Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިއުމަން ޓްރެފިކިން

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

މިސިސްޓަމް އިފްތިތާހް ކުރީ އާދީއްތަ ދުވަހު ހެނދުނު އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 މެއި 2017 | އާދީއްތަ 16:20
ހިއުމަން ޓްރެފިކިންގއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަ ސިސްޓަމް ތައާރަފް ކުރުމުގެ ތެރެއިން

ހިއުމަން ޓްރެފިކިންގއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަ ސިސްޓަމް ތައާރަފް ކުރުމުގެ ތެރެއިން

ހިއުމަން ޓްރެފިކިންގއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް މަގުފަހިކުރުމުގެ ގޮތުންhelpvot.gov.mv ގެ ނަމުގައި ޚާއްސަ ވެބްސައިޓެއް ތަޢާރަފުކޮށް އެވެބްސައިޓް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބެލެހެއްޓުމަށް "ޓްރެފިކިން އިން ޕާރސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް" ގެ ނަމުގައި ޚާއްސަ ރިޕޯރޓިންގ ސިސްޓަމެއް ރަސްމީގޮތުން އާދީއްތަ ދުވަހު އިފްތިތާހްކޮށްފިއެވެ.

އާދީއްތަ ދުވަހު ހެނދުނު އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ.

މިރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯ،އެމް) ގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މރ. ޖެޒަބޭ ކްރޮސެޓީއާއި، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ޕްރޮގްރާމް އޮފިސަރ މިސް އިހްމާ ޝަރީފްއާއި ރާއްޖޭގައި ތިއްބަވާ ބޭރު ޑިޕްލޮމެޓިކް މިޝަންތަކުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި އައިއޯއެމްގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ޗީފް އޮފް މިޝަން މރ. ޖެޒަބޭ ކްރޮސެޓީ ދެއްކެވި ވާހަކަފުޅުގައި ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް ދިވެހި ސަރުކާރާއި އަދި ފުލުހުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހިއުމަން ޓްރެފިކިން ޤާނޫނެއް ރާއްޖޭގައި އެކުލަވާލާފައިވުމާއި، އެންޓި ހިއުމަން ޓްރެފިކިންގ ޕްލޭނެއެއް އެކުލަވާލުމާއި ހިއުމަން ޓްރެފިކިންގއާއި ބެހޭ ބައިނަލް އަޤްވާމީ މުއާހަދާތައް ތަންފީޒްކުރުމާއި، ކަމާގުޅޭ ތަމްރީނުތައް ފުލުހުންނާއި ކަމާއިގުޅޭ އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ހިއުމަން ޓްރެފިކިންގ މައްސަލަތަކުގެ ޝިކާރއަކަށްވާ ފަރާތްތަކުން އެފަދަ މައްސަލަ ހުށަހެޅުމަށް ބޭނުންވިނަމަވެސް ގިނަފަހަރަށް އެކަން ނުކުރެވެނީ ބިރުދެއްކުމާއި ޖެހިލުންވުންފަދަ ކަންކަމުގެ ސަބަބުން ކަމުގައިވީނަމަވެސް މިއަދު އިފްތިތާހްވެގެން ދިޔަ ޑޭޓާބޭސްގެ އެހީގައި ފަސޭހަކަމާއެކު މައްސަލަ ހުށަހެޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މރ. ޖެޒަބޭ ކްރޮސެޓީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ދެއްކެވި ވާހަކަފުޅުގައި މި އިފްތިތާޙްކުރެވިގެންދިޔަ ‘ޓްރެފިކިން އިން ޕާރސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް’ އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ޓްރެފިކިންގ ޔުނިޓާއި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ފާއިތުވި 7 މަހެއްހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި މިކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިސިސްޓަމްގެ އެހީގައި ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިސިސްޓަމްގެ ސަބަބުން މިފަދަ މައްސަލަތައް ހުށަހެޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް މަސައްކަތްކުރުމަށް އައިއޯއެމްއާއި ދިވެހި ފުލުހުން ގުޅިގެން އެކުލަވާލި ޕްރޮޖެކްޓްގެ ދަށުން ފާއިތުވި ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހިއުމަންޓްރެފިކްގެ މައްސަލަތައް ތަޙްޤީޤްކުރުމާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގެ ޝިކާރައަކަށްވެފައިވާ މީހުން ދެނެގަތުމާއި ގުޅޭ ޚާއްސަ ތަމްރީނުތައް ދިވެހި ފުލުހުންނަށް ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތައް ހުށަހެޅުމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު