Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ މަރުގެ މައްސަލަ

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

މިކަން ފުރިހަމައަށް ތަހުގީގު ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 14:35
ޔާމީނު ރަޝީދުގެ ހަށިގަނޑު

ޔާމީނު ރަޝީދުގެ ހަށިގަނޑު

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދޭ ހަމަލާތަކެއް ކަމަށާއި މި މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައްވައިފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އާދިއްތަ ވިލޭރޭ، ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނު ރަޝީދަކީ ރާއްޖޭގެ ސިޔާސީ މާހައުލު ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ އަދި ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަކަށް ގެނައުމަށް ކެންޑިނޭޅި ވަކާލާތުކުރަމުން އާއި މީހެއް ކަމަށެވެ.

ޔާމީނު ރަޝީދުގެ މަރާ ގުޅިގެން މިނިވަން، ހާމަކަން ބޮޑު ފުރިހަމަ ތަހުގީގެއް ކުރުމަށް ފުލުހުންނާ ހިއުމަން ރައިޓްސް ކޮމިޝަން އަދި ޝަރުއީ މުއައްސަސާތައް ހިމެނޭ ގޮތަށް ރާއްޖޭގެ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައްވާފަ އެވެ.

ޓްރާންސްޕޭރެންސީން ވަނީ ޔާމީން މަރާލާފައި ވަނީ އެކި ފަހަރުމަތިން އިންޒާރުދީފައިވަނިކޮށް ކަމަށާއި މިފަދަ އިންޒާރުތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ހުށަހެޅި މައްސަލައަށް ފުލުހުން ޖަވާބުދީފައި ނުވާ ކަމަށް ޔާމީން ސޯޝަލް މީޑީޔާގައި ހިއްސާކޮށްފައިވާ ކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކުރެ އެވެ.

މީގެ އިތުރުން މިކަމުގެ ކަންބޮޑުވުން ޔާމީނު ވެސް ޓްރާންސްޕޭރެންސީއާ ހިއްސާކޮށްފައިވާ ކަމަށާއި މިފަދަ ހަމަލާތަކަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދޭ ހަމަލާތަކެއް ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ. އަދި މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ މައްސަލަތަކުގައި ހަގީގަތް ހޯދިފައި ނުވާތީ، މިފަދަ މައްސަލަތައް ހޯދުމުގައި ދައުލަތުންދޭ އަހައްމިއްޔަތުކަން ކުޑަކަން ހާމަވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.

އެގޮތުން ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާނު ވަގަށްނެގި މައްސަލައިގެ ތަހުގީގު ހޯދިފައި ނުވާތީ އެ އިދާރާއިން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

މިފަދަ މައްސަލަތަކުގައި ރާއްޖޭގައި އިންސާފު ގާއިމްކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އިންސާފުވެރި މުޖުތަމައުއެއް ހޯދައިދެވޭނީ ދައުލަތުން ވަކިވަކި ފަރުދުންގެ ހައްގު ހިމާޔަތްކޮށްގެން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.

ޓްރާންސްޕޭރެންސީ ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބާލައި، ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި، މަރާލި ސަބަބު ހާމަކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި

އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި

21 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު