ ދުވަސްވަރެއްގައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި މިމަހުގެ 27 ގައި އެކަމަށް ނަގާ ވޯޓު ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނަމުންދަނިކޮށެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
13 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު