Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެޑަމް ފާތުންގެ ބޭސް ބެހުން

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

މިނިސްޓްރީތައް ގާބިލުނޫން ކަން ސާބިތުކޮށްދެނީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 18 މާރިޗު 2017 | ހޮނިހިރު 11:01
މެޑަމް ފާތުން ބޭސް ޕެކްކުރުމުގައި މަސައްކަތުގައި

މެޑަމް ފާތުން ބޭސް ޕެކްކުރުމުގައި މަސައްކަތުގައި

މެޑަމް ފާތުމަތު އިބްރާހިމް ދީދީގެ ވަރުގެ މަހާރެހެންދިއެއް ނުލިބޭނެ އެވެ. ހީވާގި އަދި އެހާމެ ފިސާރި ކަނބަލެކެވެ. ފިރިކަލުންގެ މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވަނީ ވަރުބަލި ކަމެއް ނެތި އެވެ. ގާނޫނީ ޒިންމާއެއް ނެތަސް، މުޅި ދައުލަތް އެ ހިންގަވަނީ މިސާލު ދައްކަވަމުންނެވެ. މުޅި ގައުމުގެ ވަތުބަތާނައިގައި އެކަމަނާ އެވެ.

ހަނޑުލެއް، ހަކުރެއް ފުށެއް ކިޔާނެ ކަމެއް ނެތެވެ. ހިތާނުކުރުމުން ފެށިގެން ގޮސް ސްކޫލް ކުދިންނަށް ދަބަސް ވެސް ބައްސަވަނީ އެވެ. ކަދުރުން ފެށި ދަރުމައިގެ މަސައްކަތް، ޕެނެޑޯލް ގުޅައާ ހިސާބަށް ގޮސްފި އެވެ. ހިއުމަން ރިސޯސަސް އަށް ވެސް މިވަރުގެ ކުޅަދާނަ ފަސްޓް ލޭޑީއަކު އުޑު ބަޅު ކުރެއްވި ހިސާބަކު ނެތް ކަހަލަ އެވެ.

މި ދަރުމައިގެ މަސައްކަތް މެޑަމް ކުރައްވާތީ އަރަގަށް ކެތްނުވެގެން ސޯޝަލް މީޑިއާގައި، އުޅޭ މީހުން އެބަ ވަށްވަށްޖަހަ އެވެ. މި ބައިމީހުން މެޑަމް އަށް ފާޑުކިޔާއިރު، އެމީހުންނަކީ އަތުން ފައިން މަސައްކަތެއް ނުކޮށް، އަމާބަފާ ދިނިއްޔާ ކައިގެން އުޅޭ ބައެކެވެ. ތާކުންތާކު ޖެހޭ ހަމަ ބުއްދީގެ އެކަކު ވެސް އެތާކު ނެތެވެ. އޮއްޓަރެއް ހުރި ވާހަކައެއް ދައްކާ މީހަކު ވެސް އެތާކު ނެތެވެ.

ނިކަން ވިސްނަބަލާށެވެ. ސައުދީ އަރަބިއްޔާ އިން ދިވެހިންނަށް ބަހަން ދިން ކަދުރު މެޑަމް ބައްސަވަން ޖެހުނު ސަބަބާ މެދު ފިކުރު ކޮށްބަލާށެވެ. ފިރިކަލުންގެ ބެއްލެވުމުގެ ދަށުން ހިންގަވާ އިސްލާމިކް މިނިސްޓްރީގައި ކަދުރުކޮޅެއް ބަހާލާނެ ގާބިލުކަމެއް ނެތެވެ. މިނިސްޓްރީން އެކަން ނުވެގެން އެ ވާހަކަ ދައްކަން ފެށީމާ، ކެތްނުކުރެވިގެން ދޮލަނގަކަށް ކަދުރުކޮޅު އަޅައިގެން އެ ބަހާލަން ވެސް ނިކުންނެވީ މެޑަމް އެވެ. ކަދުރުކޮޅު ބައްސަވައި އިސްލާމިކް މިނިސްޓްރީ ފެއިލްވެފައިވާ މިންވަރު ސާބިތުކޮށް ދެއްވައިިފި އެވެ.

މެޑަމްގެ ފައުންޑޭޝަނުގެ ނަމުގައި ބެހި ސައުދީ ކަދުރު

ހިތާނީ ކޭމްޕެއް ބާއްވަން ޖެހުނީ ވެސް އައިޖީއެމްއެޗް އާއި ހެލްތް މިނިސްޓްރީއަށް އެކަން ނުވުމުންނެވެ. ގައިމު ކޮންމެ ދުވަހަކު ހަތަރު ފަސް ފަހަރު ހުޅުމާލެ އަރައިވަޑައިގަތުން މަޖާ ކަމަކަށް ވެގެންނެއް ނޫނެވެ. ފިރިކަލުންގެ ދަށުން ހިންގަވާ މިނިސްޓްރީއަށް އެކަން ނުވީމާ ދެން ކޮންމެވެސް މީހަކަށް އެކަން ކުރަން ޖެހޭތީ އެވެ. ހިލޭސާބަހަށް 100 އެއްހާ ކުދިން ޚިތާނު ކޮށްދެއްވައި އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީ ފެއިލްވެފައިވާކަން ސާބިތުކޮށް ދެއްވައިިފި އެވެ.

ހިތާނީ ކޭމްޕުގައި މެޑަމް

ދިރާސީ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތް ފަންސުރާއި، ދަބަސް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީ ފެއިލްވުމުން، އެކަމާ ވެސް ހަވާލުވެވަޑައިގަތީ މެޑަމް އެވެ. ފޮތް ފަންސުރާއި ދަބަސް ހިއްޕަވައިގެން އެކި ސަރަހައްދުތަކަށް ވަޑައިގަންނަވަން ޖެހުނީ މެޑަމް އަށެވެ. ހިލޭ ސާބަހަށް އެތައް ސަތޭކަ ކުދިންނަށް ފޮތްފަންސުރާއި ދަބަސް ހިނިތުންވުމަކާއެކު ބައްސަވައި އެޑިއުކޭޝަން މިނިސްޓްރީ ފެއިލްވެފައިވާކަން ސާބިތު ކޮށްދެއްވައިފި އެވެ.

މެޑަމް ފާތުން ބެއްސެވި ސްކޫލް ދަބަސްތައް

ރާއްޖޭގެ ކަނބަލުންގެ ހައްގުގައި މެޑަމް އެ ކުރައްވާ މަސައްކަތް ފާހަގަކޮށްލަން ޖެހެ އެވެ. ޖެންޑާ މިނިސްޓްރީގެ ނާގާބިލުކަމުގެ ސަބަބުން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒުގަނޑެއް ވެސް ނުބޭއްވެއެވެ. މިހުރިހާ ދުވަހެއް ވެގެންދިޔައީ ރާއްޖޭގައި އުޅޭ ހީވާގި އަދި ހުނަރުވެރި ކަނބަލުންގެ އެ ހުނަރުވެރިކަން ދައްކާލެވޭނެ އެއްވެސް ގޮތެއް ސަރުކާރުގެ އެއްވެސް އިދާރާއަކަށް އިންތިޒާމު ނުކުރެވިއެވެ. ދެން ހުންނާނީ މެޑަމް ތާއެވެ. އެންމެ ފަހުން "ހީވާގި ކަނބަލުން"ގެ ނަމުގައި ބޮޑު ސިންގާ މައުރަޒެއް ވެސް ބޭއްވީ އެވެ. އެތައް ބަޔަކު ބައިވެރިކޮށްގެން މައުރަޒު ބާއްވާ ޖެންޑާ މިނިސްޓްރީ ފެއިލްވެފައިވާކަން ސާބިތުކޮށް ދެއްވައިފި އެވެ.

ހީވާގި ކަނބަލުން މައުރަޒުގައި މެޑްމްއާއި ރައީސް

ދެން އޮތީ މިހާރު މި ފެތުރެމުންދާ ބަލީގެ ކަންތައްތަކެވެެ. ރައްޔިތުންގެ ތެރެއަށް ނިކުމެ ހެލްތު މިނިސްޓްރީއަކަށް އަދި މިނިސްޓަރާއި އޮފިޝަލުންނަށް ވެސް މާސްކް ކޮޅެއް ބަހާލަން ނުކެރުނެވެ. ޕެނެޑޯލް ގުޅައެއްހާ ހިސާބު ވެސް ރައްޔިތުންނަށް ފޯރުކޮށެއް ނުދެވުނެވެ. އެންމެ ފަހުން އެކަން ވެސް ކުރައްވަން މި ޖެހިވަޑައިގެންނެވީ މެޑަމް އަށެވެ. އެސްޓީއޯ އާއި އެތަން މިތަނުން ބޭސް ހޯއްދަވައިގެންނާއި، ރާއްޖެއިން ބޭރުން ބޭސް އެތެރެކުރައްވައިގެން ރައްޔިތުންނަށް ބައްސަވަނީ އެވެ. ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ޖަހާލާނެ ވެކްސިންކޮޅެއް ހެލްތު މިނިސްޓްރީއަށް އެތެރެނުކުރެވިގެން އުޅެނިކޮށް މެޑަމް އެ ވަނީ ވެކްސިން ވެސް ރާއްޖެ ގެންނަވާފަ އެވެ. މިވަރުގެ ބޮޑު ބައްޔެއް ފެތުރުމުންދާއިރު ހެލްތު މިނިސްޓްރީ ފިރުކެމުން ދަނިކޮށް، އަވަސް ދުވެލީގައި ބޭހާއި މާސްކް ބައްސަވައި އެ މިނިސްޓްރީ ފެއިލްވެފައިވާ މިންވަރު ހުރިހާ ރައްޔިތުންނަށް އެ ގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. ސަރުކާރުގައި ހުރި ބާގަނޑުތަކާއި ވުޒާރާތައް ވާވެފައި އޮތް މިންވަރު އިދިކޮޅު ފަރާތްތަކަށް ވެސް އޮޅުން ފިލުވައި ނުދެވޭހާ ވަރަށް މެޑަމް އެގެންދަވަނީ އެކަންކަން ރައްޔިތުންނަށް އަމަލުން ތިލަކޮށްދެއްވަމުންނެވެ.

މެޑަމް ގެނެސްދެއްވި ވެކްސިންތަކާއެކު މެންބަރުންތަކެއް

ރައީސް ޔާމީނުގެ ސަރުކާރުގެ މިނިސްޓްރީތައް ފެއިލްވުމަކީ މެޑަމްގެ ކުށެއް ނޫނެވެ. ނާގާބިލް މިނިސްޓަރުންތަކެއް ތިބުމަކީ މެޑަމްގެ ކުށެއް ނޫނެވެ. މެޑަމް އަށް އޮތީ ފިރިކަލުން ސަލާމަތްކޮށްދިނުމެވެ. އެއީ ކަދުުރު ބައްސަވައިގެން ކަމަށް ވިޔަސް، ނޫނީ ޕެނެޑޯލް ބައްސަވައިގެން ކަމަށް ވިޔަސް، ރައީސް ޔާމީންގެ ސަރުކާރު ދެމެހެއްޓުމަށް މެޑަމް އެކަމެއް ކުރައްވާނެ އެވެ.

ކާމިޔާބު ކޮންމެ ފިރިއެއްގެ ފަހަތުގައި އަންހެނަކު ހުންނާނޭ ބުނެ އުޅެ އެވެ. މެޑަމް އެ ގެންދަވަނީ އެކަން އަމަލީ ގޮތުން ދައްކަވަމުންނެވެ. ފިރިކަލުންގެ ނާގާބިލްކަމުން އަތްޕުޅުގެ ދަށުން ނުވެދާ ހުރިހާ ކަމެއް އެ ކުރައްވަނީ މެޑަމް އެވެ. ރައީސް ޔާމީނަށް ސަރުކާރު ނުހިންގެ ވޭތީ، ސަރުކާރު ހިންގެވުމާ މެޑަމް އެ ހުންނެވީ ހަވާލުވެވަޑައިގެންނެވެ. ހުރިހާ މިނިސްޓްރީތައް މެޑަމްގެ ބެއްލެވުމުގެ ދަށުގަ އެވެ. ހެލްތު މިނިސްޓަރަކީ ވެސް މެޑަމް އެވެ. އެޑިއުކޭޝަން މިނިސްޓަރަކީ ވެސް މެޑަމް އެވެ. އިސްލާމިކް މިނިސްޓަރަކީ ވެސް މެޑަމް އެވެ. އަދި ޖެންޑާ މިނިސްޓަރަކީ ވެސް މެޑަމް އެވެ. ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް މެޑަމް އެވެ. ކުރުކޮށް ބުނާ ނަމަ ދިވެހި ދައުލަތުގައި މެޑަމްގެ ފައިންޕުޅު ނުފޯރާ ހަމަ އެއްވެސް ތަނެއް ނެތެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ ފަދައިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް ލޯ ފޮރުވުން، މިއީ ކޮންކަމެއް؟

އެއް ލޯ ފޮރުވުން، މިއީ ކޮންކަމެއް؟

21 ޑިސެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު