Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް އިފްތިތާޙު ކޮށްފި

10 ޑިސެމްބަރު 2019 | އަންގާރަ 08:23

ޕޯޓަލް އިފްތިތާފްކޮށްދެއްވީ ރައީސް ސޯލިހު

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޑިސެމްބަރު 2019 | އަންގާރަ 08:23
ރައީސް ޞާލިޙު، ޕޯޓަލް އިފްތިތާޙު ކޮށްދެއްވަނީ

ރައީސް ޞާލިޙު، ޕޯޓަލް އިފްތިތާޙު ކޮށްދެއްވަނީ

މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް އިފްތިތާޙު ކޮށްފިއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ބޭއްވި ރަސްމިއްޔާތުގައި މިޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Advertisement - newsAdvertisement

ޑެންމާކް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް (ޑީ އައި އެޗް އާރް) ގެ ފަރާތުން މި ޕޯޓަލް ފަރުމާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިޕޯޓަލްއަކީ އެޗްއާރްސީއެމް އަދި އެޓަރނީ ޖެނަރަލް އޮފީސް އޮފީސް ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

މިޕޯޓަލްގެ މަޤްޞަދަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ލިބޭ ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާތައް އަދާ ކުރާ މިންވަރު މޮނިޓަރ ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމެވެ.

އެޗްއާރްސީއެމުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކުން ކަށަވަރުކޮށްދޭ ޙައްޤުތައް ތަންފީޒުވާ މިންވަރު މިޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށެވެ.

އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީތަކުންނާއި ،ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ ޕީ އާރް) ގެ ދަށުން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ، އެޗްއާރްސީއެމުން ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ތަންފީޒު ކުރާ މިންވަރު ދެނެގަތުމުގެ މިންވަރު ދެނެގަތުމުގެ އިތުރުން އެޓަރނީ ޖެނަރަލް އޮފީހުން އެކުލަވާލާ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް މި ޕޯޓަލްގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ މިކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އެއްކުރުމަށް ފަސޭހަވެ އެމަޢުލޫމާތުތައް ފަސޭހައިން އެއްތަނަކުން ފެންނާނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ މިހިނގާ އަހަރަކީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ކޮމިޝަނުން ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ އަހަރެއް ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް