Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ

އެކުއެޓިކް އެނިމަލް ހެލްތު ފެސިލިޓީ ހުޅުވައިފި

މި ފެސިލިޓީ ބުރާސްފަތި ދުވަހު ހުޅުވައިދެއްވީ މިނިސްޓަރ ފޯރ ފިޝަރީޒް، މެރިން ރިސޯސް، އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޒަހާ ވަހީދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 18:40
އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ހުޅުވުމުގެ ތެރެއިން

އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ހުޅުވުމުގެ ތެރެއިން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް، އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ޤާއިމުކޮށްފައިވާ އެކުއެޓިކް އެނިމަލް ހެލްތު ފެސިލިޓީ ހުޅުވައިފިއެވެ.

ހުޅުލޭގައި ޢިމާރާތްކޮށްފައިވާ މި ފެސިލިޓީ ބުރާސްފަތި ދުވަހު ހުޅުވައިދެއްވީ މިނިސްޓަރ ފޮރ ފިޝަރީޒް، މެރިން ރިސޯސް، އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޒަހާ ވަހީދެވެ.

Advertisement - newsAdvertisement

އެކުއަޓިކް އެނިމަލް ހެލްތު ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ މެރިކަލްޗަރ ކުރާ ކަނޑުގެ ދިރުމަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރުމާއި، ޑައިގްނޯސްޓިކް ޓެސްޓްތައް ހެދުމާއި، ބަޔޯސެކިއުރިޓީ ކޮންޓްރޯލް ކުރުމުގެ ޚިދުމަތްތައް މެރިކަލްޗަރ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މި ފެސިލިޓީގައި މުސްތަޤުބަލުގައި މޮލިކިއުލަރ ޑައިގްނޯސްޓިކްސް އާއި، ބެކްޓީރިއޮލޮޖީ އަދި ބޭސިކް ޕެރެސިޓޮލޮޖީގެ ޚިދުމަތްތަކަށް އެކަށީގެންވާ ޤާބިލުކަން އުފެއްދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ރައްކާތެރިކަމާއިއެކު ކަނޑުގެ ދިރުން ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެކުއެޓިކް ބަޔޯސެކިއުރިޓީގެ ދާއިރާ މި ފެސިލިޓީއާއިއެކު ރާއްޖޭގައި ތަރައްޤީވެގެން ދާނެއެވެ. މެރިކަލްޗަރ ކުރުމުގައި ބަލިތަކުގެ ސަބަބުން ދިމާވާ ބޮޑެތި އިޤްތިޞާދީ ގެއްލުންތަކުން ސަލާމަތްވެތިބުމަށްޓަކައި، ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެކުއެޓިކް އެނިމަލް ހެލްތުގެ ދާއިރާއިން ޤާބިލުކަން އުފެއްދުމަކީ ސަރުކާރުން އިސްކަންދޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އިފާޑުގެ އެހީގައި މިހިންގުނު މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ވާނީ މެރިކަލްޗަރ ސިނާޢަތަށް ބޭނުންވާ އެކުއެޓިކް އެނިމަލް ހެލްތު ސްޓްރެޓަޖީއެއް އެކުލަވާލެވިފައެވެ. މިއަދު ހުޅުވިގެން މި ދިޔަ އެކުއެޓިކް އެނިމަލް ހެލްތު ފެސިލިޓީއަކީ މި ސްޓްރެޓެޖީގައި، ބަޔޯސެކިއުރިޓީއާއި އެކުއެޓިކް އެނިމަލް ހެލްތު ގެ ދާއިރާއިން ފާހަގަ ކުރާ ކަންތައްތައް ތަންފީޒުކުރުމަށް މުހިންމު ބިނާއެކެވެ. މިފެސިލިޓީގެ ލެބޯރެޓަރީ ޤާއިމުކުރުމާއި، ލެބޯރަޓަރީއަށް ބޭނުންވާ ސާމާނު ހޯދުމާއި، ފެސިލިޓީ ހިންގުމަށް ބޭނުންވާ މީހުން ތަމްރީނުކޮށްފައިވަނީ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ފަރާތުންނެވެ. އަދި ފެސިލިޓީގެ ޢިމާރާތް ހަދާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު