Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްރީހޯލްޑް ކުރުން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުމަކީ ބިން މިލްކު ކުރުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 12:19
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

އިގްތިސާދީ ގޮތުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެންމެ ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވާ ކަންކަމެވެ. ރާއްޖޭގައި މިހާރު އެންމެ ބޮޑަށް، ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ އަކީ ފ. އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލުން ނުވަތަ މިލްކުވާ ގޮތަށް ދިނުމުގެ ވާހަކަ އެވެ. ގައުމުގެ ބިމުން ބައެއް އެއްކޮށް ދިނުމުގެ ވާހަކަ އަކީ، ހިކިފަސް ބިން މަދު ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

ބިން ވިއްކުމުގެ ވާހަކައާ ދެކޮޅަށް ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ތާ އަބަދު ފާޑު ކިޔަމުންދާ އިރު ސަރުކާރުން ވެސް ވަނީ ފްރީހޯލްޑް އުސޫލުން ފ. އަތޮޅުން ބިން ދޫކުރުމަށް ނިންމާފައިވާ އިރު އެއީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަން ފާހަގަކޮށްފަ އެވެ. 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ މާނައަކީ ކޮންމެހެން އެ އަދަދަށް ފައިސާ ސަރުކާރަށް ލިބުން ނޫން ކަމަށްވެސް ވެދާނެ އެވެ. އޭގެ މާނައަކީ އެތަކުގައި އެވަރުގެ އިންވެސްޓްމެންޓެއް ކުރެވޭނެ ވާހަކަ އެވެ.

ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުގެ މާނައަކީ ބަޔަކަށް ބިން އެއްކޮށް ވިއްކާލުމެވެ. އެ ބިން ގަންނަ މީހާ، މަރުވުމުން އެބިން ވާރުތަވާނީވެސް އެ ބިން ގަތް މީހާގެ އާއިލާ އަށެވެ. އެ ބިމަށް ހަދަން ބޭނުން ކޮންމެ ގޮތެއް ހެދުމުގެ ބާރު ލިބޭނެ އެވެ. ބޭނުންވެއްޖެ ހާލަތެއްގައި އެހެން ބަޔަކަށް ވިއްކާވެސް ލެވިދާނެ އެވެ. ނުވަތަ ކުއްޔަށްވެސް ދެވިދާނެ އެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ބިން ގަތުމަކުގެ ނިޒާމަކީ ހަމައެކަނި އެގައުމެއްގެ އިގްތިސާދާ ގުޅިފައިވާ ކަމެއްގެ ބަދަލުގައި އެގައުމެއްގެ ރައްޔިތުންނާ ސަގާފަތާ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިލާމެހިފައިވާ ކަމެކެވެ. އެހެން ކަމުން ބިމާ ގުޅޭ ކަންކަމަކީ މީހުންގެ ޖަޖްބާތުތަކާ ގުޅިލާމެހިފައިވާ ކަމެކެވެ. ޚާއްސަކޮށް ރަށްފުށުގެ ރައްޔިތުންނަށް މިކަމުގެ އަސަރު ކުރާލެއް ބޮޑުވެ އެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމާއި އާމްދަނީ ހޯދުމުގެ ކަންކަން އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ދިރިއުޅޭ ސަރަހައްދުގެ ބިން ޝާމިލުވާ ކަންކަމަށެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑާ ބިން ތަކަކީ ހަމަގައިމުވެސް އެންމެ މުހިއްމު ތަންތަނެވެ. ޚާއްސަކޮށް ރާއްޖޭގައި މަސްވެރިކަންކުރާ ފަރާތްތަކަށް ފްރީހޯލްޑް އުސޫލުން ގައުމުގެ ބައެއް ދިނުމުން، އެއްވެސް ހުރަސްތަކެއް ނެތި މަސްވެރިކަންކުރާ ފަރާތްތަކަށް ކުއްލިއަކަށް ވަކި ސަރަހައްދުތަކަށް ނުވަދެވޭނެއޭ ބުނުމުން އެކަން ބަލައިގަންނަން ފަސޭހަ ނުވެދާނެ އެވެ.

ކޮންމެ އަކަސް ބިން މިލްކު ކުރެވޭ ގޮތްވުމަކީ ހަމައެކަނި ރާއްޖޭން ކުރަން އުޅޭ ކަމެއްވެސް ނޫނެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެކި އުސޫލުތަކުގެ ތެރެއިންވެސް ކުރަމުން އަންނަ ކަމެކެވެ.

މިދިއަ އަހަރުގެ އާއްމުކޮށްފައިވާ ފައިނޭޝަންޝިއަލް ފްރީޑަމް އިންޑެސްގައި ހާމަކޮށްފައިވާ ގޮތުން ފްރީހޯލްޑް އުސޫލުން ނުވަތަ މިލްކު ކުރެވޭ ގޮތަށް އިންވެސްޓަރުންނަށް ބިން ދޫކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ރަޝިއާ، އާޖެންޓީނާ، ބްރެޒިލް، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަށް ހިމެނެ އެވެ. އޭޝިޔާގެ ގައުމުތަކަށް ބަލާ އިރު އިންޑިޔާ، ޕާކިސްތާން، މެލޭޝިއާ، ތައިލެންޑް އަދި ސންގަޕޫރުފަދަ ގައުމުތަށް ހިމެނެ އެވެ. ބިން ފްރީހޯލްޑް އުސޫލުން ދޫނުކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އަފްގާނިސްތާނު، އީރާނު، އިންޑޮނޭޝިއާ، ފަދަ ގައުމުތަށް ހިމެނެ އެވެ. މުޅިން ފްރީހޯލްޑް އަށް ނުދީ އެހެން ނަމަވެސް ވަކި އުސޫލުތަކެއް ނުވަތަ ޝަރުުތުތަކެއްގެ ތެރެއިން ބިން ދޫކުރާ ގައުމުތަކުގެ ތެރޭގައި ލީބިޔާ، އޮސްޓްރޭލިއާ، ސްރީލަންކާ ފަދަ ގައުމުތައް ހިމެނެ އެވެ.

ރައްޖޭގައި ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ އިރު ރާއްޖޭގެ ބިމަކީ ލިމިޓެޑް ރިސޯސްއަކަށް ވުމުން، ބިން މިފަދަ ގޮތަކަށް ދޫކުރުމަށް ކުރާނެ އަސަރު ތަފާތެވެ.

އިނގިރޭސިވިލާތުގައި ފްރީ ހޯލްޑް އުސޫލުން ބިން ގަތުމުން އެބިން އެހެން ފަރާތަކަށް ވިއްކުމާއި، އެ ބިމަށް ބޭނުންވާ ކޮންމެ ގޮތެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ލީސްހޯލްޑް އުސޫލުން ބިން ގަތުމުން އެ ބިން 50 އަހަރާއި 75 އަހަރާއި 99 އަހަރަށް ގަތުމުގެ ފުރުސަތު ބޮޑުވެގެންދާ އިރު ބައެއް ހާލަތްތަކުގައި އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ. ރާއްޖޭގައިވެސް އަންނަނީ މި އުސޫލުގެ ދަށުން ބިން ދޫކުރަމުން ނެވެ.

އިނގިރޭސި ވިލާތުގައި މިދެ ގޮތަށް ވެސް ބިން ގަނެވެ އެވެ. އެހެން ނަމަވެސް ޗައިނާގައި ހަމައެކަނި ބިން ދޫކުރަނީ ލީސްހޯލްޑް އުސޫލުންނެވެ. ސިންގަޕޫރުގައި ފްރީހޯލްޑް އުސޫލުން ބިން ގަނެވެނީ ވަކި ސަރަހައްދުތަކެއްގަ އެވެ. ސްރީ ލަންކާގައި ފްރީ ހޯލްޑަށް އުސޫލުން 1963 ވަނަ އަހަރުން ފެށިގެން ހުޅުވަލާފައިވީ ނަމަވެސް އެގައުމުން 2013 ވަނަ އަހަރުވަނީ މި އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުން ގަންނަ މީހާއަށް ހަމަގައިމުވެސް ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ. އެގޮތުން ފްރީ ހޯލްޑް އުސޫލުން ތަނެއް ގަންނަން ބޭނުން ނަމަ، އަގު ބޮޑުވި ނަމަވެސް ބިން މިލްކު ކުރުމަކީ ހަމަގައިމުވެސް މުސްތަގްބަލަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެކެވެ. ނަމަވެސް ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުން ބިން ވިއްކާ ފަރާތަކަށް ލިބޭނީ ހަމައެކަނި އެބިމެއް ގަތުމުން ލިބޭ އަގެވެ.

މާބޮޑު ޕްލޭނެއް ނެތި، ހާސިލް ކުރާނެ ލަނޑުދަނޑިތަކެއް ކަނޑަނާޅާ ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމަށް، ގައުމަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބޭނެ އެވެ. ބިންވެރިކަމަކީ، ހަމަގައިމުވެސް ގައުމެއް ބާރުވެރިކަން ދައްކުވައިދޭ އެއްޗަކަށްވާ އިރު އެންމެ އިހު ޒަމާނުގައި ގައުމުތަށް ހިސާރު ކުރަނީވެސް، އެބައެއްގެ ބާރުވެރިކަށް އިތުރު ކުރުމަށެވެ.

ރާއްޖެއަކީ އުފެދުމުގައިވެސް ހިކިފަސް ބިން މަދު ގައުމަކަށްވާއިރު ދެމެހެއްޓެވިނި ގޮތެއްގައި ބިން ބޭނުން ކުރުމާއި، ކުރިއަށް ޖީލްތަކަށް ފާގަަދިކަން ލިބޭނެ ގޮތަކަށް ގައުމުގެ ކަންކަން ޕްލޭން ކުރަންޖެހެ އެވެ. އެއްވެސް ޕްލޭނެއް ނެތި ބިން ދޫކުރުމުން، މިގައުމަށް ފަހަރުގައި ބޭރުގެ ނުޒޫފުތައް އިތުރުވެ، ގައުމުގެ މިނިވަންކަމަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެ ކަމާ މެދު ވެސް ވިންނަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު