Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔަތީމުޚާނާއަށް ލީ ކުދިން

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

ތިން ކުދިން ރާއްޖެ ނުގެނެވި އިންޑިއާގައި ތާށިވެފައިވާ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 11:34
ުައިންޑިއާގެ ޔަތީމްޚާނާއަކަށް ލި ބަޝީރުގެ ތިން ދަރިންގެ ތެރެއިން ކުއްޖަކު، ހޮޓެލްގެ ކުޑަ ދޮރުން ބޭރު ބަލަނީ

ުައިންޑިއާގެ ޔަތީމްޚާނާއަކަށް ލި ބަޝީރުގެ ތިން ދަރިންގެ ތެރެއިން ކުއްޖަކު، ހޮޓެލްގެ ކުޑަ ދޮރުން ބޭރު ބަލަނީ

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖުހުނު ދިވެހި ކުދިންތަކެއް ރާއްޖެ ނުގެނެވި އެ ގައުމުގައި ތާށިވެފައިވާ މައްސަލަ ތަޙްގީގް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ބުނެފިއެވެ.

"ހިތްދަތި އާދޭސް" ނަމުގައި ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ޑޮކިއުމަންޓްރީއަށް ފަހު ޖެންޑަރ މިނިސްޓްރީން ބުނީ އެ ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު އެކުދިން ދިރިއުޅެން ޖެހި، ރާއްޖެ ނުގެނެވި އެގައުމުގައި ތާށިވެފައިވާ މައްސަލަ ހުށައަޅާފައި ވަނީ އެކުދިންގެ އާއިލާގެ ފަރާތުން ކަމަށް ވެސް މިނިސްޓްރީން ބުންޏެއެވެ.

Advertisement - newsAdvertisement

ޔަތީމުޚާނާގައި ކުދިންނަށް އަނިޔާ ލިބުނު މައްސަލާއާ ގުޅޭ ގޮތުން މިނިސްޓްރީން ބުނެފައި ވަނީ އެ މައްސަލައަކީ ތަހްގީގް ކުރަމުން އަންނަ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލެއް މީޑިއާއަށް ދެވެން ނެތް ކަމަށެވެ. އަދި އެކުދިންގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރަންޖެހޭ ހިސާބުން އެކަން ކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެއެވެ.

ޖެންޑަރ މިނިސްޓްރީން މައްސަލަ ހުށެއެޅުމުން އާއިލާއަށް ދީފައިވާ ލިޔުން

ޔާތީމްޚާނާގައި އަނިޔާލިބިފައި ވަނީ އއ.އުކުޅަސް، ރައްޔިތެއް ކަމަށްވާ އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. އެކުދިން ޔަތީމްޚާނާއިން ނެރެފައި ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގެ އެހީތެރިކަމާ އެކުގައެވެ. އެހެން ނަމަވެސް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު އެކުދިން މަންމަ ފާތުމާ ކައިރީގައި ބޭތިއްބުމަށް މައްސަލަ ނިންމާފައި ވަތީ މިހާރު އެކުދިން ތިބީ ރާއްޖެ ނުގެނެވި އެ ގައުމުގައި ތާށިވެފައެވެ.

އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުއެވެ.

"އަޅުގަނޑުމެން މާލެ އައިސް ވަގުތުން ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށައެޅިން، ފުލުހުންވެސް އަދި އެހެން މުއައްސަސާތަކުން ވެސް ދިން ޖަވާބަކީ ރާއްޖެއާއި އިންޑިއާއި ދޭތެރެއަކު ނޯވެއޭ މީހުން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ވެސް، އެގްރިމެންޓެއް ވެސް ހެދިފައެއް ނެތޭ، ތިޔަކަމުގައި އެއްވެސް މަސައްކަތެއް ކޮށްދެވެން ނެތް ކަމަށް ބުނެ ދިން ޖަވާބު ވެސް އަޅުނޑުގައި އަތުގައި އެބަ އޮތް" ނައީމް ބުންޏެއެވެ. "އަޅުގަނޑު ބުނިން އަޅުގަނޑު މިއުޅޭނީ ދިވެހި ޕާސްޕޯޓުގައި ތިބި ދިވެހިންގެ ތިން ކުދިން ، ރާއްޖޭގެ ރަޖިސްޓްރީގައި ތިބި ތިންކުދިން ޔާތީމްހާނާއެއްގައި އަނިޔާލިބެމުންދާތީ ކަމަށް، ދައުލަތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް އެދުމުން ވެސް އެބޭފުޅުން އެކަމެއް ނުކޮށްދިން."

ބަޝީރުގެ އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ބައްޕަ އަބްދުﷲ ނައީމް ބުނީ ކުދިން ގޮވައިގެން އިންޑިއާއަށް ދިއުމަށް ފަހު ފާތިމާ ގެންދިއައީ ބަޝީރާ އެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ ކުދިން ވެސް ބަޝީރާ ހަވާލުކުރުމަށް ދެކޮޅުހަދަމުން ކަމަށެވެ.

"ތިން ފަހަރު ބަސީރު އިންޑިއާއަށް ގޮސް އޭނާގެ އަންހެނުންނާއި ބައްދަލުކުރި، ބައްދަލުކޮށްފައި އުކުދިންގެ ވިސާ ހަމަވަނީއޭ ޕާސްޕޯޓް ދިނުމަށް އެދުމުން އޭނާގެ އަންހެނުން ބުނީ ޕާސްޕޯޓް ވަނީ މީހެއްގެ އަތުގައި އޭ ޕާސްޕޯޓެއް ނުދޭނަމޭ، އަންހެން މީހާ ބުނަނީ ބަސީރު އާއި އެކު އުޅޭހިތްނުވާކަމަށް، އަދި އޭނާ މަރާލަންޖެހުނަސް ތިން ކުދިންނެން ރާއްޖެ ނުފޮނުވާނެ ކަމަށް ބުނި" ރާއްޖެ ޓީވީން ތައްޔާރުކުރި "ހިތްދަތި ދިރިއުޅުން" ޑޮކިއުމެންޓްރީގައި ނައީމް ބުނެއެވެ.

ޔަތީމުޚާނާގައި ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ބަޝީރު ބުނާއިރު އެކުދިންގެ ގައިން އެފަދަ ނިޝާންތައް ފެންނަން ހުއްޓެވެ. ރާއްޖެ ޓީވީގެ މުހައްމަދު ވިސާމް ވަނީ އެ ތަނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަ ދައްކައި ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

ބަޝީރުގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއެއްގެ ފައި ފާރުވެފައި

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެ ވެސް މުއްދަތު ވަނީ ހަމަވެފައެވެ. އެހެން ކަމުން އެ ކުދިން މިހާރު ތިބީ "ބަންދެއްގަ" އެވެ.

އިންޑިއާގެ ރައްޔިތުންނާ ދިވެހި ފިރިހެނުން ކައިވެނިކޮށްގެން ދިމާވާ މިފަދަ މައްސަލަތަކުގެ ޚާއްސަ ތަފާސްހިސާބެއް ނެތް ނަމަވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު