Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލްކައުންސިލްޝާހިދުއިދި

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މިސަރުކާރަކީ ލާމަރުކަޒީ ނިޒާމް ދަންނަ އަދި އެނިޒާމް ބޭނުންވާ ސަރުކާރެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 03:47
ޝާހިދު: ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ޝާހިދު: ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި މީހަކަށްވާ މީހަކު މިހާރު ހުރީ އިދިކޮޅު ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށާއި މިހާރު މިދަނީ ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ކުރާ ދަތުރުތަކުގައި ހދ. ވައިކަރަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ސަފުތައް އިތުރުވެ ފުޅާވެ ވަރުގަދަވަމުންދާ ނިސްބަތް އިތުރު ކަމަށާއި ރާއްޖޭގައި މީހަކަށްވާ ކަހަލަ މީހަކު ހުރިނަމަ މިހާރު ހުރީ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ. އެގޮތުން ރީނދޫ ކުލައިން ފެށުނު ލަޝްކަރުގައި މިހާރު ހުރިހާ ކުލަތަކެއްގެ ބޭފުޅުން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން މިކިޔާލަނީ ރާއްޖޭގައި މީހަކަށްވާކަހަލަ މީހަކު ވިއްޔާ މިތިބީ އަޅުގަނޑުމެންނާ އެކީގަ. އަޅުގަނޑުމެން ފަށައިގަތީ ރީނދޫ ކުލައިން މިހާރު އެކުލަ ފެހިކުލައަށް. ފެހިކުލަ ރަތް ކުލައަށް. ރަތްކުލަ އެކުލަ މިކުލައަށް ވަމުންގޮސް މިހާރު މިއޮތީ ދުނިޔޭގައި ލެއްވިހާ ކުލައެއް އަޅުގަނޑުމެންނާ އަތުގުޅާލައިގެން. އަޅުގަނޑުމެން މިހާރު މިދަނީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކޮށްލަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަތާއިއަތް ގުޅާލައިގެން ނުކުމެ މިތިބީ ހުދުމުޚްތާރު ވެރިއެއް ބަލިކޮށްލުމުގެ ބޭނުމުގައި ކަމަށާއި ރައްޔިތުންނަށް އަނިޔާވެރި ވެރިއެއްގެ ނިމުން ގެނައުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރަކީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައިވާ ސަރުކާރެއް ކަމަށާއި މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އިތުބާރުކުރާ ސަރުކާރެއް ނޫން ކަމަށެވެ.އަދި ރައްޔިތުންނަށް އިހުތިރާމެއް ނެތް ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް އެއްޗެއް ދޭނެ ސަރުކާރެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރަކީ ލާމަރުކަޒީ ނިޒާމް ދަންނަ އަދި އެނިޒާމް ބޭނުންވާ ސަރުކާރެއް ނޫންކަމަށާއި މިސަރުކާރުގެ ނިޒާމަކީ މާލޭގެ ފިނިކޮޓަރީގައި އިންނަވާ ވަޒީރު ބޭނުންވާ ގޮތަކަށް ރަށްރަށުގެ ކަންކަން ކުރުވުން ކަމަށެވެ. އެހެންނަމަވެސް އެއީ ކަންކަން ކުރެވޭނެ ގޮތް ނޫންކަމަށް ވިދާޅުވީ އެގޮތް ބަދަލު ކުރުމަށް ޓަކައި ޤާނޫން އަސާސީގައި ލާމަރުކަޒީ ނިޒާމްގެ ބާބު ލިޔުނީ އެމްޑީޕީން ވަކާލާތުކޮށްގެން އެމްޑީޕީން ރައްޔިތުން ތަރައްޤީއަށްޓަކައި އެކަން ކުރަން ބޭނުންވާތީ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު