Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެޑްރީގެ ފިލްމީ ހަޔާތް

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ  އާދަޔާ ހިލާފު  އަދި ތަފާތު ކަމަކީ ރައިސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މޫދު އަޑީގައި ބޭއްވި "ކެބިނެޓް ލައިވް"

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 09:39
ޓެޑްރީ ރާއްޖެއެމްވީއަށް އިންޓަވިއު ދެނީ

ޓެޑްރީ ރާއްޖެއެމްވީއަށް އިންޓަވިއު ދެނީ

އޭނާގެ ހުރި ސިފަތަކުގެ ތެރެއިން މިހާތަނަށް ކާމިޔާބު ނުވެ އޮތްކަމަކީ އަދި "ވީކްނެސް"އަކީ މިއަދު ކުރެވޭ ކަންތައްތައް މާދަމާއަށް ލަސް ކުރުން ކަމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު މުހައްމަދު ނިޔާޒް ޓެޑްރީ ބުނެފިއެވެ.

އެންމެ ފިލްމަކުން މުޅި ފިލްމް އިންޑަސްޓްރީ ފަތަހަކުރި ޓެޑްރީ ފިލްމީ ދާއިރާގެ މަސައްކަތްތައް ފެށިތާ މި މަހު ވަނީ 30 އަހަރު ފުރިފައެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރީންނަށް ޓެޑްރީ މަޝްހޫރު ވެގެން ދިޔައީ 1994 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ދެރިޔާ" އިންނެވެ. އެއީ މިހާތަނަށް އޭނާ ޑައިރެކްޓްކުރި ހަމައެކަނި ފީޗާ ފިލްމެވެ. އޭގެ ފަހުން 1998 ވަނަ އަހަރު ޓެޑްރީ ޕްރޮޑިއުސްކުރި "އަމާނާތް" އަކީ ވެސް ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވި އެއް ފިލެމެވެ.

ފިލްމީ ހަޔާތަށް 30 އަހަރު ފުރިމާ ގުޅިގެން ޓެޑްރީ ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ކަންކަން ފަސްކުރުމުގެ މައްސަލަ އަށް އޭނާ "މެންޓަލީ ފައިޓް" ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް އޭނާ މަސައްކަތް ފަށައި ވަރުގަދަ އަޒުމެއްގައި ހުރި ކަމަށް ޓެޑްރީ ބުންޏެވެ.

"އަހަރެންގެ އެންމެ ބޮޑު ވީކްނެސްއަކީ މިއަދު ކުރެވެން ހުރި ކަންތައް މާދަމާއަށް އަހަރެން ލަސް ކުރުން. އަހަންނަށް އެކަން އެނގޭ. ކޮންމެހެން އެހެން މީހަކު ނުބުންޏަސް ވެސް. މީހަކު ބުނުމުގެ ކުރިން މަށަށް ވެސް އެނގޭ މިއަދު ކުރެވެން ހުންނަ ކަންތައް މާދަމާއަށް ލަސްކުރުން. އެކަމަށް އަހަރެން މެންޓަލީ އަދި ފިޒިކަލީ ފައިޓް ކޮށްފިން. އެއީ އަހަންނަށް ކާމިޔާބު ނުވެ އޮތްކަމެއް" ޓެޑްރީ ބުންޏެވެ.

ޓެޑްރީ ވަނީ މި ދާއިރާއަށް 30 އަހަރު ފުރުމާ ގުޅިގެން ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައިވާ ގޮތުން 30 އަހަރު ދާއިރާގައި ހޭދަކުރެވުނު އިރު އެންމެ ބޮޑު އުފަލަކީ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ރިޝްވަތު ދީފައި ނުވުމެވެ.

އެކަމާ ބެހޭ ގޮތުން ޓެޑްރީ ބުނީ މިދާއިރާގައި އުޅޭތާ 30 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކުން ޕްރޮޖެކްޓެއް ހޯދަން އެއްވެސް ބަޔަކަށް އެއްޗެއް ދޭން ބުނެފައި ވެސް ނުވާނެ ކަމަށާއި އެއްޗެއް ހުށައަޅާފައި ވެސް ނުވާނެ ކަމަށެވެ. އެންމެ އުފާވަނީ އެކަމާ ކަމަށް ވެސް ޓެޑްރީ ބުންޏެވެ. އެހެން ނަމަވެސް ރާއްޖޭގައި ނާޖާއިޒު ގޮތުގައި ހޯދާ އާމްދަނީ މިހާރު ޖާއިޒު އެއްޗެއްގެ ގޮތުގައި ވެފައިވާ ކަމަށާއި މިހާރު ރާއްޖޭގައި "ކަޓް" ނުލިބޭ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ނުލިބެއޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ޓެޑްރީ ބުންޏެވެ.

"އެއްވެސް ތަނަކުން ޕްރޮޖެކްޓެއް ހޯދާކަށް އެއްވެސް ބަޔަކަށް އެއްޗެއް ދޭން ބުނެފައެއް އެއްޗެއް ހުށައަޅާފައެއް ދީފައެއް ނޯންނާނެ. އެކަމަކު މި ފަހަކަށް އައިސް ރާއްޖޭގައި ހުރި ކުދިބޮޑު ކުންފުނިތައް މާކެޓް ޑިޕާޓްމެންޓުގައި އެތިބޭ މީހުންނަކީ އެމީހުންނަށް އެއްބަސް ވެވެގޮތަށް ނޫނީ ޕްރޮޖެކްޓެއް ހަމަ ނުލިބޭ ބުންޏަސް ރަނގަޅުވާނެ . މިކިޔާ ކަޓް ނުލިބޭ ގޮތަށް ނޫނީ . އޭގެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެހެން ކަމުން ޔަގީން ކަމާއެކު ބުނެވެން އޮތް ވާހަކައެއް ވީމަ ބުނެލާފައި އެއޮތީ. " ޓެޑްރީ ބުންޏެވެ.

ޓެޑްރީ ގަބޫލު ކުރާ ގޮތުގައި އޭނާގެ ކެރިއާގެ އެންމެ އާދަޔާ ހިލާފު އަދި ތަފާތު ކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މޫދު އަޑީގައި ބޭއްވި "ކެބިނެޓް ލައިވް" ގެ އިވެންޓެވެ. އެދުވަހުގެ ލައިވް މިލިއަނުން ބެލުމަކީ ޓެޑްރީ ބުނީި ގޮތުގައި 30 އަހަރުގެ ކެރިއާގައި އެންމެ "ޕީކް" ވި ދަނޑިވަޅެވެ. އަދި ކަމެއް ހާސިލްވި ކަމުގެ އިހްސާސްވެ ވަރަށް އުފާވި ކަމަށް ޓެޑްރީ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ކެރިއާގައި އެންމެ ފާހަގަ ކުރާކަމަކީ 2009 ވަނަ އަހަރު ޑައިވާސް އެސޯސިއޭޝަނުން ބޭއްވި ކެބިނެޓް ލައިވް. ޑައިވާސް އެސޯސިއޭޝަނުން މުޅި އިވެސްޓާ ހަވާލުވާން އަހަންނަށް ރިކުއެސްޓު ކުރީ. ދެން އިވެންޓް ލައިވްކޮށް މިލިއަނުން އެދުވަހު ބެލި. އަދި އޭގެ އިތުރުން އޭގެ ރިޕީޓް ޓެލެކާސްޓް ވެސް މިލިއަނުން ބެލި،" ޓެޑްރީ ބުންނެވެ.

މީގެ އިތުރުން އިންޑިއާގެ އެމްޓީވީއިން މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ ފުރަތަމަ ދެއްކި ވަގުތަކީ ޓެޑްރީއަށް އާދަޔާ ހިލާފް އުފާވެރި އިހުސާސެއް ކުރުވި ވަގުތު ކަމަށް ޓެޑްރީ ބުންޏެވެ.

ޓެޑްރީގެ ކެރިއަރުގައި މިހާ ހިސާބަށް އާދެވުނު އިރު ކޮންމެ ޕްރޮޖެކްޓެއް ނަގާއިރު އަބަދުވެސް ދެ ކަމަކަށް ބަލައެވެ. އޭގެ ތެރޭގައި ކުރާ ކޮންމެ ކަމެއް ޝައުގުވެރިކަމާއެކު ކުރުމާއި އެންމެ މޮޅަށް އެ މަސައްކަތެއް ކޮށް ނިންމުމަށް އަބަދުވެސް ޓެޑްރީ އިސްކަމެއް ދެއެވެ. ފިލްމީ ދާއިރާގައި 30 އަހަރު ހޭދަކުރި އިރު ބެލުންތެރިންގެ އިންތިޒާރުތަކަށް ނިމުމެއް ގެނައުމަށް ޓެޑްރީ މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި ދިގު ކެރިއަރުގައި ލިބުނު ތަޖުރިބާގެ އަލީގައި މާދަމާ އަށް ފަސްނުކޮށް އޭނާގެ ދެވަނަ ފީޗާ ފިލްމް "ލަސްވިޔަސް" ދާދި އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޓެޑްރީ މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މިއީ ވެސް "ދެރިޔާ" ފަދައިން އިންގިލާބެއް ގެންނޭ ފިލްމެއް ކަމަށް ގިނަ ބަޔަކު މިހާރު ތިބީ އުންމީދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ދިރާގު ޓީވީއަކީ ކޮބާ؟

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު