Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރިކަ" މަޝްރޫޢު

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

މަޝްރޫޢުގެ ލޯގޯ އާއި ޝިޢާރުވެސް ވަނީ ތައާރަފުކޮށްފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 02:04
ރައީސުލްޖުމްހޫރިއްޔާ، "ތަރިކަ" މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުން

ރައީސުލްޖުމްހޫރިއްޔާ، "ތަރިކަ" މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުން

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޝްރޫޢު "ތަރިކަ"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމާ ގުޅިގެން، މަޝްރޫޢުގެ ލޯގޯ އާއި ޝިޢާރުވެސް ތައާރަފު ވެގެންދިޔައެވެ. މިގޮތުން، މި މަޝްރޫޢުގެ ޝިޢާރެއްގެ ގޮތުން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ " ދީނާއި ޤައުމިއްޔަތު، ދިވެހީންގެ ނާރެސް"އެވެ.

Advertisement - newsAdvertisement

"ތަރިކަ" މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ޕީ.އެސް.އެމް.ގެ ޗެއާމަން އިބްރާހީމް ޢުމަރުމަނިކާއި، ޕީ.އެސް.އެމް.ގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ހެންވޭރު ފަތަނގުމާގޭ ޢަބްދުﷲ ފާރޫޤް ޙަސަނެވެ. މި މަޝްރޫޢުގެ ފަންނީ އެކިއެކި ކަންކަން ހިންގުމަށްޓަކައި އެކިއެކި ދާއިރާތަކުން ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ޓެކްނިކަލް ކޮމިޓީއެއްވެސް އައްޔަނު ކުރައްވާފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައު ބޭއްވި ރަސްމިއްޔާތުގައި "ތަރިކަ" މަޝްރޫޢުގެ އެންމެހައި ކަންކަން އެންމެ އިސްކޮށް ވިލަރެސްކުރައްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ތެރޭގައި ހުޅަނގުގެ ސަގާފަތް އަށަގެންފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، "ތަރިކަ" މަޝްރޫޢުގެ މަޤްޞަދަކީ ދިވެހި ބަހަށް އިސްކަންދީ، އެންމެ ތުއްތު ކުއްޖާގެ ކިބައިގައިވެސް ދިވެހިންގެ ސަގާފަތް އަށަގެންނެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، "ތަރިކަ" މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުން

"ތަރިކަ" މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުވެސް ރަސްމިޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ޤައުމު ދެކެ ލޯބިވާ މީހެއްނަމަ އިސްލާމްދީނަށް އިސްކަން ދިނުމާއެކު، ދިވެހިންގެ ސަގާފަތާއި އާދަކާދައަށް ރައްކަތެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، "ތަރިކަ" މަޝްރޫޢު ކުރިއަށް ގެންދެވުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި، އެހީތެރިކަމާއި، ބައިވެރިވުން އިތުރު ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ ޙަޟާރަތު ފެށިގެންދިޔަ ގޮތާބެހޭ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިދެއްވިއެވެ.

"ތަރިކަ" މަޝްރޫޢު އިފްތިތާޙު ކުރެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތު އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

29 މެއި 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު