Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޔޫއޯ

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

ފ އަތޮޅު ވިއްކާލުން ސަލާމަތް ކުރެވޭނީ ރައްޔިތުންނަށް ބާރު ލިބިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 06:33
ޑރ ޑީޑީ: ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

ޑރ ޑީޑީ: ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

މިރާއްޖެ ހިމާޔަތް ކުރުމަށް ވެސް އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށާއި ނޫން ނަމަ ރައީސް ޔާމީންގެ ސަރުކާރުން މުޅިރާއްޖެ ވިއްކާލާފައި 2018 ގައި ފިއްލަވާފާނެ ކަމުގެ އިޝާރާތްތަކެއް ދަނީ ފެންނަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

އެމްޔޫއޯއިން އާދީއްތަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިއަދު މިރާއްޖެއަށް ދިމާވެގެން މިއުޅޭ މައިގަނޑު މައްސަލަ ދިމާވެގެން މިއުޅޭ ސަބަބުގެ ގޮތުން ވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމަނިކުފާނުގެ ސަރުކާރަށް ބޭނުންވާ ސަބަބު ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައީސް ޔާމީން އެއުޅުއްވަނީ ދަރަނިން އަރައި ނުގަނެވިގެން ކަމަށެވެ.

ދަރަނި އަދާކުރުމަށްޓަކައި މިއަދު އަނެއްކާ ވެސް ދަރަންޏަށް ލޯނު ނަގަމުންދާ ކަމަށާއި ދަރަންޏަށް ލޯނު ނަގައިގެން ވެސް ދަރަނި އަދާ ނުކުރެވުމުން ދެން ސަރުކާރުން ދެން އުޅެނީ އަތޮޅުތައް ވިއްކާލުމަށް ކަމަށް ޑީޑީ ވިދާޅުވިއެވެ.

ފ އަތޮޅުގެ ދެގޮނޑި ވެސް އޮތީ ރައީސް ޔާމީނަށް ކަމަށާއި ފ. އަތޮޅު ވިއްކާލުމުގެ މަސައްކަތް ރައީސް ޔާމީން އެކުރައްވަނީ އެހެންވެގެން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ އެކަން އެހެން ވިޔަނުދިނުމަށްޓަކައި ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ މުށުތެރޭގައި އޮތުން މުހިއްމުވާ ކަމަށާއި ލޯކަލް ކައުންސިލްގެ މެޖޯރިޓީ އެމްޔޫއޯއަށް ދޭން ޖެހެނީ އެހެންވެގެން ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ އެމްޔޫއޯގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުން ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ކަށަވަރުކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އޭރުން ރައީސް ޔާމީން ބޭނުން ވާހާ ގޮތަކަށް ފަޅުތަކެއް، ރަށްތަކެއް ނުވިއްކޭނޭ ކަމަށް ވެސް ޑީޑީ ވިދާޅުވިއެވެ.

ރާއްޖެ ތަރައްޤީ ކުރެވޭނީ ލޯކަލް ކައުންސިލް މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ މާލެ ސިޓީގައި އޮތީ ރައީސް ޔާމީނަށް މެޖޯރިޓީ އޮތް ކައުންސިލެއް ނޫން ކަމަށާއި މާލޭގައި ބޭކާރު އެތައް ޚަރަދެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު