Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިނާއީ ތަހުގީގު

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

އެތައް ބަޔަކު މަރާލާފައިވާއިރު ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 15:42
ކުށެއް ހިންގި ސަރަހައްދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ކުށެއް ހިންގި ސަރަހައްދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަޅުގަނޑުގެ އުސްތާޛް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ވާހަކައިން ފަށަމާ ހިންގަވާށެވެ. އޮކްޓޯބަރު 2، 2013 ދުވަހުގެ ރޭ ޑޮކްޓަރ އަފްރާޝީމް ޢަލީ އަނިޔާވެރިކޮށް ޤަޠުލުކޮށްލެވުމުން، ފުލުހުންގެ އަވަސް ތަޙްޤީޤުން “ޤާޠިލު” ހޯދައިފިއެވެ. ޝަރީޢަތްކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވެ ޙުކުމް ވެސް ކޮށްފިއެވެ. އެހެންނަމަވެސް، މާލޭގެ ގްރޫޕެއްގައި ހަރަކާތްތެރިވާ ކުޑަކުޑަ ކުއްޖަކު ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ހަމަލާދީ މަރާލަންވީ އެ ޢަމަލުން ކޮން ކަމެއް ފައިދާވާތީތޯ ކުރެވޭ ސުވާލަށް އަދިވެސް އޮތީ ޖަވާބެއް ނުލިބިއެވެ. ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲ ގަސްތުގައި ގެއްލުވާލީކަން މިހާތަނަށް ލިބިފައިހުރި ހެކިތަކުން އެބަ ސާބިތުވެެއެވެ. އެހެންނަމަވެސް އެކަން ބަޔަކު ކުރަންވީ ކީއްވެގެންތޯ އެއީ ޖަވާބު ނުލިބޭ ސުވާލެކެވެ.

ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެތައް މީހަކު މަރާފައިވާއިރު، އަދި އެތައް ބަޔަކަށް ހަމަލާ ދީފައިވާއިރު، އެއިން އެއްވެސް މަރެއްގެ ސަބަބެއް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. އެއީ އަނިޔާ ލިބޭ މީހުންނަށް ލިބޭ އިތުރު ނަފްސާނީ އަނިޔާއެކެވެ. އަދި ހަމަލާތަކުގައި މަރުވާ މީހުންގެ ޢާއިލާތަކަށް ގަސްތުގައި ދޭ ހިތްދަތިކަމެކެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤްތަކުގައި އެ ކުށުގެ ޢަމަލުގެ ސަބަބަކީ ކޮބައިކަން ދެނެގަތުމަކީ ތަޙްޤީޤް އިދާރާތަކުން އިސްކަން ދޭ ކަމެކެވެ. އެހެނީ ކުށަކީ ސަބަބަކުން ނުކުންނަ ނަތީޖާ ކަމަށްވާތީ، ސަބަބު ނައްތާލެވިއްޖެ ނަމަ އޭގެ ޒާތުގައި ނަތީޖާ ވެސް ނައްތާލެވުނީއެވެ. ޖިނާއީ ކުށެއްގެ ތަޙްޤީޤްކުރާ ފަރާތްތަކުން ކޮންމެ ސީރިއަސް މައްސަލައަކާ ގުޅިގެން އުފައްދާ ސުވާލުތަކެއް ހުރެއެވެ. މިގޮތުން ކުރެވޭ މުހިންމު އެއް ސުވާލަކީ Quid Pro Quo އެވެ. އެއީ “ފައިދާ އޮތީ ކާކަށްތޯ” ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ލިބުމުން ތަޙްޤީޤާ ގުޅޭ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބުލިބެއެވެ. އަދި މީހަކަށް ތުހުމަތު އަމާޒުކުރުމުގައި ވެސް އޭނާއަށް އެކަން ކުރި ނުވަތަ ކޮށްފާނޭ މަޤްސަދު ނުވަތަ motive އަކީ ތަޙްޤީޤްތަކުގައި ބޮޑު އިސްކަމެއް ދޭ ސުވާލެކެވެ.

އެހެން ނަމަވެސް ރާއްޖޭގައި ޖިނާއީ ތަޙްޤީޤްތައް ނިމިގެންދަނީ ކަންކުރި މީހާއާ ހިސާބުންނެވެ. އަޙްމަދު ގޮސް ޢަލީ ގަޔަށް ވަޅި ޖެހިތަން ދުށްކަމަށް ބުއްދި ސަލާމަތުންހުރި މީހަކު ބުނުމުން ތަޙްޤީޤްކުރާފަރާތަށް ފުދުނީއެވެ. ތަޙްޤީޤަށް ފެންނަ ގޮތުގެ ރިޕޯޓު އެކުލަވާލައި، ދަޢުވާކުރުމަށް ފޮނުވާލަންވީއެވެ. ޖިނާއީ ކުށް ކުރިމީހާ އެކަން ކުރި މީހާ އެކަން ކުރީ ކާކު ބުނެގެންތޯ އާއި، އެކަމުގައި ފައިސާގެ މުޢާމަލާތެއް ހިންގާފައިވޭތޯ އާއި، އެކަން ކުރުމަށް އަމުރުކުރި މީހާގެ ސަބަބުތަކަކީ ކޮބައިތޯ އެއީ ތަޙްޤީޤްގެ މިސްރާބު ހިނގާ ދިމާލެއް ނޫނެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގާފައި ވެއެވެ. ރާއްޖެ ޓީވީ އަންދާލުމާއި، ނޫސްވެރިޔާ އިބްރާހީމް ވަޙީދު (އަސްވާޑު) އަށް ހަމަލާ ދިނުމާއި، ޑރ.އަފްރަޝީމް ޤަތުލުކޮށްލުމާއި، ރިޟްވާން ގެއްލުވާލުމާއި، އަލްހާން ފަހުމީއަށް ހަމަލާ ދިނުމާއި، އޭގެ އިތުރުންވެސް އެތައް ބަޔަކު މަރާލައި، އެތައް ބަޔަކަށް އަނިޔާދީފައި ވެއެވެ. އަދި އެތައް ބަޔަކު އަމިއްލައަށް މަރުވެފައި ވެސް ވެއެވެ. އެއިން އެއްވެސް ކަމެއްގެ ފަހަތުގައި އޮތް ސަބަބެއް ހޯދައި ހާމަކޮށްފައިވާކަން އެނގޭކަށް ނެތެވެ.

ޖިނާއީ ކުށުގެ ޢަމަލު ހިންގީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު އަނިޔާ ލިބޭ ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އިތުރު ނުރައްކަލެއް އޮތްތޯ އާއި، ނުރައްކަލެއް އޮތްނަމަ އެކަމެއް ޙައްލުކުރާނީ ކިހިނެއްކަން ދެނެގަނެވޭނީ އޭރުންނެވެ. އަނިޔާއެއްގެ ޝިކާރައަކަށްވެ މަރުވުމަކީ އަނިޔާގެ ސަބަބު ނޭނގި ދިރިއުޅުމަށް ވުރެ ފަސޭހަ މަގެއްކަމަށް އަޅުގަނޑަށް ފެނެއެވެ. މި ދެންނެވި ވާހަކައިގެ ތެދުކަން މި ލިޔުން ވިދާޅުވާ ބޭފުޅުންނަށް އިޙްސާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމާ ޝަކުވާއެއް ނެތެވެ. އެކަން އެނގޭނީ އެފަދަ ކަމެއް ދިމާވެފައިވާ މީހަކަށެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގެ ސަބަބު ހޯދައި ހާމަކުރުމަކީ، އެ ފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުމަށް ކޮންމެހެން މުހިންމު ކަމެކެވެ. އެއީ ކުށް މަދުކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކަށްވެސް ލިބޭނޭ އެހީތެރިކަމެކެވެ. އަދި މުޅި މުޖުތަމަޢުއަށް ވެސް ފައިދާ ކުރާނޭ ކަމެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައިދު ލިޔުއްވާފައިވާ ލިޔުމެކެވެ. މަހުފޫޒަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓިމުގެ މެންބަރެއްގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ ވަކީލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމީ ގާބިލު ބޭފުޅުންގެ ބަދަލުގައި ފެންނަނީ ކުށުގެ ބޮޑެތި ތުހުމަތުކުރެވޭ މީހުން މަގާމުތަކަށް އައްޔަންކުރާ މަންޒަރު

ތައުލީމީ ގާބިލު ބޭފުޅުންގެ ބަދަލުގައި ފެންނަނީ ކުށުގެ ބޮޑެތި ތުހުމަތުކުރެވޭ މީހުން މަގާމުތަކަށް އައްޔަންކުރާ މަންޒަރު

24 މެއި 2024
ދަށު ކޯޓުން މައްސަލައެއް ސާބިތުނުވާކަމަށް ނިންމާއިރަށް މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރުން: އިސްތިއުނާފީ މަރުހަލާގެ ބޭނުމެއް ނެތް؟

ދަށު ކޯޓުން މައްސަލައެއް ސާބިތުނުވާކަމަށް ނިންމާއިރަށް މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރުން: އިސްތިއުނާފީ މަރުހަލާގެ ބޭނުމެއް ނެތް؟

04 އެޕްރީލު 2024
ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުމުގެ އުސޫލު ބަދަލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން

ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުމުގެ އުސޫލު ބަދަލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން

03 އޯގަސްޓު 2023
ކުށުގެ ބުރަ އުފުލަން ނުޖެހޭނެތީ ގޭންގުތަކުގެ އިސް ސަފަށް ކުޑަކުދިން

ކުށުގެ ބުރަ އުފުލަން ނުޖެހޭނެތީ ގޭންގުތަކުގެ އިސް ސަފަށް ކުޑަކުދިން

30 މެއި 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު