Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ މަރު

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

ޔާމީނުގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 އެޕްރީލު 2017 | އަންގާރަ 17:49
ޔާމީން ރަޝީދުގެ ހަށިގަނޑު

ޔާމީން ރަޝީދުގެ ހަށިގަނޑު

ރާއްޖޭގެ ރައްޔިތުންނަށް ގާނޫނުން ކަނޑައެޅިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދީ، ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ތަރުޖަމާނު،ރާއްޖޭގެ ކަމާ ގުޅޭ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ، ބްލޮގަރ އަދި ސޯޝަލް މީޑިޔާގެ އެކްޓިވިސްޓެއް ކަމުގައިވާ ޔާމީނު ރަޝީދުގެ މަރާއި ގުޅޭ ގޮތުން، ޖެނީވާގައި ހުންނަ އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޔާމީނު ރަޝީދު މަރާލުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި ބައިނަލްއަގްވާމީ ހިއުމަން ރައިޓްސްގެ ގާނޫނާއި ކަނޑައަޅާއިފައި އުސޫލުތަކާއި އެއްގޮތަށް މިކަމުގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭނެ ކަމަށެވެ. އަދި އިންސާފުގެ ކުރި މައްޗަށް ގާތިލުން ގެނެސް އެމީހުންނަށް ދޭންޖެހޭ އަދަބުތައް ދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

Advertisement - newsAdvertisement

މިދިޔަ ޑިސެމްބަރު މަހު ޔާމީނަށް މަރުގެ އިންޒާރުތައް ދިން މައްސަލައެއް އޭނާ ފުލުހުންނަށް ހުށަހަޅާފައިވާ އިރު ޔާމީނަކީ ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައިގައި އިންސާފު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއް ކަމަށް މި ބަޔާނުގައ ބުނެ އެވެ.

ޔާމީނު މަރާލި މައްސަލަ ފެންމަތިވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ . އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ތަރުޖަމާނު ވަނީ ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ގާނޫނުން ލިބިދޭ، ހިޔާލުފާޅު ކުރުމުގެ ހައްގު އެއްވެސް ބިރެއް ނެތި ހޯދުމުގެ ފުރުސަތު ލިބިގެންވާކަން ދިވެހި ރާއްޖޭގެ ސަރުކާރަށް ހަނދާންކޮށްދީފަ އެވެ.

އަދި އާއްމު ރައްޔިތުންނަށް އަންނަ މިފަދަ ބިރުވެރި އިންޒާރުތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާއި ރައްޔިތުންނަށް މުޖުތަމައުން ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ ތަރުޖަމާނު ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައި އެވެ.

ޔާމީނު މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި އޮފީހުން ގެޔަށް އައިސް ވަތް ގަޑީގަ އެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު